26 އެޕްރީލް 2023
ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.
ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.
މިދިޔަ އަހަރު ޖުލައި މަހު ސަރުކާރުން ތަސްދީގުކުރި ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތުން މީހަކު ހުށަހަޅާ ހުށަހެޅުމަކަށް މީޑިއާއަކުން ގެނެސްދީފައިވާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން ޝަރީއަތަށް އެންގިދާނެ އެވެ. އޭގެ ތެރޭގައި "ގައުމީ ސަލާމަތަށް ނުރައްކާވާ" ފަދަ މައުލޫމާތު ހާމަކުރުން ހިމެނޭ އިރު ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމަކީ ކޮބައިކަން އެ ގާނޫނުގައި މާނަކޮށްފައެއް ނެތެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން އިހުތިޖާޖު ވެސް ކޮށްފައި ވަނިކޮށް ހެއްކާބެހޭ ގާނޫނުގެ އެ މާއްދާތައް ސަރުކާރުން އަލުން އިސްލާހުތަކެއް ފޮނުވި އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފަހުން ނިންމާފައި ވަނީ މަސްދަރު ހާމަކުރުމަށް އެންގޭނީ ޕްރޮސެކިއުޓާ ޖެނަރަލް އަށް ކަމަށާއި އަދި އެ ނިންމުން ނިންމޭނީ ހައިކޯޓަށް އެކަނި ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކާވުން ވެސް އެ ކޮމިޓީން ވަނީ މާނަކޮށް އެ ބިލު އިސްލާހުކޮށްފަ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މިއަދު އެ އިސްލާހުތަކަށް ވޯޓަށް ހުޅުވާލުމުން މަޖިލީހުގެ މެޖޯރިޓީ އޮތް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވޯޓު ދެއްވީ އެ ބިލު ފާސްކުރުމާ ދެކޮޅަށެވެ. އެމްޑީޕީގެ 31 މެންބަރުން ބިލު ފާސް ނުކުރަން ވޯޓު ދެއްވި އިރު އެ ބިލު ފާސް ކުރަން ވޯޓު ދެއްވީ 12 މެންބަރުންނެވެ.
އެހެންކަމުން ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ވަނީ އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފަ އެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނީ ހައި ކޯޓަށް
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރުގެ ހިމާޔަތުގައި ނޫސްވެރިންގެ ޕެޓިޝަން ރައީސަށް
މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ބިލު ފާސްކޮށްފި
ހެއްކާ ބެހޭ ބިލުން ނޫސްވެރިކަމުގައި ބޮޑުތަޅު!
މަސްދަރު ހާމަކުރަން މަޖުބޫރުވުން:ކަންބޮޑުވާންވީ ކީއްވެ!
ހެއްކާ ބެހޭ ބިލް: މަސްދަރު ހާމަކުރުވާ މާއްދާއެއް
މީޑިއާ ކޮންޓްރޯލް ބިލް އަނބުރާ ގެންދަން ހުށަހަޅައިފި