23 ޖެނުއަރީ 2022
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާ ޑިޕާޓްމަންޓްގެ މަސައްކަތްތަކަށް، ކޮވިޑް-19 އާ ގުޅިގެން، ބަދަލު ގެނެސްފައި ވާތީ، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އަންނަ ޖުލައި މަހުގެ ނިޔަށް ބޭނުންކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ބުނެފި އެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާ ޑިޕާޓްމަންޓްގެ މަސައްކަތްތަކަށް، ކޮވިޑް-19 އާ ގުޅިގެން، ބަދަލު ގެނެސްފައި ވާތީ، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އަންނަ ޖުލައި މަހުގެ ނިޔަށް ބޭނުންކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ބުނެފި އެވެ.
ޑީއެންއާރް އިން ކުރި އިއުލާނެއްގައި ބުނީ މިގޮތަށް ހަމަޖެއްސީ، މި ދުވަސްވަރު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ގިނަ ބަޔަކު ވަދެ ނުކުމެ އުޅޭ ތަންތަނަކީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެދާނެ ތަނަކަށް ވާތީ، އެ ޑިޕާޓްމަންޓްގެ އައިޑީ ކާޑު ހަދައިދިނުމުގެ އޮފީހަށް ބާރުބޮޑުވުން ކުޑަކުރުމުގެ ގޮތުން، މުއްދަތު ހަމަވެފައިވާ ކާޑުތައް ބޭނުންކުރެވޭ މުއްދަތު އިތުރުކުރުމަށް ކަމަށެވެ.
މުއްދަތު ހަމަވެފައިވާ ކާޑުތަކުގެ މުއްދަތު މި އަހަރުގެ ޖުލައި، 31 ގެ ނިޔަލަށް ވަނީ އިތުރުކޮށް ދީފަ އެވެ.
މިގޮތަށް ހަމަޖެއްސުމުން އައިޑީކާޑު މެދުވެރިކޮށް ހިދުމަތް ދޭ ހުރިހާ މުއައްސަސާއަކުން ހިދުމަތް ދިނުމުގައި މި އިއުލާނަށް އަމަލުކުރަން ވަނީ އަންގައިފަ އެވެ.
ކާޑުގެ މުއްދަތު ހަމަވާ ތާރީހު އިތުރު ކުރިޔަސް، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިހާރެކޭ އެއްގޮތަށް އޮންލައިންކޮށް (ވެބް ޕޯޓަލް މެދުވެރިކޮށް) އަދި ރަށްރަށުގައި ވެސް ކުރިއެކޭ އެއްގޮތަށް ކައުންސިލް އިދާރާތަށް މެދުވެރިކޮށް ކާޑު ހެދުމަށް ހުށަހެޅޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވި ދުވަސްވަރު މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްދީފައިވެ އެވެ.
ރާއްޖޭގައި މި ދުވަސްވަރު ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ކޮންމެ ދުވަހަކުހެން 2،000 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ މި ބަލި ޖެހެމުންނެވެ.
65 އަހަރުން މަތީ މީހުންނަށް ދާއިމީ އައިޑީ ކާޑެއް
ސްކޭމްކޯލް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން ސޮއިކޮށްފި
މިހާރު 24 ގަޑިއިރުން އައިޑީ ކާޑު ލިބޭނެ
ވެރިފަރާތުގެ ސިޓީއަކާ އެކު އައިޑީކާޑު ދޫކުރަނީ
މައުލޫމާތު ބަދަލުވާ އައިޑީ ކާޑަށް މިހާރު 150ރ.
އައިޑީކާޑު ހެދުން ލަސްވާތީ ޝަކުވާ ބޮޑު
އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަނީ
މައުލޫމާތު ބަދަލުވާ އައިޑީކާޑު ހެދުން މެދުކަނޑާލަނީ
ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި
ފަހު 10 ގައި އައިޑީކާޑު ދޫކުރާނީ ތިން ދުވަހު