27 ނޮވެމްބަރ 2023
މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ހަމަލާތައް ހަތަރު ދުވަހަށް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް، ދެ ފަރާތުން 175 އަސީރުން މިނިވަންކޮށްފި އެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ހަމަލާތައް ހަތަރު ދުވަހަށް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް، ދެ ފަރާތުން 175 އަސީރުން މިނިވަންކޮށްފި އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ފެށި ހަނގުރާމައިގެ ހަމަލާތައް، މެދުކަނޑައިލީ 24 ވަނަ ދުވަހު (ހުކުރު)ގެ ހެނދުނު 7:00 ން ފެށިގެންނެވެ. ހަމަލާތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަލާތައް މެދުކަނޑާލާފައި އޮންނަ ހަތަރު ދުވަހުގެ ތެރޭގައި، ހަމާސް ޖަމާއަތުން އިޒްރޭލުގެ 50 ރަހީނުން މިނިވަން ކުރާނެ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ 150 އަސީރުން މިނިވަންކުރާނެ އެވެ.
އެގޮތުގެ މަތިން، މި އެއްބަސްވުމުގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 117 އަސީރުން މިނިވަންކޮށްފަ އެވެ. އަދި ހަމާސް ޖަމާއަތުން ވަނީ، އޮކްޓޫބަރު 7 ވަނަ ދުވަހު ރަހީނުކުރި މީހުންގެ ތެރެއިން 39 މީހަކު މިނިވަންކޮށްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުގެ ރައްޔިތުންނާއި އިޒްރޭލުގައި މަސައްކަތް ކުރާ ތައިލޭންޑްގެ މީހުންނާއި ފިލިޕީންސް މީހުން ވެސް ހިމެނެ އެވެ.
ހަމާސް އިން މި ބުރުގައި މިނިވަން ކުރަންޖެހޭ 50 ރަހީނުންގެ ތެރެއިން ބާކީ ތިބި 11 ރަހީނުން މި ރޭގެ ވަގުތެއްގައި މިނިވަންކުރާނެ އެވެ. އަދި އިޒްރޭލުން މިއަދު މިނިވަންކުރާ ފަލަސްތީނުގެ 33 އަސީރުންގެ ލިސްޓުގައިވާ މީހުންގެ ނަންތައް ދިރާސާ ކުރަމުން އަންނަ ކަމަށް، އިޒްރޭލު ސަރުކާރުން ބުންޏެވެ.
ހަމަލާތައް މެދުކަނޑައިލުމަށް ފަހު ހުކުރު ދުވަހު އެންމެ ފުރަތަމަ ހަމާސް އިން މިނިވަންކުރީ 24 ރަހީނުންނެވެ. އެއީ އިޒްރޭލުގެ 13 މީހަކާއި ތައިލޭންޑްގެ 10 މީހަކާއި ފިލިޕީންސްގެ މީހެކެވެ. އެ ދުވަހު އިޒްރޭލުން މިނިވަންކުރި ފަލަސްތީނުގެ 39 މީހުންގެ ތެރޭގައި ހިމެނެނީ 24 އަންހެނަކާއި 15 ކުޑަކުދިންނެވެ.
އަސީރުން މިނިވަންކުރުމުގެ ދެ ވަނަ މަރުހަލާގައި މި މަހުގެ 25 ވަނަ ދުވަހު ވެސް އިޒްރޭލުން މިނިވަންކުރީ ފަލަސްތީނުގެ 39 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނަކާއި 33 ކުޑަކުދިންނެވެ. ދެ ވަނަ މަރުހަލާގައި ހަމާސް ޖަމާއަތުން މިނިވަންކުރީ އިޒްރޭލުގެ ހަ އަންހެނަކާއި ހަތް ކުޑަކުއްޖަކާއި ތައިލޭންޑްގެ ހަތަރު މީހެކެވެ.
ހަމަލާތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް އިޒްރޭލުން ފުރިހަމަ އަށް އަމަލުނުކުރާ ކަމަށް ބުނެ ހަމާސް ޖަމާއަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން ހަމާސް އިން ފާހަގަކޮށްފައިވަނީ، ހަމަލާތައް މަދުކަނޑާލާފައި އޮންނަ މުއްދަތުގައި އެއްވެސް ހަމަލާއެއް ނުދިނުމަށް އެއްބަސްވެފައިވާ އިރު ވެސް، އިޒްރޭލު ސިފައިން ޣައްޒާގައި ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ކަމެވެ.
މިއަދަކީ ހަމަލާތައް މެދުކަނޑައިލަން ވެފައިވާ އެއްބަސްވުމުގެ އެންމެ ފަހު ދުވަހަށް ވާތީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު އިޒްރޭލުން އަނެއްކާ ވެސް ޣައްޒާ އަށް ހަމަލާތައް ދޭން ފަށާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ. އެހެންކަމުން، ގަތަރާއި މިސްރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ވާހަކަ ދައްކައިގެން، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށެވެ.
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި
ހަމާސްއަކީ ނިމުމެއް ނެތް ފިކުރެއް: އުރުދުން
އަރަބި ވެރިންގެ މަހާސިންތާއެއް ސައޫދީގައި ބާއްވަނީ
އަސީރަކު މިނިވަންކުރި ވާހަކަ އަތަށް ގޮވައިފި
ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް