Roadha Mihaaru
ސިރޫ އާޓްސް ހިންގާ ސިރުހާން ފުލުހަށް ހާޒިރުކޮށްފި

ސިރޫ އާޓްސް ހިންގާ ސިރުހާން ފުލުހަށް ހާޒިރުކޮށްފި

09 ޖެނުއަރީ 2019

ރާއްޖޭގައި ހިނގާ ދީނީ ކަންކަމާ ބެހޭ ގޮތުން ހިޔާލު ފާޅުކުރާ ފޭސްބުކް ޕޭޖެއް ކަމަށްވާ "ސިރޫ އާޓްސް" ހިންގާ މުހައްމަދު ސިރުހާން ފުލުހަށް ހާޒިރުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ހިނގާ ދީނީ ކަންކަމާ ބެހޭ ގޮތުން ހިޔާލު ފާޅުކުރާ ފޭސްބުކް ޕޭޖެއް ކަމަށްވާ "ސިރޫ އާޓްސް" ހިންގާ މުހައްމަދު ސިރުހާން ފުލުހަށް ހާޒިރުކޮށްފި އެވެ.

ވިޔަފާރިއެއްގެ ގޮތުގައި ކުރެހުމުގެ މަސައްކަތްކުރާ ސިރުހާން ފުލުހަށް ހާޒިރުކޮށް ސުވާލުކުރި ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބުނެވެ.

ސިރުހާން ހާޒިރުކޮށްފައި މިވަނީ ރުޅިވެރިކަން އުފެދޭ ވާހަކަތަކާއި ބިރު ދެއްކުމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނިތާ ދެދުވަސް ފަހުންނެވެ. ނަމަވެސް އޭނާ ހާޒިރުކުރީ އެކަމާ ގުޅިގެން ކަމެއް ނޭނގެ އެވެ.

ފުލުހުންގެ ޓްވީޓް

ސިރުހާން ޕޮލިހަށް ހާޒިރުކުރިކަން ދީނީ ކަންކަމާ ގުޅުވައިގެން އެކި މީސްމީހުންގެ ފޮޓޯ އާއި ލިޔުންތައް ޝާއިއުކުރާ "ސިރޫ އާޓްސް" ޕޭޖުގައި ބުނެފައިވެ އެވެ. އޭގައި ފުލުހުންނަށް ޝުކުރު އަދާކުރަމުން ބުނެފައިވަނީ ރާއްޖޭގައި ލާދީނިއްޔަތު ފަތުރާ، ސެކިއުލާ ފިކުރުތައް ފަތުރަން އުޅޭ އެންމެން ހައްޔަރުކޮށް ފިޔަވަޅު އަޅަން ގޮވާލާ ކަމަށެވެ.

ފުލުހުން ހޯމަދުވަހު ކުރި ޓްވީޓެއްގައި ބުނީ ނަފުރަތު އުފެދޭ ގޮތަށް، އަދި އިންޒާރު ދީ ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ އެފަދަ ވާހަކަތައް ފެތުުރުމުން ދުރުވެ ތިބުމަށް ދެ ފަރާތަށް ވެސް ގޮވާލާ ކަމަށެވެ. ބެލެވޭ ގޮތުގައި ފުލުހުންގެ ޓްވީޓްގައި ދެފަރާތް ކަަމަށް ބުނެފައި ވަނީ ދީނީ ގޮތުން ހަރުކަށި ވާހަކަތައް ދައްކާ ފަރާތްތަކާއި ދީނާ ދުރު ވާހަކަތައް ދައްކާ މީހުންނަށެވެ.