04 ޖުލައި 2023
ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުކޮށް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދެއްކެވި ވާހަކަތަކަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެ، ޕްރެޝަރަށް ވެއްޓުމުން އޭނާ އެންމެ ފަހުން މިއަދު މާފަށް އެދިވަޑައިގެންފި އެވެ.
ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުކޮށް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދެއްކެވި ވާހަކަތަކަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެ، ޕްރެޝަރަށް ވެއްޓުމުން އޭނާ އެންމެ ފަހުން މިއަދު މާފަށް އެދިވަޑައިގެންފި އެވެ.
ޕީޕީއެމް އަދި ޑިމޮކްރެޓްސް އިން މީޑިއާތަކަށް ދައުވަތު ދީގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކުރި ސުވާލުތަކާ މެދު ހިތްހަމަނުޖެހިގެން އެ ދެ ޕާޓީގެ ބޭފުޅުން ވަނީ ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުތައް ކޮށްފަ އެވެ.
އެކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން އަމްރު ޓްވިޓާގައި އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ފުރިހަމަ މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ސަރުކާރެއްގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ނޭދެވޭ ހުރިހާ ކަމެއް ހުއްޓާލުމަށް އޮތް އެންމެ ބޮޑު އެއް ބާރު ކަމަށާއި އެ ބާރުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި މީޑިއާތަކަށް ފައިސާގެ މިނިވަންކަން ލިބެންޖެހޭ ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން ނިއުސް ކޮންފަރެންސްގައި ދެއްކެވީ އެކަމުގެ ވާހަކަ ކަމަށާއި ނަމަވެސް އެ މޭރުމުން ވާހަކަ ގެންދެވުނު ކަމަށްޓަކައި އަމްރު މާފަށް އެދިވަޑައިގެންނެވި އެވެ.
بسم الله الرحمن الرحيم pic.twitter.com/VyuATNboq6
— Amr ? (@HusenAmr) July 4, 2023
"އަޅުގަނޑު އަބަދު ވެސް ގަބޫލުކުރަނީ ފުރިހަމަ މިނިވަން ނޫސްވެރިކަމެއް ސަރުކާރެއްގެ އެއްވެސް ނުފޫޒެއް ނެތި އޮންނަން ޖެހޭނެ ކަމަށް. އެކަން ވުމަށްޓަކައި ގާނޫނަކުން ބާރު ލިބިގެން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލުން މީޑިއާއަށް ވެސް ގާނޫނަކުން ބާރު ލިބިގެން ފައިސާ ލިބުމުން ސަރުކާރެއްގައި އޭރަކު ތިބޭ ބައެއްގެ ރުހުން ހޯދަން ނުޖެހި މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ ޖާގަ ލިބޭނެ،" އެ ލިޔުމުގައި ވެ އެވެ.
އާދިއްތަ ދުވަހުގެ ނިއުސް ކޮންފަރެންސްފައި ތިން ޕާޓީން ގުޅިގެން އެއް ކެނޑިޑޭޓެއް ނެރެން ޖެހޭ ހިސާބަށް ކަންކަން ހިނގައްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް އަމްރު ވިދާޅުވުމުން އެ ކެންޑިޑޭޓަކީ ޔާމީން ނަމަވެސް ތާއީދު ކުރައްވާނެތޯ ނޫސްވެރިން ސުވާލު ކުރި އެވެ.
އެ ސުވާލަށް އަމްރު އެއްގޮތަކަށް ވެސް ޖަވާބެއް ނުދެއްވި އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ "ތިއީ ރައީސް އޮފީހުން ފޮނުވާ ސުވާލެއް" ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕެއިނަށް ތާއީދު ކުރަންތޯ ނުވަތަ ނޫންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އަމްރު އެއްވެސް ޖަވާބެއް ނުދެއްވައި އަނެއްކާވެސް ވިދާޅުވީ އެއީ ރައީސް އޮފީހުން ބޭނުންވާ ހެޑްލައިން ޖަހަން ކުރާ ސުވާލެއް ކަމަށެވެ.
"ރައީސް އޮފީހުން މިވެނި ގޮތަކަށް ހެޑްލައިން ޖަހާށޭ އަންގައިފައި އޮތީތީ އެ ހެޑްލައިން ޖެހޭނެ ގޮތެއް ހޯދުމަށްޓަކައި ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ތިބޭފުޅުންނަށް ތި ލިބޭ ފައިސާއަކީ ރައްޔިތުންނަށް ލިބޭ ޓެކްސް ފައިސާ." އަމްރު ތުހުމަތު ކުރެއްވި އެވެ.
އަމްރު މިއަދު ވިދާޅުވީ މީޑިއާތަކަށް މާލީ މިނިވަންކަން ދިނުމަށް ސިޔާސަތު އެކުލަވާލާއިރު މެނިފެސްޓޯގައި އެކަން ހިމެނުމަށް ބާރު އަޅާނެ ކަމަށެވެ. އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާ ކުރިއަރައި، ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ޒުވާނުން އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ މުހިއްމު ކަމަކީ ސަރުކާރުން ރައްޔިތުންގެ ފައިސާ ބޭނުންކުރުމާއި ރައްޔިތުންނަށް ދޭ ހިދުމަތްތައް ދިނުމުގެ ޒިންމާދާރުވެގެން ދިއުން. އެހެންކަމުން، ފުރިހަމަ މިނިވަންކަން ލިބިފައިވާ މީޑިއާއެއް ރާއްޖޭގައި ގާއިމްވުމަކީ ކޮންމެހެން މުހިއްމު ކަމެއް،" އަމްރުގެ ޓްވީޓުގައި ވެ އެވެ.
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަދި އަމްރުގެ ވާހަކަތަކާ ގުޅިގެން އެމްއެމްސީ އަދި އެމްޖޭއިން ނެރުނު ބަޔާނުގައި ވަނީ ނޫސްވެރިންގެ އަގު ވައްޓާލައި ސާބިތު ނުހިފޭ ދޮގު ތުހުމަތު އަޅުވައި ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލައިފަ އެވެ. އަދި ނިއެފަދަ ތުހުމަތުތައް ކުރާ ނިއުސް ކޮންފަރެންސްތައް ބޮއިކޮޓްކުރުމަށް ނޫސްވެރިންގެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.
"މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ބޭރުކުރާނެ"
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
ދެ މީޑިއާއަކަށް އިންޒާރު ދިނުން ކުށްވެރިކޮށްފި
ވެބްސައިޓް ބްލޮކް ކުރުމުން ޑިމޮކްރެޓްސްގެ ކަންބޮޑުވުން
އިމެއް ނެތި ލިޔެވުނަސް ހުރަސްތައް ނައްތައެއް ނުލެވޭ
"ނޫސްވެރިކަމުގެ މިނިވަންކަމަށް ވައުދުވިޔަސް ގޮންޖެހުން އެބަހުރި"
ނޫސްވެރިކަމަށް ހުރަހެއް ނާޅާނަން: ސަރުކާރު