Roadha Mihaaru
އޮންލައިންކޮށް ހުށަހަޅާ އައިޑީކާޑު ކައުންސިލުން ނެގޭނެ

އޮންލައިންކޮށް ހުށަހަޅާ އައިޑީކާޑު ކައުންސިލްތަކުން ނެގޭނެ

14 މާޗް 2023

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އޮންލައިންކޮށް ހުށަހެޅުމުގައި ލުއިތަކެއް ދީ، ރަށްރަށުގައި އުޅޭ މީހުން އައިޑީ ކާޑު ހަދަން ކައުންސިލްތަކަށް ފޯމު ހުށަހެޅުމުގެ ބަދަލުގައި އޮންލައިންކޮށް ހުށަހެޅުމުން އެ މީހަކު ބޭނުންވާ ކައުންސިލް އިދާރާއަކަށް ކާޑު ފޮނުވައިދޭން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީގެ ކުރިން އޮންލައިންކޮށް އައިޑީކާޑަށް ހުށަހެޅުމުން އެ ކާޑު ނަގަން ޖެހެނީ މާލެއިންނެވެ. ރަށްރަށުގައި އައިޑީ ކާޑު ހެދުމުގެ ހިދުމަތް ދެމުން އައީ ރަށު ކައުންސިލުތަކުގައި ހުންނަ ކަލެކްޓިން ސެންޓަރުތައް މެދުވެރިކޮށެވެ.

ނަމަވެސް، ކައުންސިލްތަކުން އައިޑީ ކާޑު ފޯމު ބަލައިގަތުން މިހާރު ހުއްޓާލާފައިވާ ކަމަށް ބައެއް ރަށްރަށުގެ ކައުންސިލުތަކުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

DNR Online

DNR Online

Get your ID card renewed without hassle. Visit DNR online portal to manage National ID Card requests for your family.

އޮންލައިންކޮށް ކާޑު ހެއްދުމަށް ވަންނަންޖެހޭ ޕޯޓަލް

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މި ފަހުން ވަނީ އައިޑީ ކާޑުގެ ހިދުމަތަށް އެދޭ އޮންލައިން ޕޯޓަލްއަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. މިހާރު ޕޯޓަލްމެދުވެރިކޮށް ކާޑު ހަދަން ހުށަހަޅާއިރު އެޕްލިކޭޝަން ފޯމު ހުށަހަޅާކަށް ނުޖެހޭނެ އެވެ.

ސަރުކާރުން މިހާރު އަންނަނީ ޑިޖިޓަލް އައިޑީ ކާޑު ވެސް ޓެސްޓްކުރަމުންނެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުން އަތުގައި ފިޒިކަލް އައިޑީ ކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ.