Roadha Mihaaru
އުރުދުޣާން އަނެއްކާވެސް ކާމިޔާބީއާ ދިމާލަށް

ތުރުކީގެ ރައީސް އުރުދުޣާން އަނެއްކާވެސް ކާމިޔާބީއާ ދިމާލަށް

14 މެއި 2023

އަންކާރާ (މެއި 14) - ތުރުކީގައި މިއަދު ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނައި ނިމިފައިވާ ވޯޓްތަކުން، މިހާރުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ކުރި ހޯއްދަވައިފި އެވެ.

އަންކާރާ (މެއި 14) - ތުރުކީގައި މިއަދު ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނައި ނިމިފައިވާ ވޯޓްތަކުން، މިހާރުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ކުރި ހޯއްދަވައިފި އެވެ.

އިންތިހާބުގައި އުރުދުޣާން އާ އެންމެ ގާތުން ވާދަކުރައްވަނީ އިދިކޮޅު ސީއެޗްޕީގެ ލީޑަރު ކަމާލް ކިލިޗްޑަރޮގްލޫ އެވެ. މިހާތަނަށް ގުނައި ނިމުނު 70 ޕަސްންޓް ވޯޓްގެ ނަތީޖާ ދައްކާ ގޮތުން އުރުދުޣާން ކުރީގައި އުޅުއްވަނީ 50.67 ޕަސަންޓް ވޯޓުންނެވެ. ކިލިޗްޑަރޮގްލޫ އަށް ލިބިވަޑައިގެންނެވީ މިހާތަނަށް 43.60 ޕަސަންޓް ވޯޓެވެ.

ރައީސް ކަމުގެ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓަށް ވުރެ އިތުރަށް ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓް ހޯދި ދެ ކެންޑިޑޭޓްގެ ދެމެދުގައި ދެވަނަ ބުރެއް ބާއްވާނެ އެވެ. މިއަދު ރައީސް އަކު ހޮވުމަށް ވޯޓް ނެގުމުގެ އިތުރަށް ކުރިއަށް އޮތް ފަސް އަހަރަށް އެ ގައުމުގެ ރައްޔިތުންގެ މަޖިލީހަށް ވެސް މެންބަރުން ހޮވުމުގެ އިންތިހާބު ބޭއްވި އެވެ.

އުރުދުޣާންގެ އޭކާ ޕާޓީން ވަނީ މިހާތަނަށް ގުނި ވޯޓްގައި 273 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސީއެޗްޕީ އަށް ކާމިޔާބު ކުރެވުނީ 166 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ތުރުކީގެ ދެކުނަށް އައި ބާރުގަދަ ދެ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނުތާ ތިން މަސް ފަހުން ބޭއްވި އިންތިހާބުގައި، ބިން ހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުން ވެސް އުރުދުޣާން ވަނީ ކުރި ހޯއްދަވައިފަ އެވެ.

ތުރުކީގެ އެންމެ ބޮޑު ސިޓީ އިސްތަންބޫލުގައި އުރުދުޣާން އާއި ކިލިޗްޑަރޮގްލޫ ދިޔައީ ވަރަށް ވާން ކޮށެވެ. އެ ސިޓީން ދެ ކެނޑިޑޭޓުން ވެސް ވަނީ 47 ޕަސަންޓް ވޯޓް ހޯދައިފަ އެވެ.