Roadha Mihaaru
މިހާރު 24 ގަޑިއިރުން އައިޑީ ކާޑު ލިބޭނެ

ހުރިހާ އައިޑީކާޑެއް ނިންމައިފި، މިހާރު 24 ގަޑިއިރުން ކާޑު ލިބޭނެ

04 މާޗް 2024

އައިޑީކާޑު ހެއްދުމުގެ މަސައްކަތްކުރާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގައި ނުނިމި ހުރި ކާޑުތައް މިހާރު ނިންމާފައިވާ ކަމަށާއި އެހެންވެ، ކާޑު ހަދަން ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި މިހާރު ކާޑު ލިބޭނެ ކަމަށް އެތަނުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައިޑީކާޑު ހެއްދުމުގެ މަސައްކަތްކުރާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގައި ނުނިމި ހުރި ކާޑުތައް މިހާރު ނިންމާފައިވާ ކަމަށާއި އެހެންވެ، ކާޑު ހަދަން ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި މިހާރު ކާޑު ލިބޭނެ ކަމަށް އެތަނުން ބުނެފި އެވެ.

ޑީއެންއާރުން ބުނީ ސަރުކާރު ބަދަލުވި ދުވަހުގެ ނިޔަލަށް 2،378 ކާޑު ނުނިންމި އޮތް ކަމަށާއި އެ ހުރިހާ ކާޑުތަކެއް ހައްދައި ވެރި ފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އައިޑީކާޑުގެ ބެކްލޮގް އެއްކޮށް ހުސްކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެހެންވެ، މިހާރު އައިޑީކާޑު ހެއްދުމަށް ހުށަހަޅާ ފޯމުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، 24 ގަޑިއިރުގެ ތެރޭގައި ކާޑު ލިބޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ.

އާންމު ގޮތެއްގައި އައިޑީކާޑަކީ 24 ގަޑިއިރުން ލިބޭ އެއްޗަކަށް ވިޔަސް ކާޑު ހެއްދުން ވަރަށް ބޮޑަށް ލަސްވެ އާންމުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ.

އައިޑީކާޑު ހެއްދުމަށް އޮންލައިންކޮށް ވެސް ހުށަހެޅެ އެވެ. އަދި ފޯމުގައި މައްސަލަ އުޅޭ ނަމަ، އެކަން އޮންލައިން ޕޯޓަލާއި މެސެޖް މެދުވެރިކޮށް ވެސް އަންގަ އެވެ.