އިޒްރޭލާ މެދު ވެސް އެހެން ގައުމުތަކާ މެދު އަމަލުކުރާ އުސޫލުން އަމަލުކޮށް، ތަފާތުކުރުމެއް ނެތި، އިޒްރޭލުގެ ޖަރީމާތަކަށް އަދަބު ދިނުމަށް ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ މިއަދު މުޅި ދުނިޔެއަށް ގޮވާލައްވައިފި އެވެ.
އިޒްރޭލާ މެދު ވެސް އެހެން ގައުމުތަކާ މެދު އަމަލުކުރާ އުސޫލުން އަމަލުކޮށް، ތަފާތުކުރުމެއް ނެތި، އިޒްރޭލުގެ ޖަރީމާތަކަށް އަދަބު ދިނުމަށް ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ މިއަދު މުޅި ދުނިޔެއަށް ގޮވާލައްވައިފި އެވެ.
އޭނާ މިހެން ވިދާޅުވީ އިޒްރޭލުން ހަމާސް ޖަމާއަތުގެ ލީޑަރުންނަށް އަމާޒުކޮށް ގަތަރުގައި ދިން ވައިގެ ހަމަލާއާ ގުޅިގެން ގަތަރުން ބާއްވާ އަރަބި އަދި އިސްލާމީ ލީޑަރުންގެ ކުއްލި ބައްދަލުވަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
"ބައިނަލްއަގުވާމީ މުޖްތަމައުން ތަފާތުކުރުން ހުއްޓާލައި، އިޒްރޭލުން ހިންގާފައިވާ ހުރިހާ ޖަރީމާތަކަށް އަދަބު ދޭންވީ ވަގުތު ޖެހިއްޖެ. އަދި ފަލަސްތީނުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ނައްތާލުމުގެ ހަނގުރާމަ ކާމިޔާބު ނުވާނެކަން އިޒްރޭލަށް އެނގެން އެބަޖެހޭ،" ބޮޑުވަޒީރު ވިދާޅުވި އެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާޖިދު އަލް އަންސާރީ ވިދާޅުވީ، އިޒްރޭލުން ގަތަރަށް ދިން ހަމަލާއާ ގުޅޭ ޑްރާފްޓް ގަރާރެއް އެކުލަވާލުމަށް، މާދަމާ ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށެވެ.
މި ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް ސުދާނީ ވެސް ހިމެނެ އެވެ. މީގެ އިތުރުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަދު ވަނީ ގަތަރަށް ވަޑައިގެންފަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ތުރުކީގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އިޒްރޭލުގެ ހަމަލާއަށް ފަހު ގަތަރަށް ވަޑައިގެން އެ ގައުމާ އެކު އޮތްކަން ހާމަކުރައްވާފައި ވާއިރު މާދަމާގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާކަމެއް އަދި ސާފެއް ނުވެ އެވެ.
މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް ހިންގާ ގަތަރަކީ އިޒްރޭލުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އެންމެ ބޮޑަށް މަސައްކަތްކުރާ ގައުމެވެ.
ހަމާސްގެ ޕޮލިޓްބިއުރޯގެ މެންބަރެއް ކަމަށްވާ ބާސިމް ނާއިމް ވިދާޅުވީ މި ސަމިޓުގެ ސަބަބުން އިޒްރޭލާއި ހަނގުރާމައާ ގުޅޭ ގޮތުން އަރަބި އިސްލާމީ ގައުމުތަކުން އެއްބަސްވާ ވަރުގަދަ ސްޓޭންޑެއް ނެގި ސާފު ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. -- އޭއެފްޕީ
އިޒްރޭލުގެ ބޭނުމަކީ މަޝްވަރާތައް ފެއިލްކޮށްލުން: ގަތަރު
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
އިޒްރޭލާ ހެދި ސުލްހައިގެ އުންމީދެއް ނެތް: ގަތަރު
ގަތަރު ވާހަކަ ދައްކަނީ ދެ އަނގައިން: ނަތަންޔާހޫ
ހަމާސް އާއި އިޒްރޭލު ސުލްހަކުރުން ގަތަރުން ހުއްޓާލައިފި
އިޒްރޭލު/ހަމާސް އެއްބަސްވުމަކާ ގާތް ވެސް ނުވޭ: ގަތަރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ތިން ދުވަހުން 175 އަސީރުން މިނިވަންކޮށްފި
އިޒްރޭލު ސިފައިން ގާޒާގެ ގެތައް ލޫޓުވައި ފޭރެނީ
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން