ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކް ކޮށްފި އެވެ.
22 ޑިސެމްބަރ 2023
ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކް ކޮށްފި އެވެ.
ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ.
މި ދެ ވެބްސައިޓަކީ ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެކި ހަބަރުތައް ގެނެސްދޭ ވެބްސައިޓެކެވެ.
އެ މައްސަލާގައި އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ.
ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަކީ ރަޖިސްޓާ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ވެސް ރެޖިސްޓްރީނުކޮށް ނޫސްތައް ހިންގަ އެވެ.
"ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަހީބު ވިދާޅުވި އެވެ.
އެހެން ނަމަވެސް އެ މައްސަލަ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސިފަ ކުރެއްވީ ނުރައްކަލެއްގެ އިންޒާރުގެ ރަނގަބީލެއް ގޮތުގަ އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން ފުޅާ ދާއިރާއެއްގައި ހިންގުމާ އޮތް ހުރަހަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތުން ކަމަށެވެ.
އޭގެ އިތުރުން ބައެއް އާންމުން ވަނީ އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެޅިގެން ދިޔަ ހުރަހެއް ކަމަށް ބުނެފަ އެވެ.
"މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ބޭރުކުރާނެ"
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
ވެބްސައިޓް ބްލޮކް ކުރުމުން ޑިމޮކްރެޓްސްގެ ކަންބޮޑުވުން
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި
ނޫސްވެރިންގެ ބައްދަލުވުންތައް އިތުރު ކުރާނަން: ރައީސް
ނޫސްވެރިންނާ އެކު 14 ގަޑިއިރު، ތާރީހުގެ ތެރެއަށް!
ދޮގު މައުލޫމާތާ ދެކޮޅަށް ނޫސްވެރިންގެ ދައުރު މުހިންމު
އޯޓިސްޓިކް ކުދިންނަށް ޖޯކުޖަހައި ފުރައްސާރަކުރި މައްސަލަ
އިންޒާރު ދިން ކަމަށް ބުނާ މައްސަލާގައި ދައުވާ ނުކުރާނެ
ނޫސްވެރިކަން ރެގިއުލޭޓް ކުރާކަށް ނޫޅެން: ސަރުކާރު