Roadha Mihaaru
ދިރާގު އިންޓަނެޓާއި ޓީވީގެ ޚިދުމަތް ގެމަނަފުއްޓަށް

ދިރާގު އިންޓަނެޓާއި ޓީވީގެ ޚިދުމަތް ގެމަނަފުއްޓަށް

18 ޑިސެމްބަރ 2021

ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ގއ.ގެމަނަފުށީގައި ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ގއ.ގެމަނަފުށީގައި ފަށައިފި އެވެ.

އެ ދެ ހިދުމަތް ރަސްމީކޮށް ފެށި އިރު ގެމަނަފުށީގެ ރައްޔިތުންނަށް ހާއްސަ އޮފާތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ރައުޓާ ވެސް ހިލޭ ލިބޭނެ އެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީއަށް ފޯމު ހުށަހަޅާ ކަސްޓަމަރުންނަށް ވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ޑީކޯޑާ ހިލޭ ލިބޭނެ އެވެ. ދިރާގުން ބުނީ ޓީވީ ހިދުމަތުގެ ސަބަބުން ގއ.ގެމަނަފުށި ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބެލޭނެ ކަމަށެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވެ އެވެ.