Roadha Mihaaru
ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަައް ބްލޮކްކޮށްފި

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހަދައިފި

15 ޑިސެމްބަރ 2023

ރާއްޖެ އަށް ފެންނަ ބަރަހަނާ ސައިޓުތައް ސަރުކާރުން އަންގައިގެން އިއްޔެ އިން ފެށިގެން ބްލޮކްކޮށްފި އެވެ. މިއީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކުގެ އެކްސެސް މި ގޮތަށް ކަނޑާލި ފުރަތަމަ ފަހަރެވެ.

ރާއްޖެ އަށް ފެންނަ ބަރަހަނާ ސައިޓުތައް ސަރުކާރުން އަންގައިގެން އިއްޔެ އިން ފެށިގެން ބްލޮކްކޮށްފި އެވެ. މިއީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކުގެ އެކްސެސް މި ގޮތަށް ކަނޑާލި ފުރަތަމަ ފަހަރެވެ.

މި ކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ރަސްމީ ޖަވާބެއް ނުދިން ނަމަވެސް ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުވާސަލާތީ ކުންފުނި ދިރާގުގެ ނެޓްވޯކްގެ ތެރެއިން ބަރަހަނާ ވެބްސައިޓުތަކަށް މިހާރު ނުވަދެވެ އެވެ. އެ ކުންފުނިން ރަސްމީކޮށް މީޑިއާތަކާ އަދި ވާހަކައެއް ނުދައްކަ އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ނުވަތަ މުވާސަލާތީ ކަންކަން ރެގިއުލޭޓްކުރާ އިދާރާ އިން އަންގާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް މުވާސަލާތީ ކުންފުނިތަކުން އަބަދުވެސް ހަމަޖައްސަ އެވެ.

ކޭމްގެ އިސްބޭފުޅަކު ވިދާޅުވީ، ސަރުކާރުން އަންގާ ވެބްސައިޓްތައް ބްލޮކް ކުރަން މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކަށް އަބަދުވެސް އަންގާ ކަމަށާއި އެހެންވެ ބަރަހަނާ ވެބްސައިޓްތަކަށް އެ ފުރުސަތު ބަންދު ކުރަން އެންގުމުން އެ ކަން ކުރާނެ ކަމަށެވެ. ސީދާކޮށް ވަކި ޖަވާބެއް ނުދެެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ ސަރުކާރުން ރަސްމީކޮށް އެ ކަމުގައި އެއްޗެއް ވިދާޅުވާނެހެން،" އޭނާ ވިދާޅުވި އެވެ.