27 މެއި 2021
އަގުބޮޑުކޮށް ނަގާ އިންޓަނެޓް ޕެކޭޖު އަވަހަށް ހުސްވުމާއި އަދި ސްޕީޑް ދަށްކުރުމުން ދިމާވާ ދަތިތަކުގެ ވާހަކަ ދައްކަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ؛ ގިނަ ދުވަސްވީ މަޝްވަރާތަކަށް ފަހު އިންޓަނެޓް އަގުހެޔޮކުރާ ތާރީހު ތަކުރާރުކޮށް ފަސްކުރަމުން އައިސް އެންމެފަހުން މިއަދު އެ އަގުތައް ހާމަކުރައްވަމުން އެންވަޔަރަމަންޓް، ކްލައިމެޓް ޗޭޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ "ނެޓުހެޔޮ" ކުރުމަކީ މުޅި ރާއްޖެ ޑިޖިޓަލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ. އަދި އޭނާ މިއަދު ސިފަކުރެއްވީ "ތާރީހީ ދުވަހެއް" ގެ ގޮތުގަ އެވެ.
އަގުބޮޑުކޮށް ނަގާ އިންޓަނެޓް ޕެކޭޖު އަވަހަށް ހުސްވުމާއި އަދި ސްޕީޑް ދަށްކުރުމުން ދިމާވާ ދަތިތަކުގެ ވާހަކަ ދައްކަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ؛ ގިނަ ދުވަސްވީ މަޝްވަރާތަކަށް ފަހު އިންޓަނެޓް އަގުހެޔޮކުރާ ތާރީހު ތަކުރާރުކޮށް ފަސްކުރަމުން އައިސް އެންމެފަހުން މިއަދު އެ އަގުތައް ހާމަކުރައްވަމުން އެންވަޔަރަމަންޓް، ކްލައިމެޓް ޗޭޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ "ނެޓުހެޔޮ" ކުރުމަކީ މުޅި ރާއްޖެ ޑިޖިޓަލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ. އަދި އޭނާ މިއަދު ސިފަކުރެއްވީ "ތާރީހީ ދުވަހެއް" ގެ ގޮތުގަ އެވެ.
އަންނަ ޖުލައި މަހުން ފެށިގެން މިއަދު އިއުލާންކުރި ހެޔޮ އަގުތަކުގައި އިންޓަންޓްގެ ހިދުމަތް ލިބޭނެ އެވެ.
"މަހުގެ މެދަށް ދާއިރު ނެޓު ހުސްވެ ޖީމެއިލް ވެސް ހުޅުވާނުލެވުމާއި އަދި ފެމެލީ ވައިބާ ގްރޫޕަށް ލާ ފޮޓޯތައް އަޅުގަނޑުމެންނަށް ޑައުންލޯޑް ވެސް ނުކުރެވުން، މި ހުންނަނީ ހައްތަހާ ވެސް ބޮޑެތި މައްސަލަތައް،" މި މަހު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް ޝައުނާ ވިދާޅުވި އެވެ.
އިންޓަނެޓް އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ޝައުނާ ވިދާޅުވި ގޮތުގައި އިންޓަނެޓްގެ އަގުހެޔޮކޮށް، ރައީސްގެ އެ ވައުދު ފުއްދަވައިދެއްވުމަށް، ކަމާ ބެހޭ ވަރަށް ގިނަ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާ ކުރި އެވެ. އޭގެ ތެރޭގައި ޓެލެކޮމިނިއުކޭޝަން އޮތޯރިޓީ އާއި ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ދިރާގާއި އުރީދޫ ވެސް ހިމެނެ އެވެ. މިއަދުގެ އިވެންޓްގައި އެ ތަންތަނުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 ޕަސެންޓް ހެޔޮވާނެ. ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް ހިދުމަތަށް ބަދަލު ގެންނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ https://t.co/CisS3qRadR pic.twitter.com/mm9kUi7N6g
— Mihaaru (@Mihaarunews) May 27, 2021
"މި މަޝްވަރާތަކުން ފާހަގަކުރެވުނީ ބައެއް ފަރާތްތަކަށް އިންޓަނެޓްގެ އަގަކީ އެންމެ ބޮޑު މައްސަލަކަށްވީ ހިނދު އަނެއް ބަޔަކަށް އެންމެ ބޮޑު މައްސަލައަކަށްވީ ހިދުމަތްތަކުގެ ތުރޮޓުލްގެ މައްސަލަތައް [ޑާޓާ ހުސްވުމަށް ފަހު އިންޓަނެޓްގެ ސްޕީޑް މާ ބޮޑަށް ދަށްކުރާ މައްސަލަ]،" ކަމަށް ޝައުނާ ވިދާޅުވި އެވެ.
