Roadha Mihaaru

ޣައްޒާ ސިޓީން 250،000 މީހުން ނުކުމެއްޖެ ކަމަށް އިޒްރޭލުން ބުނެފި

އިޒްރޭލުން ޣައްޒާ ސިޓީގައި ހަމަލާތައް ވަރުގަދަކުރި ފަހުން މިހާތަނަށް އެ ސިޓީން އާންމުންގެ 250،000 މީހަކު ނުކުމެފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ. އެކަމަކު މިއީ ފަލަސްތީނުގެ އިދާރާތަކުން ވަނީ މިއީ ސައްހަ އަދަދެއް ނޫން ކަމަށާއި މިހާ ގިނަ ބަޔަކު ނުނިކުންނަ ކަމަށް ބުނެފަ އެވެ.

ޣައްޒާ ސިޓީން 250000 މީހުން ނުކުމެއްޖެ: އިޒްރޭލް

އިޒްރޭލުން ޣައްޒާ ސިޓީގައި ހަމަލާތައް ވަރުގަދަކުރި ފަހުން މިހާތަނަށް އެ ސިޓީން އާންމުންގެ 250،000 މީހަކު ނުކުމެފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ. އެކަމަކު މިއީ ފަލަސްތީނުގެ އިދާރާތަކުން ވަނީ މިއީ ސައްހަ އަދަދެއް ނޫން ކަމަށާއި މިހާ ގިނަ ބަޔަކު ނުނިކުންނަ ކަމަށް ބުނެފަ އެވެ.

އިޒްރޭލުން މިހެން ބުނެފައި ވާއިރު ފަލަސްތީނުގެ އޮފިޝަލުން ވަނީ ޣައްޒާ ސިޓީގެ އާންމުން ދާން އިޒްރޭލުން އަންގާފައިވާ ދެކުނު ސަރަހައްދުގައި މީހުން ތޮއްޖެހި އިތުރު މީހުންނަށް އެ ހިސާބުގައި ނޫޅެވޭ ވަރު ވެފައިވާ ކަމަށް ބުނެފަ އެވެ.

ޣައްޒާގެ އެންމެ ބޮޑު އާބަން ސެންޓަރާއި އެ ސަރަހައްދުގައި ފަލަސްތީނުގެ މިލިއަނެއްހާ މީހުން އޯގަސްޓް މަހުގެ ނިޔަލަށް ދިރިއުޅެމުން އައި ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އަދި އެ ސަރަހައްދުގައި ވަނީ އިޒްރޭލުގެ ހިސާރުގެ ސަބަބުން ބަނޑުހައިހޫނުކަން އާންމުވެފަ އެވެ.

އެހެންވެ އދ. އާއި އެކި ޖަމާއަތްތަކުން ގެންދަނީ އިޒްރޭލުން ޣައްޒާ ސިޓީ ހިފަން ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލަމުންނެވެ.

އިޒްރޭލު އަސްކަރިއްޔާގެ އަރަބި ބަހުގެ ތަރުޖަމާނު އަވިޗޭ އަދްރޭ އެކްސްގައި ބުނެފައިވާ ގޮތުގައި ޣައްޒާގެ 250،000 އަށް ވުރެ ގިނަ މީހުން އެ ސިޓީ ދޫކޮށް މިހާރު ވަނީ ގޮސްފަ އެވެ. އެކަމަކު ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ޣައްޒާ ސިޓީން ނުކުތީ 70،000 މީހުން ކަމަށެވެ.

ނޫސްވެރިން ހަރަކާތްތެރިވާން ފުރުސަތު ނުދޭތީ މި އަދަދުތައް ކަށަވަރުކުރެވޭ ގޮތެއް ނުވެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ހުޅަނގު ޑިސްޓްރިކްޓްތަކުގައި ތިބި މީހުން އެ ތަންތަނުން ނުކުތުމަށް ގޮވާލައި ލީފްލެޓްތައް ވެސް އަޅައިފަ އެވެ.

"އިޒްރޭލުގެ އަސްކަރިއްޔާއިން މި ސަރަހައްދުގައި ވަރަށް ވަރުގަދަ އޮޕަރޭޝަންތަކެއް ގެންދަނީ ހިންގަމުން. ހަމާސް ބަލިކަށިކޮށް ނައްތާލުގެ މަސައްކަތް މި ދަނީ ކުރަމުން. އެންމެން ޣައްޒާގެ ދެކުނަށް ދޭ. މިއީ އިންޒާރެއް،" އެ ލީފްލެޓްގައި ބުނެފައިވެ އެވެ. "ކަލޭ އިންޒާރު ދިނީ،" އިޒްރޭލުގެ ލީފްލެޓެއްގައި ބުނެފައި އޮތެވެ.