ރާއްޖޭގެ ގިނަ އިލްމްވެރިންނާއި މަދަނީ ޖަމިއްޔާތައް ގުޅިގެން ފަލަސްތީނުގެ ޢައްޒާގެ ހައްގުގައި އަޑު އުފުލަން ސައިކަލް ރެލީއެއް މާދަމާ ބާއްވަން ނިންމައިފި އެވެ.
10 އެޕްރީލް 2025
ރާއްޖޭގެ ގިނަ އިލްމްވެރިންނާއި މަދަނީ ޖަމިއްޔާތައް ގުޅިގެން ފަލަސްތީނުގެ ޢައްޒާގެ ހައްގުގައި އަޑު އުފުލަން ސައިކަލް ރެލީއެއް މާދަމާ ބާއްވަން ނިންމައިފި އެވެ.
އިލްމުވެރިން އިސްނަގައިގެން "ޣައްޒާއާ އެކު" ނަމުގައި ފެށި ހަރަކާތްތަކުގެ ތެރެއިން ސައިކަލް ރެލީ ފަށަން ހަމަޖައްސާފައި ވަނީ މާލޭގެ ރަސްފަންނު ސަރަހައްދުން މާދަމާ ހަވީރު 4:15 ގަ އެވެ. ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށް ފަހު، ރެލީ ނިންމާލަން އޮތީ ވެސް ރަސްފަންނުގައި ހާއްސަ ދުއާއަކުންނެވެ.
އިލްމްވެރިންގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްމުވެރިން ވިދާޅުވީ ޣައްޒާގެ ހައްގުގައި ވީއެންމެ ބޮޑަކަށް އަޑުއުފުލަން ޖެހޭ ކަމަށާއި އެއީ ޣައްޒާގެ ރައްޔިތުންނަށް ހިތްވަރު ލިބި، އަދާވަތްތެރިން ބަލިކަށިވާނެ ކަމެއް ކަމަށެވެ. އަދި ޣައްޒާގައި ހިންގާ ކަންކަން އާންމު ކަމަކަށް ހަދަން މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ވެސް އަޑު އުފުލައި، އެކަމަށް ހުރަސްއަޅަން ޖެހޭ ކަމަށް އިލްމްވެރިން ވިދާޅުވި އެވެ.
އިލްމްވެރިންނާއި ޖަމިއްޔާތައް ގުޅިގެން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރުމުގެ މަސައްކަތްތައް ވެސް ފުޅާކުރަން ވަނީ ނިންމައިފަ އެވެ.
ޣައްޒާއަށް ވެރިވަގުތުމުގެ ކަންކަން އިޒްރޭލުން ކުރިއަށް ގެންދާއިރު އިއްޔެ ވެސް ޣައްޒާއަށް ކެނޑިނޭޅި ހަމަލާ ދީފައިވެ އެވެ. އަދި އާންމުން އުޅޭ ގެޔަކަށް ހަމަލާދީ 23 މީހަކު ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރަމުންދާއިރު ޣައްޒާގެ ބޮޑު ބައެއް އިޒްރޭލުގެ ސަލާމަތީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ޣައްޒާ އިތުރަށް ކުޑަކޮށްލައި އެކަހެރިކަން ބޮޑުކުރާނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭއިލް ކާޓްޒް އިއްޔެ ވަނީ ބުނެފަ އެވެ.
ޑިފެންސް މިނިސްޓަރު މިހެން ބުނެފައި މިވަނީ 2.4 މިލިއަން މީހުން އުޅޭ ޣައްޒާއަށް އިޒްރޭލުން އަލުން ހަމަލާތައް ފެށުމާ އެކު އެތައް ހާސް ބަޔަކު މަގުމަތިވެ އަދި ހައިހޫނުކަން އާންމުވެފައި ވަނިކޮށެވެ.
ފަލަސްތީނުގެ މީހުންނަށްޓަކައި ގުނޫތު ކިޔަން އަންގައިފި
ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރަނީ
ދިވެހި ޖަމިއްޔާއަކުން ޣައްޒާގެ އަންހެނުންނަށް ޕެޑް ދެނީ
ފަލަސްތީނަށް އެހީވާން އެެއްކުރި ފައިސާ ފޮނުވައިފި
"ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނެތް"
"ޣައްޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރު ބޭނުންވޭ"
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ގުނޫތު ކިޔަން ފަށަނީ
ރައީސް ގޮވާލެއްވީ އައިސީޖޭ އިން އިޒްރޭލް ހުއްޓުވަން
ޕްރޮފެސަރު އާއިލާ ގާޒާއިން ނެރުމަށް ފައިސާ ހަވާލުކޮށްފި