ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
09 ޖުލައި 2025
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަނަށް ހުށަހަޅާފައިވާ އަގުހުރި އިނާމުތަކުގެ ތެރޭގައި ޕްލޭސްޓޭޝަން 5 ސްލިމް އާއި ޑެލް ލެޕްޓޮޕާއި ސެމްސަންގް ގެލެކްސީ ޓެބް އޭ9 ޕްލަސްގެ އިތުރުން ކޮންސިއާޖް ގްރޫޕުން ދޭ 500 ޑޮލަރުގެ ބަޓިކް އެއާ ގިފްޓް ވައުޗަރު ހިމެނެ އެވެ.
އެ ޕްރޮމޯޝަނުގައި ދޭ 500 ޑޮލަރުގެ ބަޓިކް އެއާގެ ގިފްޓް ވައުޗަރު ހާސިލުކުރާ ނަސީބުވެރިޔާއަށް ބަޓިކް އެއާގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކޮންސިއާޖް ގްރޫޕް މެދުވެރިކޮށް ބުކިން ހެދުމަށް ބޭނުން ކުރެވޭނެ އެވެ.
އެ ޕްރޮމޯޝަނުގައި 20ރ. އިން މަތިން ރީލޯޑުކޮށްގެން ބައިވެރިވެވޭނެ އެވެ. މި މަހުގެ ނިޔަލަށް ކުރިއަށް ދާ އެ ޕްރޮމޯޝަނުގައި އިނާމު ލިބޭ ނަސީބުވެރި ފަރާތްތައް ހޮވުމަށް ހާއްސަ ގުރުއަތެއް އޮންނާނެ އެވެ.
ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި، އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ދިރާގުން މިފަހަރު ދެނީ ދެ ސްޕީޑްބޯޓު!
ގިނަ ގައުމުތަކަށް ދިރާގުގެ އަގުހެޔޮ އައިޑީޑީ ޕެކޭޖް
ދިރާގު އެޕުން ރީލޯޑުކުރުމުން ބޯނަސް ކްރެޑިޓު ދެނީ
ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު
ފޯރިގަދަ "ގޭމް ކުއެސްޓް ސީސަން 1" ނިންމާލައިފި
"އެކްރޮސް މޯލްޑިވްސް"ގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
ދިރާގު ފައިބާ ބްރޯޑްބޭންޑުގައި ދެން ލިމިޓެއް ނޯންނާނެ!
ކުޅުދުއްފުށީ ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީ