Roadha Mihaaru
އެހެން ދީންތައް ފަތުރާ ވަސީލަތްތައް ބްލޮކް ކުރަނީ

ރާއްޖޭގައި އެހެން ދީންތައް ފަތުރާ ވަސީލަތްތައް ބްލޮކް ކުރުމުގެ އަމުރު ތަންފީޒު ކުރަން އަންގައިފި

30 ނޮވެމްބަރ 2021

އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތައް ބްލޮކް ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުމާ ގުޅިގެން އެ އަމުރު ތަންފީޒު ކުރަން އިންޓަނެޓުގެ ހިދުމަތް ދޭ ފަރާތްތަކަށް ފުލުހުންގެ އިދާރާ އިން އަންގައިފި އެވެ.

ފުލުހުން ރޭ ދަންވަރު ކުރި ޓުވީޓުތަކެއްގައި ބުނީ، ކްރިމިނަލް ކޯޓުން އެ ފަދަ އަމުރެއް ނެރެފައި ވަނީ އެ މައްސަތައް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ތަހުގީގުކޮށް ހުށަހެޅުމުން ކަމަށެވެ. އެހެންވެ، ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

"އެހެންކަމުން، މި އަމުރު ތަންފީޒު ކުރުމަށް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު ވާނީ އަންގާފަ އެވެ،" ފުލުހުންގެ ޓުވީޓުގައި ވެ އެވެ.

ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ފެތުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ރޭވިގެން ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާއިރު، އެކަން ކުރާ ވަސީލަތްތައް ބްލޮކް ކުރުމަށް މީގެ ކުރިން އެންމެ އެކަށީގެންވާ މަސައްކަތްތައް ކޮށްފައެއް ނުވެ އެވެ.