10 ޖެނުއަރީ 2019
ރުޅިވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކައި މީހުންނަށް އިންޒާރު ދިނުމުގެ މައްސަލަަތައް ބަލަން ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އާއިޝަތު އާނިޔާއާ ވެސް މިއަދު ސުވާލުކޮށްފި އެވެ.
ރުޅިވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކައި މީހުންނަށް އިންޒާރު ދިނުމުގެ މައްސަލަަތައް ބަލަން ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އާއިޝަތު އާނިޔާއާ ވެސް މިއަދު ސުވާލުކޮށްފި އެވެ.
ފުލުހުން ބުނީ އާނިޔާ މިއަދު ހެނދުނު ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާއާ ސުވާލުކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް ނުބުނެ އެވެ. އަދި އެކަމުގެ އިތުރު އެއްވެސް ތަފުސީލެއް ވެސް ނުދެ އެވެ.
އާނިޔާ "މިހާރު" އަށް ބުނީ ފުލުހުން އޭނާ ހާޒިރުކޮށް ސުވާލުކުރީ ނޫން ކަމަށާއި މީހުންނަށް ބިރުދެއްކުމުގެ މައްސަލަތައް ބަލަމުން އަންނަ އިރު "ކަންވީ ގޮތް ބަލަން ބޭނުންވީ" ކަމަށެވެ.
"ފުލުހުން ބުނީ މީހުންނަށް ބިރު ދެއްކުމުގެ މައްސަލަތައް އެމީހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އަދި ކަންވީގޮތް ހޯދަން އެމީހުން ބޭނުންވާ ކަމަށް. އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިން ކަންވީގޮތް،" އާނިޔާ ބުންޏެވެ.
ދީނަށް ފުރައްސާރަވާ ގޮތަށް ސޯޝަލް މީޑިއާގައި އާނިޔާ ވާހަކަ ދައްކާ ކަމަށް ބުނެ ގިނަ ބައެއްގެ ނުރުން މި ފަހުން ވެސް އާނިޔާ އަށް އަމާޒުވި އެވެ.
ފުލުހުން ހޯމަދުވަހު ކުރި ޓްވީޓެއްގައި ބުނީ ނަފުރަތު އުފެދޭ ގޮތަށް، އަދި އިންޒާރު ދީ ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ އެފަދަ ވާހަކަތައް ފެތުުރުމުން ދުރުވެ ތިބުމަށް ދެ ފަރާތަށް ވެސް ގޮވާލާ ކަމަށެވެ. ބެލެވޭ ގޮތުގައި ފުލުހުންގެ ޓްވީޓްގައި ދެފަރާތް ކަަމަށް ބުނެފައި ވަނީ ދީނީ ގޮތުން ހަރުކަށި ވާހަކަތައް ދައްކާ ފަރާތްތަކާއި ދީނާ ދުރު ވާހަކަތައް ދައްކާ މީހުންނަށެވެ.
އެހެން ބުނުމަށް ފަހު ފުލުހުން ވަނީ "ސިރޫ އާޓްސް"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގާ މުހައްމަދު ސިރުހާން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ސިރުހާން "މިހާރު"އަށް ބުނީ އޭނާ ހާޒިރުކޮށް ސުވާލު ކުރީ އޭނާ ހިންގާ ޕޭޖާ ބެހޭ ގޮތުން ކަމަށެވެ.
ދީނަށް ފުރައްސާރަކުރާ މައްސަލާގައި ކޮމިޓީއެއް
އިބްރާ ފުލުސް އޮފީހަށް ހާޒިރުކޮށްފި
ރަސޫލާއަށް ފުރައްސާރަ ކުރާއިރު ފިޔަވަޅެއް ނާޅާ: ޖަމީލް
ޝެއިހު ޒައިދު ފުލުހަށް ހާޒިރުވާން އަންގައިފި
ސިރޫ އާޓްސް ހިންގާ ސިރުހާން ފުލުހަށް ހާޒިރުކޮށްފި
މަންދު ކޮލެޖްގެ ބިއްލޫރިގަނޑެއް ތަޅާލައިފި
ދީނަށް ފުރައްސާރަކުރުން ހުއްޓުވާނަން: މިނިސްޓްރީ
ދީނަށް ފާޑުކިޔައި،އިންޒާރު ދޭ މީހުންގެ މައްސަލަ ބަލަނީ
ސޯޝަލް މީޑިއާގައި އިންޒާރުދޭ ލިޔުންތައް ފުލުހުން ބަލަނީ
އެމްޑީޕީގެ އެކްޓިވިސްޓަކަށް މަރުގެ އިންޒާރު ދީފި