Roadha Mihaaru
ދިރާގު ފައިބާ ބްރޯޑް ބޭންޑް ހިލޭ ގުޅައިދެނީ

ދިރާގު ފައިބާ ބްރޯޑް ބޭންޑް ހިލޭ ގުޅައިދެނީ

29 އޮކްޓޯބަރ 2019

ފައިބާ ބްރޯޑް ބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ދިރާގުން އިއްޔެ ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފައިބާ ބްރޯޑް ބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ދިރާގުން އިއްޔެ ފަށައިފި އެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އެކު އެ ހިދުމަތް ލިބޭނެ ގޮތް ހަދައިދިނުމުގެ ގޮތުން އެ ކުންފުނިން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނިީ30 ނޮވެމްބަރުގެ ނިޔަލަށެވެ.

ދިރާގުން މި މުއްދަތުގެ ތެރޭގައި ފައިބާ ބްރޯޑްބޭންޑް ގުޅަން ބޭނުންވާ ފަރާތްތަކަށް ހިލޭ ރައުޓާ ވެސް ދޭނެ އެވެ.

ދިރާގުން ފައިބާ ބްރޯޑްބޭންޑުގެ އިތުރުން ރައުޓާ ވެސް ހިލޭ ދޭނެ--

ދިރާގުން ފައިބާ ބްރޯޑްބޭންޑުގެ އިތުރުން ރައުޓާ ވެސް ހިލޭ ދޭނެ--

ދިރާގުން ދެމުން އަންނަ ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. މީގެ އިތުރުން ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން މިހާތަނަށް ރާއްޖޭގެ 75 ޕަސެންޓް ގޭބިސީތަކަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދީފައި ވާއިރު މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކެވެ.