ފަލަސްތީން ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގާ ޖަރީމާ ހުއްޓުވަން ފިޔަވަޅު އަޅަން ރާއްޖެއިން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ރާއްޖޭން ގޮވާލައިފި އެވެ.
06 މާޗް 2024
ފަލަސްތީން ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގާ ޖަރީމާ ހުއްޓުވަން ފިޔަވަޅު އަޅަން ރާއްޖެއިން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ރާއްޖޭން ގޮވާލައިފި އެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ހާރިޖީ ވަޒީރުންގެ ކައުންސިލްގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ޝަހީމް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި އިޒްރޭލުން ރަފަހް އަށް ހަމަލާ ދޭނެ ކަމަށް ބުނަމުންދާ ބުނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
އިޒްރޭލުން ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތި އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޝަހީމް ގޮވާލި އެވެ.
މީގެ އިތުރުން އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީންގެ ބިންތަކުގައި އަމަލުކުރަމުންދާ ސިޔާސަތުތަކާއި ހަމަތަކުން އުފެދޭ ގާނޫނީ ނަތީޖާތަކާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ހުށަހެޅި ބަޔާނަށް ވެސް ޝަހީމް ވަނީ އަލިއަޅުވާލައިފަ އެވެ.
ދެކުނު އެފްރިކާ އިން ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ޑިކްލަރޭޝަނެއް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޯއައިސީއަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ 57 މެމްބަރުން ހިމެނޭ ޖަމިއްޔާއެކެވެ. ރާއްޖެ އޯއައިސީގެ މެމްބަރަކަށް ވެފައި ވަނީ 1976 އެވެ.
ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން އޯއައިސީން ބަލައިގެންފި
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
އިޒްރޭލުން ހިންގަނީ ހަނގުރާމައިގެ ޖަރީމާއެއް:ރާއްޖެ
ޣައްޒާގައި ޝަހީދުކުރި އަދަދު 65،000 އިން މައްޗަށް
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ސިޓީ މިހާރު އަނދަނީ ކަމަށް އިޒްރޭލުން ބުނެފި
އިޒްރޭލުގެ ބޭނުމަކީ މަޝްވަރާތައް ފެއިލްކޮށްލުން: ގަތަރު
ތަފާތުކުރުން ހުއްޓާލައި އިޒްރޭލަށް އަދަބުދޭން ގޮވާލައިފި
ޣައްޒާ ސިޓީން 250000 މީހުން ނުކުމެއްޖެ: އިޒްރޭލް
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