Roadha Mihaaru
ސްކޭމްކޯލް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން ސޮއިކޮށްފި

ސްކޭމް ކޯލާއި ވަގު ސިމް ހުއްޓުވަން އެހީވާން ދިރާގާއި ޑީއެންއާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

25 އެޕްރީލް 2024

ސްކޭމް ކޯލްތަކާއި އޮޅުވާލައިގެން ސިމް ނެގުން ހުއްޓުވުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބަލަހައްޓަމުންދާ ރައްޔިތުންގެ މައުލޫމާތުތައް ދިރާގާ ހިއްސާކުރަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސްކޭމް ކޯލްތަކާއި އޮޅުވާލައިގެން ސިމް ނެގުން ހުއްޓުވުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބަލަހައްޓަމުންދާ ރައްޔިތުންގެ މައުލޫމާތުތައް ދިރާގާ ހިއްސާކުރަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޑީއެންއާރުން ބުނީ ދިވެހި ރައްޔިތުންގެ މައުލޫމާތު ދިރާގާ ހިއްސާކުރުމަށް ދެ ފަރާތުން ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ޑީއެންއާރުއިން ބަލަހައްޓަމުންދާ ރައްޔިތުންގެ މައުލޫމާތު އެ ކުންފުންޏާ ހިއްސާ ކުރަމުންދާނެ ކަމަށް ޑީއެންއާރުން ބުންޏެވެ.

ޑީއެންއާރުން ބުނިގޮތުގައި ދިރާގުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކުގެ ސައްހަކަން ވެސް އެ އިދާރާގެ ޑޭޓާ މެދުވެރިކޮށް ކަށަވަރު ކުރެވޭނެ އެވެ. އަދި އޭގެ ސަބަބުން މިހާރު ރާއްޖޭގައި އާންމުވަމުންދާ ސްކޭމް ކޯލްތައް ވެސް ހުއްޓުވުމަށް ވަރަށް ބޮޑު އެހީއަކަށްވާނެ ކަމަށް ޑީއެންއާރުން ބުންޏެވެ.

ޑީއެންއާރު މެދުވެރިކޮަށް ރައްޔިތުންގެ މައުލޫމާތު ދިރާގަށް ހިއްސާކުރުމަށް އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ޑީއެންއާރު

ޑީއެންއާރު މެދުވެރިކޮަށް ރައްޔިތުންގެ މައުލޫމާތު ދިރާގަށް ހިއްސާކުރުމަށް އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ޑީއެންއާރު

ޑީއެންއާރުން ބުނީ މި އެއްބަސްވުމާ އެކު އޮޅުވާލައިގެން ސިމް ކާޑު ނެގުން ވެސް ހުއްޓުވޭނެ ކަމަށެވެ. އެގޮތުން ކޮންމެ މީހަކު ސިމް ކާޑެއް ނަގާއިރު ނުވަތަ ދިރާގުގެ އެއްވެސް ހިދުމަތެއް ނަގާ ނަމަ، އެ މީހެއްގެ މައުލޫމާތު ޑީއެންއާރުގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.