01 ޖުލައި 2021
ރާއްޖޭގެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކާ ބެހޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރާ ތުހުމަތު ބަލަން ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް ސިޓީއެއް ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެގޮތަށް ނިންމައިގެން ނޫން ކަމަށް ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކާ ބެހޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރާ ތުހުމަތު ބަލަން ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް ސިޓީއެއް ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެގޮތަށް ނިންމައިގެން ނޫން ކަމަށް ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ ކޮމިޓީގެ ބައްދަލުވުމަކުން ނިންމައިގެން ނޫނަސް، މިނިވަން މުއައްސަސާތަކަށް ސިޓީ ފޮނުވުމަކީ މީގެ ކުރިން ވެސް ކުރާ ކަމެއް ކަމަށާއި މީޑިއާ ކައުންސިލަށް ސިޓީ ފޮޮނުވީ ވެސް އެ އުސޫލުން ކަމަށެވެ.
އޭނާ ވިދާޅުވިީ، މީޑިއާއެއްގައި ލިޔުނު ލިޔުމެއްގެ ސަބަބުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރިތިޝްގެ ސަލަމާތަށް ނުރައްކާވާކަން ރޮޒޭނާގެ ސަމާލުކަމަށް ގެންނެވީ ރޯހިތު ކަމަށާއި އޭގެ ފަހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރަކު ވެސް އެކަން ސަމާލުކަމަށް ގެންނެވި އެވެ.
"މިނިވަން މުއައްސަސާތަކުން މަައުލޫމާތު ސާފުކުރަން ކޮމިޓީން ކޮންމެ ފަހަރަކު އެދެނީ ކޮމިޓީގެ ބައްދަލުުވުމަކުން ނިންމައިގެނެއް ނޫން. ޑެޕިއުޓީ ހައި ކޮމިޝަނާ އަޅުގަނޑަށް ގުޅާފައި ވިދާޅުވީ ދޮގު މައުލޫމާތު ހިމަނައިގެން ލިޔުނު އެ ލިޔުމާ ގުޅިގެން އޭނާގެ ސެކިއުރިޓީ އަށް ވެސް ނުރައްކާވާ ކަމަށް،" ރޮޒައިނާ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކޮމިޓީ ބައްދަލުވުމެއްއްގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރޮޒައިނާ ވިދާޅުވި ގޮތުގައި އޭގެ ފަހުން އެ މައްސަލަ އޭނާގެ ސަމާލުކަމަށް ގެންނެވީ މިނިވަން މުއައްސަސާާތަކުގެ މެމްބަރު އަދި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.
ރޮޒައިނާ ވިދާޅުވީ، މީޑިއާ ކައުންސިލަށް މަޖިލީހުން ފޮނުވި ސިޓީގައި އެދިފައިވާނީ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ލިޔުނު ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް ކަމަށެވެ. އެކަމުގައި މީޑިއާ ކައުންސިލުން ކުރި މަސައްކަތެއްގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރަން ވެސް ސިޓީގައި އެންގި އެވެ.
އެ ސިޓީ ފޮނުވި އިރު ކޮމިޓީން މީޑިއާ ކައުންސިލާ މަޝްވަރާކުރަން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައި ވެސް އެބަ އޮތެވެ. އެެއީ އުމުރުން 13 އަހަރުގެ ކުއްޖަކު މަރައިލި މައްސަލައާ ގުޅިގެން މީޑިއާތަކުން ރިޕޯޓްކުރި ގޮތުގެ މައްސަލައިގައި ކޮމިޓީން ސުވާލުކުރުމަށެވެ.
"އެ ބައްދަލުވުމަށް ވަޑައިގަންނަވާ އިރު، މި ކަމުގައި ކުރި މަސައްކަތަކާ ބެހޭ މައުލޫމާތު ވެސް ގެންނަން އަޅުގަނޑުމެން އެދިފައި އޮންނާނީ،" ރޮޒައިނާ ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ މައްސަލަ ބަލައިދޭން އެދި މަޖިލީހުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ހޯމަ ދުވަހު އޮންނަ ބައްދަލުވުމުގައި އެ ސިޓީއާ ގުޅޭ ގޮތުން ކޮމިޝަނުން ކޮމިޓީ އަށް ޖަވާބުދާރީވާނެ ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ.
މައްްސަލަ ބަލަން މީޑިއާ ކައުންސިލަށް އެންގުމާ ގުޅިގެން ރޮޒައިނާ އަަށް އަމާޒުވި ފާޑުކިއުންތަކަށް އޭނާ މިރޭ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ބަލައިދޭން އެދިވަޑައިގަތީ އެއީ ވަކި ގައުމެއްގެ ކަމެއް ވެގެން ނޫން ކަމަށާއި އެގޮތަށް ނިންމެވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކަމަށެވެ.
