01 އެޕްރީލް 2021
އިންޓަނެޓް އަގުހެޔޮ ކުރުމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ދައްކަވަނީ ހިޔާލީ ވާހަކައެއް ކަަމަށް ވިދާޅުވެ، ކުރީގެ ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ރައްދު ދެއްވައިފި އެވެ.
އިންޓަނެޓް އަގުހެޔޮ ކުރުމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ދައްކަވަނީ ހިޔާލީ ވާހަކައެއް ކަަމަށް ވިދާޅުވެ، ކުރީގެ ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ރައްދު ދެއްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީިފިންގައި މަބްރޫކް ވިދާޅުވެފައި ވަނީ އިންޓަނެޓްގެ މައްސަލަ އަށް ހައްލު އޮތީ މި އަހަރު ކަމަށެވެ. އެއީ ސަރުކާރުން ރާވާފައިވާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަލީހު ވިދާޅުވީ މަބްރޫކުގެ އެ ވާހަކައަކީ ހިޔާލީ ވާހަކައެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އިންޓަނެޓްގެ ސްޕީޑް ރަނގަޅުކޮށް، އަގުހެޔޮކުރުމާއި ބެހޭ ގޮތުން ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން އޮޕަރޭޓަރުންނާ މަޝްވަރާކުރުމަށް ފަހު 2019 ވަނަ އަހަރުު އެ މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާނެ އެވެ.
"އޭރު އަގުހެޔޮކުރެވުނީސް. އެކަމާ އަޅާނުލައްވައި 2022 ގައި އަގުހެޔޮކުރަން ނިންމީ [ރައީސް އޮފީހުގެ] ޕޮލިސީ އޮފީހުން،" މިއަދު ކުރެއްވި ޓްވީޓެއްގައި މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޓަނެޓް އަގުހެޔޮ ކުރުމަކީ 2022 ވަނަަ އަހަރު ކުރާނެ ކަމެއްގެ ގޮތުގައި ސަރުކާރުގެ ސްޓެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ހިމެނީ 2019 ވަަނަ އަހަރު އެކަން ކުރެވެން އޮތްކަން އޭރުގައި ސިޓީއަކުން އަންގާފައި އޮއްވަ އެވެ. އެގޮތަށް އެކަން ނިންމީ އެކަމުގައި އޭނާގެ ހިޔާލެއް ނުހޯދައި ކަމަށް ވެސް ވިދާޅުވި އެވެ.
މަލީހުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު، އޭނާއަށް އެންމެ ބޮޑަށް ކުރި އެއް ތުހުމަތަކީ އިންޓަނެޓް އަގުހެޔޮކުރުމަށް ޓަކައި އޭނާގެ މިނިސްޓްރީން ހަދަން ޖެހޭ ގަވައިދުތަކެއް ނުހަދައި އޮތް ކަމުގެ ތުހުމަތެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އޭނާ މަގާމުން ވަކިކުރީ މިދިޔަ މަހުގެ 1 ގަ އެވެ. އެކަމުގައި އިސްކޮށް ތިއްބެވީ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެމްބަރުންނެވެ.
މަލީހުގެ ބަދަލުގައި އާ ވަޒީރަކު ހަމަނުޖައްސާ މައްސަލައިގައި، އިއްޔެ މީޑިއާ ބްރީފިންގައި "މިހާރު" އިން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑަށް ބަދަލެއް ނާންނަ ކަމަށެވެ.
ތުރޮޓަލް ނުވަތަ ކަނޑައާ ޑޭޓާ ހަމަވުމުން އިންޓަނެޓްގެ ސްޕީޑް ދަށްނުކޮށް، ރަނގަޅު ސްޕީޑެއްގައި އިންޓަނެޓް ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށާއި އެ މައްސަލަ މި އަހަރު ނިމުމުގެ ކުރިން ހައްލު ކުރާނެ ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.
އެ މަސައްކަތް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ މޯލްޑިވްސް (ކެމް) އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ރެގިއުލޭޓް ކުރަން ބޭނުންވާ ކަންކަން ނިންމުމުގައި 1.5 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓް ހިމަނާފައިވާ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
ޖުލައި 1 އިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަނީ
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް
މޮބައިލް އިންޓަނެޓުގެ އާ އަގުތައް ހުކުރު ދުވަހު
މިއީ ތާރީހީ ދުވަހެއް: މިނިސްޓަރު
އިންޓަނެޓުގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
ޓެލެކޮމް ހިދުމަތް ދެނީ ގެއްލުންވާ ގޮތަށް: ބޮންޑޭ
ސިވިލްސާވަންޓުންގެ މަސައްކަތަށް އުރިދޫން ހިލޭ އިންޓަނެޓް
އިންޓަނެޓުގެ އަގު ބޮޑު، އަގު ހެޔޮވާން ޖެހޭ: މަލީހު
އިންޓަނެޓަށް ވަގުތީ ހައްލެއް ހޯދިއްޖެ: އާރްއޯއެލް