ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ޚަބަރު ފަތުރާ ކަމަށް ބުނެ ހައި ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގައި މިއަދު އެދިއްޖެ އެވެ.
01 ޖުލައި 2021
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ޚަބަރު ފަތުރާ ކަމަށް ބުނެ ހައި ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގައި މިއަދު އެދިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހުން މިހާރު ވަނީ އެމްއެމްސީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމަކު އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއުކުރި ލިޔުންތަކަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ހައި ކޮމިޝަނާއި އެ ތަނުގެ ވެރިންނާއި ޑިޕްލޮމެޓިކް މުވައްޒަފުންގެ ކަރާމަތަށް "ހަމަލާ" ދީފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ އަށް އެ ސިޓީ ފޮނުވީ، އެކަން ދިވެހި ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އިންޑިއާގެ ހައި ކޮމިޝަނާއި އެތަނުގެ އިސްވެރިންގެ ކަރާމަތަށް "ހަމަލާދޭ" ކަމަށް އެ ތަނުން ގަބޫލުކުރާ މީޑިއާގެ ލިޔުންތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ލިޔުނު މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން އެދިފައި އޮތީ ޑިޕްލޮމެޓުންގެ ރައްކާތެރިކަމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް"ގެ 29 ވަނަ މާއްދާއާ ހަވާލާދީ އެވެ.
އެ މާއްދާގައި ބުނަނީ، ޑިޕްލޮމެޓިކް މިޝަން ހުންނަ ގައުމުން ޑިޕްލޮމެޓުންނަށް ހާއްސަ ރައްކާތެރި ކަމެއް ދޭން ޖެހޭނެ ކަމަށެވެ. ޑިޕްލޮމެޓުގެ ޒާތަށާއި މިނިވަން ކަމަށް އަދި ކަރާމަތަށް ދޭ ހަމަލާތަކުން ދިފާއުކުރަން މިޝަން ހުންނަ ގައުމުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.
މި ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ޖެހި ލިޔުންތަކުގައި އަމާޒުކޮށްފައި ވަނީ އިންޑިއާގެ ހައި ކޮމިޝަނާއި ހެޑް އޮފް މިޝަން އަދި ޑިޕްލޮމެޓިކް މުވައްޒަފުންނާ މެދު ނަފުރަތާއި ހަމަނުޖެހުން އުފެއްދުމަށެވެ. އެހެންވެ، މައިގަނޑު ދެ ފިޔަވަޅެއް އަޅައިދޭން ހައި ކޮމިޝަނުން އެދިފައިވެ އެވެ.
އޭގެ އެއް ކަމަކީ އިންޑިއާގެ ހައިި ކޮމިޝަނާއި ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްދިނުމެވެ. ދެ ވަނަ ކަމަކީ ނަަފުރަތާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުގައިވާ ފިޔަވަޅުތައް އަޅައިދިނުމެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ފޮނުވި ސިޓީގައި ޝަކުވާ އުފުލައިފައި ވަނީ ކޮންކޮން މީޑިއާތަކެއްގައި ޖެހި ލިޔުމަކާ ދެކޮޅަށްް ކަމެއް އަދި ސާފެއް ނުވެ އެވެ.
މި މައްސަލަ އާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އިންޑިއާ އަށް އަމާޒުވެފަ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުުމުގެ ތެރެއިން ފަހަކަށް އައިސް އެޅި ބައެއް ފިޔަވަޅުތަކަށް، މީޑިއާ އާއި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔައިފައިވެ އެވެ. އެކިއެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލަން ގޮވާލައި ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން ދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ.
ފިޔަވަޅު އަޅަން އެދުމުން ހައި ކޮމިޝަނަށް ފާޑުކިޔުން!
މައްސަލަ ބަލަން އެންގީ ކޮމިޓީން ނިންމައިގެނެއް ނޫން
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
މަޖިލީހުގެ ނިންމުމަކީ ޑިކްޓޭޓާޝިޕެއްގެ ސިފައެއް: ދީދީ
ބަހުގެ ހަމަލާދޭތީ ފިޔަވަޅު އަޅަން އިންޑިއާއިން އެދިއްޖެ
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާއަށް
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
އިންޑިއާއަށް ކޮންމެ ވަގުތަކު ވެސް ބަރޯސާވެވޭނެ: ޝާހިދު