"މިހާރު 1 އެމްބީޕީއެސް އާއި 2 އެމްބީޕީއެސްގެ އިންޓަނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ވެސް ދެ ގުނަ އަދި ފަސް ގުނަ މަތިވެގެންދާނެ."
މިއަދު އިއުލާންކުރީ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތްތަކުގެ ހެޔޮ އަގުތައް އެކަންޏެވެ. މި ބަދަލުތަކާ އެކު ޕެކޭޖުތަކުގެ ޑާޓާ ހުސްވިޔަސް ތުރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި 300ރ. އަށް ވުރެ މަތީގެ ޕެކޭޖުތަކުގެ ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
މޯބައިލް އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮކުރަން ނިންމައިފައި ވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ނަމަވެސް ސީދާ އަގުތަކެއް އިއުލާންކޮށްފައެއް ނުވެ އެވެ.
ވަކި ފޭސްތަކަކަށް ބަހާލައިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު ފުރަތަމަ ފޭސްގައި 28-30 ޕަސެންޓް ހެޔޮވާނެ ކަމަށާއި އަދި ހިދުމަތަށް ބަދަލު ގެނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރުކާރު ޑިޖިޓަލައިޒްކުރުމުގެ ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ އަމާޒަކީ ފަހުގެ ޓެކްނޮލޮޖީއާ އަރާ ހަމަކޮށް، ވީހާ ވެސް ފަސޭހައިން ރާއްޖޭގައި ހިދުމަތްތައް ދެވޭނެ މަގުތައް ތަނަވަސް ވެގެން ދިއުން ކަމަށެވެ.
"އެއް އޮފީހުން އެއް ތައްގަނޑު ޖަހައިގެން، އަނެއް އޮފީހުން އިނގިލީގެ ނިޝާން ޖަހައިގެން، އަނެއް އޮފީހުން އައިޑީކާޑުގެ ކޮޕީ ހައްދައިގެން ނޫނީ އާންމު ހިދުމަތެއް ލިބޭވަރެއް ނުވޭ. ރައްޔިތުންގެ ވަރަށް ގިނަ ވަގުތުތައް ހޭދަކުރެވެނީ މިފަދަ ތަކުލީފުތައް ތަހައްމަލުކުރުމުގައި،" މިނިސްޓަރު ވިދާޅުވި އެވެ. "އަވަސް މުސްތަގުބަލެއްގައި މިކަންކަން ވެސް ހައްލުވެގެންދާނެ"
ޓެލެކޮމިނިއުކޭޝަން އޮތޯރިޓީގެ ސީއީއޯ އިޔްލާސް އަހްމަދު ވިދާޅުވި ގޮތުގައި މިހާރު 2 އެމްބީޕީއެސް ސްޕީޑަކީ ޔޫޓިއުބާއި ގޫގުލް މީޓް ފަދަ ވީޑިއޯ ކޮންފަރެންސްގެ ހިދުމަތް އާދައިގެ ގޮތަކަށް ބޭނުންކުރެވޭނެ ސްޕީޑެކެވެ. އަދި 5 އެމްބީޕީއެސް ސްޕީޑުން، މިފަދަ ގިނަ ހިދުމަތްތަކެއް ފަސޭހައިން ބޭނުންކުރެވޭނެ ކަމށް ވިދާޅުވި އެވެ.
