Roadha Mihaaru
އައިޑީ ހަދައިދޭނީ ވޯޓު ނުލެވުނަސް އިއުތިރާޒު ނުކުރާނަމަ

މައުލޫމާތު ބަދަލުވެފައިވާ މީހުންނަށް އާދިއްތައިގެ ފަހުން އައިޑީކާޑު ހަދައިދޭނީ ވޯޓު ނުލެވޭނެ ކަމުގެ އިއުތިރާޒާ އެކު

18 ޖެނުއަރީ 2024

މައުލޫމާތު ބަދަލުވެފައިވާ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ފަހުން އައިޑީކާޑު ހަދައިދޭނީ މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވުނަސް އެކަމުގެ އިއުތިރާޒު ނުކުރާ ނަމަ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މައުލޫމާތު ބަދަލުވެފައިވާ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ފަހުން އައިޑީކާޑު ހަދައިދޭނީ މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވުނަސް އެކަމުގެ އިއުތިރާޒު ނުކުރާ ނަމަ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފި އެވެ.

އަންނަ މާޗު 17 ގައި ބާއްވަން ތައްޔާރުވަމުން އަންނަ މަޖިލިސް އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނާ އެކު، ޑީއެންއާރުން ބުނީ، އެ އިންތިހާބުގެ ވޯޓާސް ލިސްޓު ފައިނަލްކުރަން ޖެހޭތީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އައިޑީކާޑު ހަދަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، މައުލޫމާތު ބަދަލުވެގެން އޭގެ ފަހުން އައިޑީކާޑު ހަދައިދޭނީ، އެ މީހުންނަށް މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވުނަސް، އެ މީހުން އިއުތިރާޒު ނުކުރާ ކަމުގައިވާ ކަމަށް ވެސް ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ކުރިއެކޭ ވެސް އެއްފަދައިން 18 އަހަރުން މަތި ފަރާތްތަކުގެ މައުލޫމާތު ބަދަލުކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެމުން ދާނެ ވާހަކަ ވެސް ދެންނެވީމެވެ،" އެ އިއުލާނުގައިވެ އެވެ.

އީސީން ވަނީ އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އާއްމުކޮށްފަ އެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.