ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގުން އަނެއްކާވެސް ސޮއިކޮށްފި އެވެ.
08 އެޕްރީލް 2025
ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގުން އަނެއްކާވެސް ސޮއިކޮށްފި އެވެ.
މީގެ ކުރިން ދިރާގުން ވަނީ 2023 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕަޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ، ކާމިޔާބު ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. ސްކޭޓް މޯލްޑިވްސް ޑިވަލޮޕްމަންޓާ އެކު ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގައި ސްކޭޓިން ކުރިއެރުވުމަށް ދިރާގާއި ސްކޭޓް މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރާނެ އެވެ.
އެ ޕާޓްނާޝިޕާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވަނީ އެ ޖަމްއިއްޔާއާ އެކު އާ ސްކޭޓަރުން އުފެއްދުމުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ އުފަލެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
"ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގުތައް ހުޅުވައިދީ، ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މައިދާންތަކުން ވެސް ދިވެހި ސްކޭޓަރުންގެ ހުނަރުތައް ފެނިގެން ދިއުން." މިރްޝާން ވިދާޅުވި އެވެ.
ސްކޭޓް މޯލްޑިވްސްގެ ރައީސް މުހައްމަދު ހާނިމް ވަނީ އެ ޖަމްއިއްޔާއިން ބޭނުންވާ ފެންވަރަށް އެ ކުޅިވަރު ތަރައްގީ ކުރުމަށް ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުން ދިރާގުން އެހީތެރިކަމާއި އެއްބާރުލުން ދެމުންދާކަން ފާހަގަ ކުރައްވައިފަ އެވެ.
ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސްކޭޓިންއާ ބެހޭ ގައުމީ އެސޯސިއޭޝަނެވެ. އެ އެސޯސިއޭޝަނުން 2023 ވަނަ އަހަރު، ވަނީ ވޯލްޑް ސްކޭޓްގެ ޕްރޮވިޝަނަލް އެފިލިއޭޓް މެމްބަރުކަން ހާސިލުކުރުމަށް ފަހު އެއް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވޯލްޑް ސްކޭޓްގެ މެމްބަރުކަން 2024 ވަނަ އަހަރު ހާސިލުކޮށްފަ އެވެ. ރާއްޖޭގައި ހިންގާ ސްކޭޓިންއާ ގުޅޭ ހުރިހާ ހަރަކާތްތައް ހިންގަމުންދަނީ ސްކޭޓް މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ.
ފޯރިގަދަ "ގޭމް ކުއެސްޓް ސީސަން 1" ނިންމާލައިފި
"އެކްރޮސް މޯލްޑިވްސް"ގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
ދިރާގު ފައިބާ ބްރޯޑްބޭންޑުގައި ދެން ލިމިޓެއް ނޯންނާނެ!
ކުޅުދުއްފުށީ ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީ
އިންޓަނެޓް ރަނގަޅުކޮށްލަން ދިރާގު އޮރެންޖް ބޮކްސް
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
"ލިމިޓްލެސް" ޕެކޭޖުން ވެސް ލޯންޗް ހޯދުމުގެ ފުރުސަތު