11 އޮކްޓޯބަރ 2023
ފަލަސްތީނުގެ މީހުންނަށް ރައްކާތެރިކަން ދިނުމަށް އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ކިޔަން މިއަދު އަންގައިފި އެވެ.
ފަލަސްތީނުގެ މީހުންނަށް ރައްކާތެރިކަން ދިނުމަށް އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ކިޔަން މިއަދު އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކަމާ ގުޅޭ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، އިޒްރޭލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ކުރިމަތިވާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދިނުމަށް އެދި މިސްކިތްތަކުގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން، އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުރަތުގައި އިއުތިދާލުގައި ގުނޫތު ކިޔަން އެދިފައިވެ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކަށް ފަހު، އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ.
ހަމަލާތަކުގައި ފަލަސްތީނުގެ 950 މީހުން ޝަހީދު ވެފައިވާއިރު، އިޒްރޭލުގެ 1،200 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.
ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން މިހާރު އިއުލާން ކޮށްފައިވާ ހަނގުރާމައިގައި، ދުރާލާ އިންޒާރު ދިނުމެއް ނެތި، ގާޒާ އަށް ދޭ ކޮންމެ ހަމަލާއަކަށް، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ރަހީނަކު މަރާނެ ކަމަށް ވެސް އެ ޖަމާއަތުން ވަނީ އިންޒާރުދީފަ އެވެ.
"ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނެތް"
ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ގުނޫތު ކިޔަން ފަށަނީ
ހަމަލާތަކުގެ މެދުތެރެއިން އެހީތެރިކަން ނުދެވޭނެ!
އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރުނުކުރަން އަންގައިފި
އިޒްރޭލުން ހިންގަނީ ހަނގުރާމައިގެ ޖަރީމާއެއް:ރާއްޖެ
ގާޒާގެ ހޮސްޕިޓަލަށް ހަމަލާ ދިނީ ރާވައިގެން ގަސްތުގައި
ގާޒާ ހޮސްޕިޓަލް ހަމަލާ އިންސާނިއްޔަތާ ހިލާފު: ސަރުކާރު
އިޒްރޭލުން ކުރަނީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް
ހަނގުރާމަ ހުއްޓާނީ ހަމާސްގެ އެންމެން މަރާފައި:އިޒްރޭލް
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް