Roadha Mihaaru
މުއާސަލާތީ ދުވަހު ދިރާގުގެ ގިނަ ހަރަކާތްތަކެއް

މުއާސަލާތީ ދުވަސް ފާހަގަކުރަން ދިރާގުގެ ގިނަ ހަރަކާތްތަކެއް

17 މެއި 2023

ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރަން ދިރާގުން ހާއްސަ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރަން ދިރާގުން ހާއްސަ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މުވާސަލާތީ ދުވަސް އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުން މުވާސަލާތީ ދާއިރާގެ ރާއްޖޭގެ ތާރީހު ހިމަނައިގެން "ޑިޖިޓަލް ރާއްޖެ" ގެ ނަމުގައި ހާއްސަ ޓޯކް ޝޯއެއް ޓީވީއެމް އާއި އެސްއެސްޓީ މެދުވެރިކޮށް މިއަދު ވަނީ ގެނެސްދީފަ އެވެ.

މި ޝޯގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު، ޒުލައިހާ އިބްރާހީމާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ ފައުންޑާ އައިޝާ އަދުނާނާއި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު، މުހައްމަދު މުސްއަދު ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ޝޯ ހުށަހެޅީ ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދެވެ.

މި ޓޯކް ޝޯގައި ރާއްޖޭގެ މުވާސަލާތީ ދާއިރާ ފެށުނު ގޮތާއި އެ ދާއިރާއަށް އައިސްފައިވާ ކުރިއެރުމަށް ވަނީ ބަލާލައިފަ އެވެ. އަދި ފާއިތުވި އަހަރުތަކުގައި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއި މީގެ ސަބަބުން ކާމިޔާބުކަމާ އެކު މީހުންގެ ދިރިއުޅުން މުއްސަނދި ކުރަން ބޭނުންކުރެވިދާނެ ގޮތްތަކާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ޑިޖިޓަލް ސްޕޭސްއެއް ގާއިމުކުރާނެ ގޮތާ ބެހޭގޮތުން އެ ޓޯކް ޝޯގައި މަޝްވަރާ ކޮށްފައިވެ އެވެ.

ދިރާގުގެ އޮޕަރޭޝަންސްތަކުގެ މައުލޫމާތުތައް ދަރިވަރުންނަށް ދެނީ --- ފޮޓޯ/ދިރާގު

ދިރާގުގެ އޮޕަރޭޝަންސްތަކުގެ މައުލޫމާތުތައް ދަރިވަރުންނަށް ދެނީ --- ފޮޓޯ/ދިރާގު

މުވާސަލާތީ ދުވަސް ފާހަގަ ކުރަން އެކި ސްކޫލްތަކުގެ ދަރިވަރުންނަށް ދިރާގުން ވަނީ އެ ކުންފުނީގެ ހެޑް އޮފީހާއި ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކަށް ޒިޔާރަތްކުރުމަށް ފުރުސަތު ދީފަ އެވެ. އަދި ޒިޔާރަތް ކުރި ދަރިވަރުންނަށް ދިރާގު ޓީމްގެ މެމްބަރުންނާއެކު ތަފާތު ޕްރެކްޓިކަލް އަދި މައުލޫމާތު ސެޝަންތަކާއި ސުވާލާއި ޖަވާބު ސެޝަންތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

މުވާސަލާތީ ދުވަހުގެ މުނާސަބަތުގައި ދިރާގުން މިއަދު ވަނީ ކަސްޓަމަރުންނަށް އާ އޮފާތަކެއް ވެސް ތައާރަފްކޮށްފަ އެވެ. މި އޮފާ އަކީ އެކި ވެލިޑިޓީތަކުގެ 100 ޖީބީ ޑޭޓާ ލިބޭ އޮފާތަކެކެވެ.

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު އެކްޓިވޭޓް ކޮށްލެވޭނެ އެވެ.