Roadha Mihaaru
މަސްދަރުގެ ހިމާޔަތުގައި ނޫސްވެރިންގެ ޕެޓިޝަން ރައީސަށް

މަސްދަރުގެ ހިމާޔަތުގައި ނޫސްވެރިންގެ ޕެޓިޝަން ރައީސަށް ހުށަހަޅައިފި

07 ޖުލައި 2022

ނޫސްވެރިންގެ މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލު ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލަން ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ނޫސްވެރިންގެ މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލު ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލަން ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހުށަހަޅައިފި އެވެ.

މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބޭ ހައްގަކަށް ވިޔަސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ހެއްކާ ބެހޭ ބިލުގައިވާ ގޮތުން، ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަށް އެންގިދާނެ އެވެ.

މަޖިލީހުން ބިލް ފާސްކުރީ އެ ގޮތަށް އެ މާއްދާ ބާއްވައިގެން ބިލު ފާސްނުކުރުމަށް ނޫސްވެރިން ތަކުރާރުކޮށް އެދި އިހުތިޖާޖު ވެސް ކޮށްފައި ވަނިކޮށެވެ.

ނޫސްވެރިންގެ ޕެޓިޝަން އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން، ރައީސް އޮފީހުގެ ފޮޓޯގްރާފަރު މުންޝިދު މުހައްމަދާ މިއަދު ހަވާލުކުރައްވަނީ: މި ޕެޓިޝަންގައި 150 އަށް ވުރެން ގިނަ ނޫސްވެރިން ސޮއިކުރި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނޫސްވެރިންގެ ޕެޓިޝަން އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން، ރައީސް އޮފީހުގެ ފޮޓޯގްރާފަރު މުންޝިދު މުހައްމަދާ މިއަދު ހަވާލުކުރައްވަނީ: މި ޕެޓިޝަންގައި 150 އަށް ވުރެން ގިނަ ނޫސްވެރިން ސޮއިކުރި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން މިއަދު ވަނީ 158 ނޫސްވެރިންގެ ސޮއި ހިމެނޭ ޕެޓިޝަނެއް ރައީސް އޮފީހާއި އެޓާނީ ޖެނަރަލް އޮފީސް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

ނޫސްވެރިންގެ ޕެޓިޝަންގައި ބުނެފައި ވަނީ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭނެ ހާލަތްތައް ފުޅާކޮށް މާނަ ކުރަން ހުޅުވާލެވޭ ގޮތަށް އޮތުމަކީ ނުފޫޒާއި ބާރު ހުރި ބަޔަކަށް އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ހުޅުވާލެވޭ ދޮރެއް ކަމަށެވެ. އޭގެ ސަބަބުން ނޫސްވެރިންނާއި ނޫސްވެރިންގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅި ޖަލަށް ދާން ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާ ބެހޭ ބިލު އަނބުރާ ފޮނުވާލަން ނޫސްވެރިންގެ ފަރާތުން އެޓާނީ ޖެނަރަލް އޮފީހަށް ޕެޓިޝަނެއް ހުށަހަޅަނީ. --ފޮޓޯ: މިހާރު

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާ ބެހޭ ބިލު އަނބުރާ ފޮނުވާލަން ނޫސްވެރިންގެ ފަރާތުން އެޓާނީ ޖެނަރަލް އޮފީހަށް ޕެޓިޝަނެއް ހުށަހަޅަނީ. --ފޮޓޯ: މިހާރު

އޭގެ އިތުރުން އެ ބިލުގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ދޭ ވިސަލް ބްލޯވަރުން ނޫސްވެރިންނަށް މައުލޫމާތު ދޭން ޖެހިލުންވާނެ ކަމަށް ވެސް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.

"...މިއީ އާންމުންނާ ގުޅުންހުރި އެތައް މައްސަލަތަކެއް މުޖުތަމައަށް ތިލަކުރުމަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށް ގަބޫލު ކުރަން،" އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.

ރައީސް އޮފީހަށް ޕެޓިޝަން ހުށަހެޅުމަށް ފަހު އެމްޖޭއޭގެ ރައީސް އަލީ ރިޝްފާން ވިދާޅުވީ އެ ޕެޓިޝަންގައި ނޫސްވެރިން ކަންބޮޑުވުންފާޅުކޮށްފައި ހުރި ކަންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިއާޔަތްކުރައްވައި ބިލް ތަސްދީގު ނުކުރައްވައި އަލުން މަޖިލީހަށް ފޮނުވައި އިސްލާހު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ދޫދޭ ގޮތަކަށް ނޫން. ކުރިން ވެސް އޮންނާނެ މަޖިލީހަށް ކަރުދާހެއް ހުށަހަޅާފައި އެ ކަރުދާހުގައި އޮތް ގޮތަށް ހުށަހެޅުންތައް ހުށަހަޅަމުން ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޕެޓިޝަން ހުށަހަޅަން ނޫސްވެރިން ރައީސް އޮފީހަށް ވަންނަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެޓިޝަން ހުށަހަޅަން ނޫސްވެރިން ރައީސް އޮފީހަށް ވަންނަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ޕެޓިޝަންގައި އެމްޖޭއޭ އިން ވަނީ 12 ކަމަކަށް ގޮވާލައިފަ އެވެ. އޭގެ ތެރޭގައި ބިލު ތަސްދީގު ނުކޮށް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމާއި މަޖިލީހާއި އެޓާނީ ޖެނަރަލް އޮފީހުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހައި ބިލު އިސްލާހު ކުރަން ހުށަހަޅަން ވަނީ ގޮވާލައިފަ އެވެ.

އެމްޖޭއޭގެ ހުށަހެޅުންތައް:

- މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާން ކުރުން.

- ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާ އާއި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަ ކުރެވޭ ގޮތަށް ބިލުގައި ހަނިކުރުން.

- ކުއްލި ބޮޑު ނުރައްކަލެއް އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލު އިސްލާހު ކުރުން.

- ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުން.

- ނޫސްވެރިޔާ މާނަ ކުރާ ގޮތް "މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން" އަށް ބަދަލު ކުރުން.

- މަސްދަރު މާނަ ކުރާ ގޮތް ފުޅާކޮށް، "މީޑިއާގައި މަސައްކަތް ކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯން ކޯލާއި ޓެކްސްޓް މެސެޖާއި އެ ނޫން ވެސް މައުލޫމާތުތަކާއި އަރުޝީފް އަދި މި ނޫނަސް އެއްޗެއް ބޭނުން ކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް" ހިމެނޭ ގޮތަށް މާއްދާ ތަފްސީލް ކުރުން.

- "ނާއިންސާފު ހުކުމެއްކޮށް، ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން" މި އިބާރާތުގައި މިވާ ހާލަތަކީ ހީއެއްގެ މައްޗަށް އޮތް ނިންމަން ޖެހޭ ހާލަތެއް ކަމުން ބިލުގެ 136 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަމްބަރު އުވާލުން.

- 136 ވަނަ މާއްދާގެ (ނ) ގެ ހަވަނަ ނަމްބަރު "ކުށެއް ކުރި ގޮތް ނުވަތަ ކުށް ކުރި މީހަކު ހޯދުމަށްޓަކައި މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ފިޔަވާ ތަހުގީގަށް މައުލޫމާތު ހޯދޭނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ވެސް ކަމުގެ ހަގީގަތަށް ވާސިލް ނުވެވޭނެ ކަން ސާބިތުވުމާއެކު ހަމައެކަނި ކުރިއަށް ދެވެން އޮތް ގޮތަކީ މަސްދަރު ހާމަ ކުރަން މަޖުބޫރުކުރުން ކަމަށް ވުން،" މިގޮތަށް ބަދަލު ކުރުން.

- މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގައި މަސައްކަތް ކުރާ ފަރާތަށް ކޯޓުގައި ވާހަކަ ދައްކާ ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް ހިމެނުން.