Roadha Mihaaru
ދިރާގުގެ ބައެއް ޚިދުމަތްތަކުގެ ފެންވަރު މަތިކުރަނީ

ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްކުރަން ދިރާގުގެ ބައެއް ޚިދުމަތް މެދުކަނޑާލަނީ

27 ޖެނުއަރީ 2019

ދިރާގުގެ ބައެއް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހު ބައެއް ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިރާގުގެ ބައެއް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހު ބައެއް ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

ދިރާގުން ނެރުނު ބަޔާނެއްގައިވަނީ އެ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބިޒްނަސް ސްޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މުއްދަތުގައި އެއްވެސް މެދުކެނޑުމެއް ނެތި ޑޭޓާ އާއި އެސްއެމްއެސް އާއި ވޮއިސް ކޯލްތައް ކުރެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު ބައެއް ސަޕޯޓް ޚިދުމަތްތައް އެ މުއްދަތުގައި ނުލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް އެ މުއްދަތުގައި މެދުކެނޑޭނެ ކަމަށާއި އެކަމަކު އެ މުއްދަތުގައި އެ ކުންފުނިން އެއްވެސް ޚިދުމަތެއް ކަނޑާނުލާނެތީ، ފޯން ކޯލާއި ޓޭޑާ އާއި އެސްއެމްއެސްގެ ޚިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަޕްގްރޭޑްކުރަން ދިރާގުގެ ބައެއް ޚިދުމަތް މެދުކަނޑާލާން ވަނީ ނިންމާފައި.

އަޕްގްރޭޑްކުރަން ދިރާގުގެ ބައެއް ޚިދުމަތް މެދުކަނޑާލާން ވަނީ ނިންމާފައި.

މީގެ އިތުރުން ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަސް ނިމުމާ ހަމައަށް ބައެއް ޗެނަލްތަކުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެގޮތުން ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތަކާއި ދިރާގު ޕާޓްނާ ފިހާރަތަކާއި އެ ކުންފުނީގެ އޮންލައިން ޚިދުމަތްތަކާއި އެ ކުންފުނީގެ ވެބްސައިޓްގައިވާ މައި އެކައުންޓާއި އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި މަމެން މޮބައިލް އެޕްލިކޭޝަންގެ އިތުރުން ދިރާގު ޕޭ އަދި ސެފްލް ކެއާ ޗެނަލްސްތަކުގެ ޚިދުމަތް އެ މުއްދަތުގައި ކެނޑޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ރީލޯޑާއި ރީޗާޖް ކުރުމުގެ ޚިދުމަތް ވެސް ހުކުރު ދުވަހު މެދުކެނޑޭނެ އެވެ.

އެ ބަޔާނުގައިވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް ކަމަށެވެ. އަދި ވަގުތީ ގޮތުން ބައެއް ޚިދުމަތްތައް ކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.