27 މެއި 2021
އަންނަ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު، ގެންނަ ބަދަލުތަކާ އެކު ޕެކޭޖުތަކުގެ ޑާޓާ ހުސްވިޔަސް ތުރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައި މިއަދު އިއުލާނުކޮށްފި އެވެ.
އަންނަ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު، ގެންނަ ބަދަލުތަކާ އެކު ޕެކޭޖުތަކުގެ ޑާޓާ ހުސްވިޔަސް ތުރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައި މިއަދު އިއުލާނުކޮށްފި އެވެ.
އިންޓަނެޓްގެ އަގަށް ގެންނަ ބަދަލުތައް އިއުލާންކުރަން މިއަދު ހެނދުނު ބޭއްވި އިވެންޓްގައި އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ އިންޓަނެޓްގެ އަގުތައް މަތިވުމުގެ އިތުރުން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ތުރޮޓުލް ސްޕީޑް [ޕެކޭޖުގައި ދީފައިވާ ޑޭޓާ ހުސްވުމުން އިންޓަނެޓް ލިބޭ ސްޕީޑް] މާ ބޮޑަށް ދަށް ކުރުމުގެ މައްސަލަ ކަމަށެވެ. ވާޗުއަލް ކޮށް ބޭއްވި މި އިވެންޓްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި، އުރީދޫގެ ސީއީއޯ ނަޖީބު ޚާން އާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ ސީއީއޯ އިލްޔާސް ވެސް އަހުމަދުބައިވެރިވެ ވަޑައިގެންނެވި އެވެ.
"މިހާރު 1 އެމްބީޕީއެސް އާއި 2 އެމްބީޕީއެސްގެ އިންޓަނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ވެސް ދެ ގުނަ އަދި ފަސް ގުނަ މަތިވެގެންދާނެ،" ޝައުނާ ވިދާޅުވި އެވެ.
"ތްރޮޓްލް ސްޕީޑް މަތިވުމުން، އިންޓަނެޓުގެ ޒަރީއާއިން ބޭނުންކުރާ ގިނަ ޚިދުމަތްތަކަށް ސްޕީޑް ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ، ޑޭޓާ އެޑް-އޮންސް އަށް ކުރާ ޚަރަދު އުނިވެގެންދާނެ."
މިހާރު ޖުމްލަ ގޮތެއްގައި ތްރޮޓްލް ސްޕީޑަކީ 1-2 އެމްބީޕީއެސް ކަމަށް ވިޔަސް މިހާރު ވަނީ މި ސްޕީޑް ވަކި މިންވަރަކަށް ވުރެ ދަށްކުރުން މަނާކޮށްފަ އެވެ. އެގޮތުން 300ރ. އަށް ވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް އަށް ވުރެ ދަށެއް ނުކުރެވޭނެ އެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 ޕަސެންޓް ހެޔޮވާނެ ކަމަށާއި އަދި ދެ ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް، ހިދުމަތަށް ބަދަލު ގެނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިންޓަނެޓްގެ އަގުތަކާއި ސްޕީޑަށް ގެނައި ބަދަލު
އަގު ހެޔޮކުރުމުގެ ފުރަތަމަ މަރުހަލާގައި އަންނަ ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓްގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން އަގުތައް 28-30 ޕަސެންޓަށް ދަށްކޮށް، އަދި ޕެކޭޖުތަކުގެ ތްރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް މަތިކުރާނެ އެވެ. މިހާރު ވަނީ ނެޝަނަލް މިނިމަމް ބްރޯޑްބޭންޑް ސްޕީޑް ނުވަތަ އިންޓަނެޓް ސްޕީޑް އެންމެ ދަށްކޮށް ދެވޭނެ ވަރަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައަޅައިފަ އެވެ.
އަގު ހެޔޮކޮށް ޚިދުމަތް ރަނގަޅުކުރުމުގެ ދެ ވަނަ ފޭސްގައި، އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތަށް ވެސް ބަދަލު ގެންނާނެ އެވެ. މި ގެންނަ ބަދަލުތަކުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް މޯބަލް ބްރޯޑްބޭންޑް ޑޭޓާ ޕެކޭޖްތަކަށް އިތުރު 20 ޕަސެންޓް ލިބޭނެ އެވެ.
މި އިވެންޓުގައި މިނިސްޓަރު ވިދާޅުވީ މި ބަދަލުތަކުގެ އިތުރަށް ވެސް ހިދުމަތް ހޯދާ ފަރާތްތަކަށް މިއަށްވުރެ އެކަށޭނަ އަގުތަކެއްގައި ހިދުމަތް ދިނުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކުރެވިދާނެ ކަންކަން ބެލުމަށް އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކާ އެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި އިންޓަނެޓްގެ ޚިދުމަތުގެ ފެންވަރާއި އަގުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ގަވައިދުން ރެގިއުލޭޓް ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.
މިއީ ތާރީހީ ދުވަހެއް: މިނިސްޓަރު
އިންޓަނެޓުގެ އާ އަގުތައް އިއުލާންކުރުން ބުރާސްފަތީގައި
އިންޓަނެޓްގެ އާ އަގުތައް އިއުލާންކުރުން މާދަމާ
އިންޓަނެޓުގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ
ޕޯން ސައިޓްތައް އަންނަ ހަފްތާގައި މުޅިން ބަންދުކުރެވޭނެ
ސްޓާލިންކް އިންޓަނެޓް ރާއްޖެއަށް ދިނުމަށް މަޝްވަރާކޮށްފި
މޮބައިލް އިންޓަނެޓުގެ އާ އަގުތައް ހުކުރު ދުވަހު
މިއަދަކީ ތާރީހީ ދުވަހެއް: އިންޓަނެޓް ހަބޭސް!
އިންޓަނެޓު އަގުހެޔޮ ކުރުމުގެ ތައްޔާރީތައް ނިމިފައި
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް