18 އޮކްޓޯބަރ 2023
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ރާއްޖެއިން މިއަދު ބުނެފި އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ރާއްޖެއިން މިއަދު ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މިއަދު ބޭއްވި އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވިދާޅުވީ ކުޑަކުދިން ހިމެނޭހެން ކުށެއް ނެތް އެތައް ރައްޔިތުންނަކަށް އަމާޒުކޮށް އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި ހޮސްޕިޓަލްތަކާއި އާއްމުން ދިރިއުޅޭ އިމާރާތްތަކަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.
އިޒްރޭލްގެ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި، ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ އިޒްރޭލްގެ އަމަލުތަކުގެ ސަބަބުން މެދު އިރުމަތީ ސަރަހައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމުގެ ބިރު އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަަމަށެވެ.
އިންސާނީ އެހީ ފަލަސްތީނަށް އެތެރެ ނުވެވޭނެހެން އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް މަސައްކަތްކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުމަށް ބާރު އެޅުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
އޯއައިސީގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލް ބައިވެރިވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
އެ ބައްދަލުވުމުގައި، ރާއްޖެ އާއި ފަލަސްތީނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ހަލީލް ދެއްވި އެވެ.
މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަންތައްތަކާމެދު ދިވެހި ރައްޔިތުން ހިތާމަކުރަމުންދާ ކަމަށާއި އަދި އެ އަނިޔާތަކުން ސަލާމަތްވެ، މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ވަކާލާތުކުރުމުގައި ދިވެހި ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ ދީފަ އެވެ.
އޯއައިސީ އުފެއްދި މައިގަނޑު މަގްސަދަކީ ފަލަސްތީނާ އެއްކޮޅަށް ވަކާލާތު ކުރުން ކަމަށާއި މި ދަނޑިވަޅުގައި އެ މަގުސަދު ފުރިހަމައަށް ހާސިލު ކުރުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަން ވެސް ރާއްޖެއިން ވަނީ ފާހަގަ ކޮށްފަ އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް މި މަހުގެ ހަތްވަނަ ދުވަހު ދިން ވަރުގަދަ ހަމަލާތަކަށްފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. އެ ހަމަލާތަކުގައި ރޭ ވަނީ ގާޒާގެ އުތުރުކޮޅުގައި ހުންނަ މައުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ.
މިހާތަނަށް ފަލަސްތީނުން މަރުވި މީހުންގެ އަދަދު ވަނީ 3000 އިން މައްޗަށް ވަނީ އަރާފަ އެވެ.
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރުނުކުރަން އަންގައިފި
ގާޒާ ހޮސްޕިޓަލް ހަމަލާ އިންސާނިއްޔަތާ ހިލާފު: ސަރުކާރު
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅައިފި
ފަލަސްތީނުގެ ހައްގުގައި ތެދުވަން މުސްލިމް ވެރިންނަށް ގޮވާލައިފި
ގަރާރާއެކު ޣައްޒާއަށް އެހީ ވައްދަން ޒަމީރު ގޮވާލައިފި
ފަލަސްތީންގެ ނަސްލު ނައްތާލުން ހުއްޓުވަން ގޮވާލައިފި
ފެނަށް ޖެއްސުން އެކަނި އިޒްރޭލާ ދެކޮޅު ހެއްކަކަށް ފުދޭ
ފަލަސްތީނުގެ ހައްގުގައި ރާއްޖޭން އައިސީޖޭގައި ބަޔާންދެނީ