Roadha Mihaaru
މައުލޫމާތު ބަދަލުވާ އައިޑީ ކާޑަށް މިހާރު 150ރ.

މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދައިދޭ އަގު 200 ޕަސެންޓް ބޮޑުކޮށްފި

03 މާޗް 2023

މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދަން ނަގާ ފީ 200 ޕަސެންޓް ބޮޑުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދަން ނަގާ ފީ 200 ޕަސެންޓް ބޮޑުކޮށްފި އެވެ.

މީގެ ކުރިން އައިޑީ ކާޑުގެ މައުލޫމާތު ބަދަލުވެގެން ކާޑު އާކުރާ ނަމަ ނަގަމުން އައި 50ރ. އެވެ. އެކަމަކު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ އަގު 150ރ. އަށް މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ.

މި ބަދަލު ގެނައި ސަބަބެއް ނުބުނެ އެވެ.

ސަރުކާރުން މިހާރު އަންނަނީ ޑިޖިޓަލް އައިޑީ ކާޑު ޓެސްޓްކުރަމުންނެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުން އަތުގައި ފިޒިކަލް އައިޑީ ކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށިޔަސް، ބޭނުން ނަމަ ކާޑު ޕްރިންޓް ވެސް ކުރެވޭ ގޮތަށް ހަދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.