28 ސެޕްޓެމްބަރ 2021
މޮބައިލް އިންޓަނެޓުގެ ހިދުމަތުގެ ހެޔޮ އަގުތައް އެންމެ ލަސްވެގެން އަންނަ ހުކުރު ދުވަހު އިއުލާނު ކުރާނެ ކަމުގެ ޔަގީންކަން ދިރާގާއި އުރީދޫން ދީފައިވާ ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
މޮބައިލް އިންޓަނެޓުގެ ހިދުމަތުގެ ހެޔޮ އަގުތައް އެންމެ ލަސްވެގެން އަންނަ ހުކުރު ދުވަހު އިއުލާނު ކުރާނެ ކަމުގެ ޔަގީންކަން ދިރާގާއި އުރީދޫން ދީފައިވާ ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
ކުރިން އެއްބަސްވެފައިވާ ގޮތުން ނަމަ މޮބައިލް އިންޓަނެޓުގެ ހިދުމަތުގެ އާ އަގުތައް މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރަން ޖެހެ އެވެ.
އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު "މިހާރު" އަށް ވިދާޅުވީ މޮބައިލް އިންޓަނެޓް އަގުހެޔޮ ކުރުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިރާގާއި އުރީދޫއާ ގުޅިގެން ވަމުން އަންނަ ކަމަށެވެ. އެގޮތުން، އެ ދެ ކުންފުނިން ވެސް ލަސްވެގެން ހުކުރު ދުވަހު އާ ޕެކޭޖުތައް އިއުލާން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ކުންފުނިން ވެސް އަންގާފައި އޮތީ އިންޓަނެޓު އަގުހެޔޮ ކުރަން ތައްޔާރު ވެފައި ތިބި ކަމަށް،" އިލްޔާސް ވިދާޅުވި އެވެ.
އަންނަ ހުކުރު ދުވަހު އާ ޕެކޭޖުތައް އިއުލާން ކުރާނެ ކަމަށް އުރީދޫން ވެސް ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް ދިރާގުން އެކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް
މިއީ ތާރީހީ ދުވަހެއް: މިނިސްޓަރު
ޖުލައި 1 އިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަނީ
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
"އިންޓަނެޓަށް މައްސަލަ ދިމާވަނީ ޑީޑޮސް ހަމަލާތަކަކުން"
ޕޯން ސައިޓްތައް އަންނަ ހަފްތާގައި މުޅިން ބަންދުކުރެވޭނެ
ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަައް ބްލޮކްކޮށްފި
އެކްޓިވޭޓު ކޮށްފައި ހުންނަ ސިމް ވިއްކުން ހުއްޓާލަނީ!
މިއަދަކީ ތާރީހީ ދުވަހެއް: އިންޓަނެޓް ހަބޭސް!
އިންޓަނެޓު އަގުހެޔޮ ކުރުމުގެ ތައްޔާރީތައް ނިމިފައި