02 ޖުލައި 2022
ނޫސްވެރިންގެ މަސްދަރު ހާމަކުރުން މަޖުބޫރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލް މިހާރު އޮތްގޮތަށް ތަސްދީގު ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެ އެވެ.
ނޫސްވެރިންގެ މަސްދަރު ހާމަކުރުން މަޖުބޫރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލް މިހާރު އޮތްގޮތަށް ތަސްދީގު ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެ އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅައި، މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ހެއްކާބެހޭ ބިލުގައިވާ ގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަށް އެންގިދާނެ އެވެ. އެކަމަކު މަސްދަރު ހާމަ ނުކުރުމުގެ ހައްގު ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދެ އެވެ.
އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމްއެމްސީން ރައީސަށް ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި އެދިފައިވަނީ އެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާ ގޮތަށް އޮތް ބިލަކަށް ވާތީ އެ ބިލް ތަސްދީގު ނުކުރައްވައި، މަޖިލީހަށް އަނބުރާ ފޮނުވާލެއްވުމަށެވެ.
މަޖިލީހުން ފާސްކުރާ ބިލްތައް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލެއްވުމުގެ އިހްތިޔާރު ރައީސަށް އޮވެ އެވެ.
ހެއްކާބެހޭ ބިލާ ދެކޮޅަށް ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މަޖިލިސް އިދާރާގައި ކައިރީގައި އިހްތިޖާޖް ވެސް ކޮށްފަ އެވެ. އެކަމަކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެ ބިލަށް ވޯޓު އެހުން ނޫން ގޮތެއް މިވަގުތު ނެތް ކަމަށެވެ.
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
މަސްދަރުގެ ހިމާޔަތުގައި ނޫސްވެރިންގެ ޕެޓިޝަން ރައީސަށް
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ
ޖޫރިމަނާކުރަން އުޅެނީ ބިރުދައްކަން: އެޑިޓަރުން
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް
"ސަރުކާރަކާ ނުލައި ވެސް ނޫސްވެރިކަން އޮތުން މުހިންމު"
މީޑިއާ ކޮމިޝަންގެ ބިލް މަޖިލީހުން ބޭރުކޮށްލައިފި
ބިލްގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނާ ހިއްސާކުރަނީ
އާ ކޮމިޝަން، މީޑިއާތަކަށް އިތުރު ބިރުވެރިކަމެއް؟!