16 ޑިސެމްބަރ 2023
ރާއްޖެއަށް ފެންނަ ބަރަހަނާ ވެބްސައިޓުތައް އަންނަ ހަފްތާގެ ނިޔަލަށް މުޅިން ބަންދުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ފެންނަ ބަރަހަނާ ވެބްސައިޓުތައް އަންނަ ހަފްތާގެ ނިޔަލަށް މުޅިން ބަންދުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވާލެވިފައިވާ ދޮރުތަކެއް ނަމަވެސް އެއީ ރާއްޖޭގެ ގާނޫނު ވެސް މަނާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެފަދަ ނާތަހުޒީބު ދޮރުތައް ބަންދުކުރުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ޒަމާނީ ދިރާސާތަކުން ދައްކާ ގޮތުގައި އެ ފަދަ ވެބްސައިޓުތަކަށް ދެވި ހިފުމަކީ އިންސާނުންގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލައި ލޮޑުކޮށް، އުފެއްދުންތެރިކަން މަރާލާ ކަމެއް ކަމަށެވެ.
ޕޯން ވެބްސައިޓުތަކަށް ވަނުމަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކުރުން ފަދަ އެތައް ސަބަބެއް ކުރިމަތިވާ ކަމަކަށްވާތީ ގައުމާއި މުޅި އިންސާނިއްޔާތު ސަލާމަތްކުރުމަށްޓަކައި، އެމަނިކުފާނު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި،" ރައީސް ވިދާޅުވި އެވެ.
އެހެންވެ ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވޭ ހުރިހާ ދޮރެއްގައި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން... ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ - ރައީސް
"އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން... ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އަންގައިގެން މިހާރު ވެސް ވަނީ ރާއްޖެ އަށް ފެންނަ ބަރަހަނާ ސައިޓުތައް ބްލޮކްކުރަން ފަށައިފަ އެވެ. މިއީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކުގެ އެކްސެސް މި ގޮތަށް ކަނޑާލި ފުރަތަމަ ފަހަރެވެ.
މިއީ ތާރީހީ ދުވަހެއް: މިނިސްޓަރު
ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަައް ބްލޮކްކޮށްފި
މޮބައިލް އިންޓަނެޓުގެ އާ އަގުތައް ހުކުރު ދުވަހު
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް
އެންމެ ދަށް ތްރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް
ޖުލައި 1 އިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަނީ
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
ޓެލެކޮމް ހިދުމަތް ދެނީ ގެއްލުންވާ ގޮތަށް: ބޮންޑޭ
ކޮމިއުނިކޭޝަނަށް ލިބެން ޖެހޭ ފައިސާ ކަށަވަރެއް ނުވޭ
ރައީސް މުއިއްޒު އދ. އަތޮޅަށް ފުރާވަޑައިގެންފި