Roadha Mihaaru

ބޮޑު އީދަށް ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް

ބޮޑު އީދަށް ހާއްސަކޮށް ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

05 ޖޫން 2025

ބޮޑު އީދަށް ހާއްސަކޮށް ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އެ އޮފާތަކާއެކު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނާއި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ބްރައުޒް ކުރުމަށާއި ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ އެވެ. މި އޮފާތައް ލިބޭ ޕެކޭޖްތަކަކީ:

- ސަޅި މަންތްލީ2x: މި ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ އަދި އިތުރު 30ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ

- ސަޅި މަންތްލީ3x: މި ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 6ޖީބީ އަދި އިތުރު 45ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ

- މަންތްލީ 450: މި ޕެކޭޖުން ކަސްޓަމަރުންނަށް 30ޖީބީ އަދި އިތުރު 7ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ

- މަންތްލީ 500: މި ޕެކޭޖުން ކަސްޓަމަރުންނަށް 35ޖީބީ އަދި އިތުރު 8ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ

- މަންތްލީ 600: މި ޕެކޭޖުން ކަސްޓަމަރުންނަށް 50ޖީބީ އަދި އިތުރު 12ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ

- 100ޖީބީ 30 ދުވަހަށް: މި އެޑް-އޮން އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް 100ޖީބީ އަދި އިތުރު 25ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ

މި އޮފާތައް މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި ޕެކޭޖް އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް އަޕްގްރޭޑް ކުރެވޭނެ އެވެ.