"އިންޑިއާއެއް ނޫން، ކޮންމެ ގައުމެއްގެ ޑިޕްްލޮމޭޓަކު އެފަދަ ޝަކުވާއެއް ކުރިޔަސް އަޅުގަނޑު އެކަމެއް ބަލާނަން. އެއީ މަގާމުގެ ގޮތުން އަޅުގަނޑުގެ މަސްއޫލިއްޔަތެއް،" ރޮޒައިނާ ވިދާޅުވި އެވެ.
ކޮމިޓީން ނިންމުމެއް ނުނިންމައި ވެސް މުއައްސަސާތަކަށް އެގޮތަށް ސިޓީ ފޮނުއްވުމަކީ ކުރިން ވެސް ކުރައްވާ ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވި ނަމަވެސް އެހެން މެމްބަރަކު ވިދާޅުވީ އެއީ އާއްމު އުސޫލެއް ނޫން ކަަމަށެވެ.
އޭނާ ވިދާޅުވީ ކޮމިޓީގެ ނަމުގައި މުއައްސަސާތަކަށް އެންގުންތައް އަންގާނީ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ނިންމައިގެން ކަމަށެވެ.
އިންޑިއާ ހައި ކޮމިޝަނާއި އެތަނުގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ ކަރާމަތަށް ހަމަލާދީ، ނަފުރަތު އުފައްދާ ކަމަށް ތުހުމަތުކޮށް، ހައި ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމަކު އެ ސިޓީއާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން މީޑިއާ ކައުންސިލަށް ނުވަތަ މަޖިލީހަށް ވެސް އަދި މައްސަލަަ ހުށަހަޅައިފައެއް ނުވެ އެވެ.
ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަންް އޮން ޑިޕްލޮމެޓިކް ރިލޭޝަންސް" ގެ 41 ވަނަ މާއްދާގެ (2) ވަނަ ނަމްބަރުގައި ބުނެފައި ވަނީ ޑިޕްލޮމެޓިކް މިޝަނެއް ހުންނަ ގައުމުގެ ސަރުކާރާ އެ މިޝަނުން ކުރަންޖެހޭ ހުރިހާ މުއާމަލާތެއް ކުރާނީ ފޮރިން މިިނިސްޓްރީ ނުވަތަ އެ ދައުރު އަދަކުރާ އެ ގައުމަކުން ކަނޑައަޅާފައިވާ މިނިސްޓްރީއަކާ ކަމަށެވެ.
އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރަށް ވަކިން ގުޅުއްވައި ޝަކުވާ އުފުއްލެވި އިރު، ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ހަވާލާދީފައި އޮތީ ވެސް މި މުއާހަދާއާ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާގައި ހުންނެވި ދިވެހި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) "މިހާރު" އަށް މިރޭ ވިދާޅުވީ ހައި ކޮމިޝަނުން މިކަމުގައި އަމަލުކޮށްފައި އެވަނީ ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފަށް ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީ އަށް ފޮނުވި ސިޓީ އަށް ޖަވާބެއް ނުލިބުނަސް، އެކަމުގައި އަނެއްކާ ވެސް މުއާމަލާތް ކުރައްވަން ޖެހޭނީ އެ މިނިސްޓްރީއާ ކަމަށެވެ.
Article 41(2) - Vienna Conv. on Dipl Relations states:
— Ahmed Mohamed (AM) (@ahmedMDV) July 1, 2021
All official business with the receiving State entrusted to the mission by the sending State shall be conducted with or through the Ministry for Foreign Affairs of the receiving State or such other ministry as may be agreed. pic.twitter.com/2BZ4agsfEr
އިންޑިއާގައި ކުރިން ހުންނެވި ދިވެހި ސަފީރު އަހުމަދުގެ ޓުވީޓް
"ވިއެނާ ކޮންވެންޝަނުގައި އެއޮތީ އެކަން ސާފުކޮށް ބަޔާންކޮށްފައި. ޑިޕްލޮމެޓިކް ގޮތުން ގައުމުތަކުން މަސައްކަތް ކުރަނީ ވެސް އެގޮތަށް،" އަންޑޭ ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި އިންޑިއާގެ ޑިޕްލޮމޭޓުންގެ ކަރާމަތަށް ގެއްލުންވާ ގޮތަށް ލިއުނުކަމަށް ބުނާ މައްސަލަ ބަލައިދޭން އެދުމުން ހައި ކޮމިޝަނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.
މަޖިލީހުގެ ނިންމުމަކީ ޑިކްޓޭޓާޝިޕެއްގެ ސިފައެއް: ދީދީ
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ
ފިޔަވަޅު އަޅަން އެދުމުން ހައި ކޮމިޝަނަށް ފާޑުކިޔުން!
ބަހުގެ ހަމަލާދޭތީ ފިޔަވަޅު އަޅަން އިންޑިއާއިން އެދިއްޖެ
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާއަށް
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
މި ސަރަހައްދުގެ ސަލާމަތަށް ރާއްޖެ މުހިންމު: މޯދީ
ރާއްޖެއަކީ އެންމެ އިސްކަން ދޭނެ ގައުމު: ޖައިޝަންކަރު
ޖައިޝަންކަރު އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