10 އޯގަސްޓް 2023
އެކި ސްކީމްތަކުން ފްލެޓް ލިބިފައިވާ ކަމަށް ބުނެ، މީހުންނަށް ގުޅައި އެ މީހުންގެ ނަންބަރުތަކުގައި އީ-ސިމް ހަދާ ސްކޭމެއް ބަޔަކު ހިންގަން ފަށައިފި އެވެ.
އެކި ސްކީމްތަކުން ފްލެޓް ލިބިފައިވާ ކަމަށް ބުނެ، މީހުންނަށް ގުޅައި އެ މީހުންގެ ނަންބަރުތަކުގައި އީ-ސިމް ހަދާ ސްކޭމެއް ބަޔަކު ހިންގަން ފަށައިފި އެވެ.
އޭގެ ބައެއް ސްކްރީންޝޮޓްތައް "މިހާރު" އަށް ވަނީ ލިބިފަ އެވެ.
"މީހުންނަށް ގުޅާފައި މި ބުނަނީ ފްލެޓް ލިބިއްޖެއޭ. އެހެންވީމަ ތިފަރާތާ އެެކު ބައްދަލުވުމަކަށް ވެރިފައި ކުރަން ވެގެންނޭ. މީޓިން އަށް އޯކޭ ކުރަން މި ފޮނުވާ ކޯޑް ކިޔާލަދޭށޭ. އަނެކަކުގެ ފޯނަށް އޭރު މި ފޮނުވަނީ އީސިމްގެ އޯޓީޕީ. އެ އޯޓީޕީ ބުނީމަ ސްކޭމަރުން އެ ނަންބަރުގެ އީސިމް މި ހަދަނީ،" އެކަން ތަޖުރިބާކުރި މީހަކު ބުންޏެވެ.
ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނިން ވެސް އީސިމްގެ ހިދުމަތް ދެ އެވެ.
"އިދާރާއެއްގެ ނަމުގައި ގުޅައިގެން ފްލެޓް ލިބުނު ކަމަށް ބުނެ، ކަސްޓަމަރުން ބޭނުންކުރާ ސިމް އަށް އަންނަ އޯޓީޕީ ސްކޭމް ހިންގާ ފަރާތްތަކާ ހިއްސާކުރުމުން، އެ އޯޓީޕީ ބޭނުންކޮށްގެން އީސިމް ނަގާފައިވާކަން ވަނީ ފާހަގަކުރެވިފައި. މި ގޮތަށް ނަގާ އީސިމްގެ ބޭނުންކޮށްގެން އިންޓަނެޓް ބޭންކިން އަށް ވަދެ މުއާމަލާތްކުރުމުގެ ފުރުސަތު ލިބޭ،" ބޭންކް އޮފް މޯލްޑިވްސްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
"އެހެން ކަމުން ފްލެޓާއި ގޯތީގެ އެކި މުއާމަލާތްތައް ހިންގަމުންދާ ދުވަސްވަރެއްގައި އިންޓަނެޓް ބޭންކިން ޔޫސާނޭމް، ޕާސްވޯޑާއި އިންޓަނެޓް ބޭންކިން އަށް ވަނުމަށް ބޭނުންކުރާ ފޯނު ނަންބަރަށް އަންނަ އޯޓީޕީ ފަދަ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުން އެދެން."
ސްކޭމްތައް ގިނަވެ، އެކަން ގައުމީ ބޮޑު މައްސަލައަކަށްވެ، ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން އެކަން ހައްލުކުރުމަށް މިހާރު އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ޖަލުގައި ޖޭމަރު ހަރުކުރުމާއި ސިމް ނެގޭވަރު ލިމިޓް ކުރުން ހިމެނެ އެވެ.
ޖަލު އެންޓަނާއަށް ލިބޭ މައުލޫމާތު ފުލުހުންނަކަށް ނުދޭ
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ސްކޭމްކޯލް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން ސޮއިކޮށްފި
ޕޯން ސައިޓްތައް އަންނަ ހަފްތާގައި މުޅިން ބަންދުކުރެވޭނެ
ގަވައިދު ބަދަލުކުރި ގޮތް ބަލަން ބްރޯޑްކޮމް ކޮމިޓީއަށް
އެކްޓިވޭޓު ކޮށްފައި ހުންނަ ސިމް ވިއްކުން ހުއްޓާލަނީ!
ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން ލައިސަންސް ދޫކޮށްފި
އެހެން ދީންތައް ފަތުރާ ވަސީލަތްތައް ބްލޮކް ކުރަނީ
މޮބައިލް އިންޓަނެޓުގެ އާ އަގުތައް ހުކުރު ދުވަހު
މިއަދަކީ ތާރީހީ ދުވަހެއް: އިންޓަނެޓް ހަބޭސް!