16 ފެބުރުއަރީ 2022
މޯލްޑިވްސް ބާސްކެޓްބޯލް ބޯލް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ބާސްކެޓްބޯލް ބޯލް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ބާސްކެޓް ބޯލް އެސޯސިއޭޝަނާ އެކު ވެފައިވާ މި އެއްބަސްވުމާ އެކު ރާއްޖޭގައި ކުޅޭ ކުޅިވަރުތައް ކުރިއެރުވުމުގައި ދިރާގުގެ ބައިވެރިވުން އިތުރުކޮށް ފުޅާވާނެ ކަމަށް ދިރާގުން ބުންޏެވެ. އެއާ އެކު ބަސްކެޓް ބޯޅަ ކުޅުމުގައި އުޅޭ ޒުވާން ކުދިންނާއި ޓްރެއިނަރުންނާއި ރެފްރީން އިތުރަށް އެމީހުންގެ ފެންވަރު ރަނގަޅު ކުރުމަށް ދިރާގުން އެހީތެރިވާނެ އެވެ.
ދިރާގާއި ބާސްކެޓްބޯލް އެސޯސިއޭޝަނާ އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީނިއާ މެނޭޖަަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، ވިދާޅުވީ ރާއްޖޭގައި ބާސްކެޓް ބޯޅަ ކުރިއަރުވަން ފެށި މި މަސައްކަތުގެ އިތުރު ކާމިޔާބީތަކާ ހަމައަށް ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ މި ކުޅިވަރަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
ބާސްކެޓް ބޯލް އެސޯސިއޭޝަންގެ މެނޭޖަރު އަހުމަދު އާދަމް ވިދާޅުވީ، ދިރާގުން ބާސްކެޓް ކުރިއަރުވަން ނިންމުމަކީ ބާސްކެޓް ބޯޅަ ކުޅޭ އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ދިރާގުން ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި
ދިރާގުން ކޮންމެ ހަފްތާއަކު "މައިޑިއާ"ގެ ބޮޑު ހޯމް ޕެކެއް
މަތީ ތައުލީމުގެ ދަރިވަރުންނާއެކު ދިރާގުން ބައްދަލުވުމެއް
ދިރާގު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފި
ދިރާގު ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް ގޮއިދުއަށް
ދިރާގު އިންޓަނެޓާއި ޓީވީގެ ޚިދުމަތް ގެމަނަފުއްޓަށް
ދިރާގު ޕްރިޕެއިޑް ޑޭޓާ ސިމް ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި
ނެޓުހެޔޮ: ދިރާގުގެ ޕެކޭޖުތަކަށް އިތުރު ޑޭޓާ
ޕްލާސްޓިކާ ދެކޮޅަށް ދިރާގުން 21 ދުވަހުގެ ކެމްޕޭނެއް
ދިރާގު ހައި-ސްޕީޑް ފައިބައަށް ބަދަލުކޮށްލުން ހިލޭ