މިއަދު ބޭއްވި ނެޓްހެޔޮ އިވެންޓްގައި ޓެލެކޮމިނިއުކޭޝަން އޮތޯރިޓީގެ ސީއީއޯ އިޔްލާސް އަހްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިލްޔާސް އިތުރަށް ވިދާޅުވީ މި ބަދަލާ އެކު، ޑޭޓާ ހުސްވުމުން ވެސް ރަނގަޅު ސްޕީޑެއްގައި އިންޓަނެޓް ހޯދުމަށް އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން މި ކަނޑައެޅި އަގުތަކާއި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުން ތަންފީޒު ކުރޭތޯ ވެސް އެ އޮތޯރިޓީން ބަލަމުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެެވެ.
"އަގުގެ ގޮތުން އެކަނި ވެސް ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ 75 ޕަސެންޓް މީހުނަށް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ދިރާގަކީ އަބަދު ވެސް ސަރުކާރުގެ ނިންމުންތަކަށް އިޖާބަދޭ ކުންފުންޏެއް ކަމަށާއި އިންޓަނެޓް އަގުހެޔޮ ކުރުމަށް މި ގެނައި ބަދަލުތައް ތަންފީޒުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
މިއަދު ބޭއްވި #ނެޓްހެޔޮ އިވެންޓްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިސްމާއިލް ވިދާޅުވީ ސަރުކާރުން ކަނޑައެޅި ގޮތަށް ޖުލައި މަހުން ފެށިގެން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ އަގުތަކާއި ސްޕީޑަށް ބަދަލު އަންނާނެ ކަމަށާއި އަދި އަންނަ އޮކްޓޯބަރު މަހުން ފެށިގެން އެ ބަދަލު މޯބައިލް އިންޓަނެޓަށް ވެސް އަންނާނެ އެވެ.
"ދިރާގުގެ މަގުސަދަކީ ބަދަލުވަމުންދާ ޑިޖިޓަލް ދުނިޔެއަށް އަޅުގަނޑުމެންގެ މުޖުތަމައު އަހުލުވެރިކޮށް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުން ތަނަވަސްކޮށްދީ އަދި ޑިޖިޓަލް ރާއްޖެއަށް ވާސިލުވުމަށްޓަކައި ދިވެހި މުޖުތަމައު ބާރުވެރިކުރުވާ އެ ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރުން،" ނެޓުހެޔޮ އިވެންޓްގައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވި އެވެ.
މިއަދު ބޭއްވި #ނެޓްހެޔޮ އިވެންޓްގައި އުރީދޫގެ ސީއީއޯ ޑރ.ނަޖީބް ޚާން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދިރާގު އިތުރުން އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ އުރީދޫގެ ސީއީއޯ ޑރ.ނަޖީބް ޚާން ވެސް ވިދާޅުވީ ސަރުކާރުން ކަނޑައެޅި އަގުތަކާއި ސްޕީޑްގައި އެ ތާރީހުން ފެށިގެން އެ ކުންފުނިން ވެސް ހިދުމަތް ލިބޭނެ އެވެ.
"ފާއިތުވި ދުވަސްތަކުގައި ވެސް އުރީދޫ އިން ވާނީ އިންޓަނެޓްގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ވީހާ ވެސް އަގުހެޔޮކޮށް ހިދުމަތް ދެވޭނެ ގޮތްތަކެއް ފަހިކޮށްދީފައި،" ނަޖީބް ވިދާޅުވި އެވެ.
އެންމެ ދަށް ތްރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް
ޕޯން ސައިޓްތައް އަންނަ ހަފްތާގައި މުޅިން ބަންދުކުރެވޭނެ
މޮބައިލް އިންޓަނެޓުގެ އާ އަގުތައް ހުކުރު ދުވަހު
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް
އިންޓަނެޓުގެ އާ އަގުތައް އިއުލާންކުރުން ބުރާސްފަތީގައި
އިންޓަނެޓްގެ އާ އަގުތައް އިއުލާންކުރުން މާދަމާ
އިންޓަނެޓުގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ
ޖުލައި 1 އިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަނީ
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަައް ބްލޮކްކޮށްފި