09 ފެބުރުއަރީ 2021
ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމާ އެކު އިންޓަނެޓްގެ ބޭނުން ކުރުމަށް ދިރާގުން ހަނދާންކޮށްދީފި އެވެ.
ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމާ އެކު އިންޓަނެޓްގެ ބޭނުން ކުރުމަށް ދިރާގުން ހަނދާންކޮށްދީފި އެވެ.
މިއަދު ފާހަގަކުރާ "ސޭފަ އިންޓަނެޓް ޑޭ"، ނުވަތަ ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ބުނީ ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރުމުގައި އަބަދުވެސް ސަމާލުވެ ތިބެން ޖެހޭ ކަމަށެވެ.
ދިރާގުން ބުނި ގޮތުގައި ކުރިއަށްވުރެ ވެސް ބޮޑަށް މިހާރު ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިން ކިޔެވުމާއި މުނިފޫހި ފުލުވުމަށް ވެސް އިންޓަނެޓްގެ އެކި އެކި ވަސީލަތްތައް ބޭނުން ކުރާ އިރު އެކަންކަން އެންމެ ރައްކާތެރި ގޮތެއްގައި ހިންގޭނެ ގޮތްތައް ބެލެނިވެރިން ކަށަވަރު ކުރަން ޖެހެ އެވެ.
ސައިބާ ބުލީ ކުރުމާއި ކުދިންނާއި ނުގުޅޭ މަންޒަރާއި އަޑު ހުންނަ ކަހަލަ ކޮންޓެންޓާއި އޮންލައިންކޮށް ޖިންސީ ފުރައްސާރަ ކުރުމާއި އައިޑެންޓިޓީ ތެފްޓް ފަދަ ކަންތައްތަކީ އިންޓަނެޓް ބޭނުން ކުރުމުގައި ކުރިމަތިވެދާނެ ނޭދެވޭ ކަންތައްތަކެވެ. އެހެންވުމުން ކުޑަ ކުދިންނަށް އޮންލައިން ސޭފްޓީ އާއި އިންޓަނެޓު ބޭނުން ކުރުމުގައި ވަކި އުސޫލުތަކެއް ކަނޑައެޅިފައި ހުރުން ވަރަށް މުހިއްމެވެ.
އިންޓަނެޓާއި ޓެކްނޮލޮޖީ އަކީ ދިރިއުޅުމުގައި ކޮންމެހެން ބޭނުން ކުރަން ޖެހޭ އެއްޗަކަށް ވެފައިވާ އިރު ކޮވިޑްގެ މި ދުވަސްވަރުގައި ވެސް އާންމުން އިންޓަނެޓަށް ބަރޯސާވާ މިންވަރު މިވަނީ އެތަށް ގުނައަކަށް އިތުރުވެފަ އެވެ. އެހެން ކަމުން ޒިންމާދާރު ގޮތުގައި އިންޓަނެޓް ބޭނުން ކުރުން ވަރަށް މުހިއްމު ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން އޮންލައިން ބޭންކިން އާއި އޮންލައިންކޮށް ވިޔަފާރި ކުރުމުގައި މާލީ މައުލޫމާތު ހާމަ ކުރުމުގައި އިތުރަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް ދިރާގުން ބުންޏެވެ. އަދި ސައްހަ ނޫންހެން ހީވާ ވެބްސައިޓްތަކުގައި އަދި މީސް މީޑިއާގައި އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ދިރާގުން އެދެ އެވެ.
ދިރާގުން ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި
ދިރާގުން ކޮންމެ ހަފްތާއަކު "މައިޑިއާ"ގެ ބޮޑު ހޯމް ޕެކެއް
ދިރާގު ޕްރިޕެއިޑް: 100 ޖީބީ 125ރ. އަށް!
ދިރާގު ޓީވީ އާއި ހައިސްޕީޑް އިންޓަނެޓް ވޭވަށަށް
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ދިރާގު ހައިސްޕީޑް އިންޓަނެޓް ރިނބުދުއަށް
މަތީ ތައުލީމުގެ ދަރިވަރުންނާއެކު ދިރާގުން ބައްދަލުވުމެއް
ދިރާގު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފި
ބާސްކެޓް އެސޯސިއޭޝަންގެ ޑިިޖިޓަލް ޕާޓްނަރަކަށް ދިރާގު
ދިރާގު ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް ގޮއިދުއަށް