ދިރާގުން ގިނަ ގައުމުތަކަކަށް އައިޑީޑީ ޕެކޭޖްތަކެއް ހެޔޮ އަގުތަކެއްގައި ތައާރަފްކޮށްފި އެވެ.
08 ޖުލައި 2025
ދިރާގުން ގިނަ ގައުމުތަކަކަށް އައިޑީޑީ ޕެކޭޖްތަކެއް ހެޔޮ އަގުތަކެއްގައި ތައާރަފްކޮށްފި އެވެ.
ދިރާގުން މިއަދު ތައާރަފް ކުރީ 55ރ. އިން ފެށިގެން 125ރ. އާ ދެމެދުގައި އަގުތަކެއްގެ އައިޑީޑީ ޕެކޭޖުތަކެކެވެ. އެ ޕެކޭޖްތަކުގެ ދަށުން އިންޓަނޭޝަނަލް މިނެޓްސްގެ އިތުރުން ހިލޭ ޑޭޓާ ލިބޭނެ އެވެ. އެ ޕެކޭޖުތަކުގެ ހިދުމަތް ލިބޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ބަންގްލަދޭޝާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ތައިލެންޑާއި ނޭޕާލާއި އޮސްޓްރޭލިއާ އާއި ޗައިނާ އަދި ސައުދީ އަރަބިއްޔާއާ އިތުރު ގައުމުތައް ވެސް ހިމެނެ އެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ޕެކޭޖްތައް ދިރާގުއެޕް އަދި ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ.
ދިރާގުން ބުނީ އެ ޕެކޭޖުތަކާ އެކު ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާއިލާތަކާއި ރަހުމަތްތެރިންގެ ހާލުބެލުމަށާއި ގުޅުން ބަދަހިކުރުމަށް އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
ދިރާގުން ކަސްޓަމަރުންގެ އެކި ބޭނުންތައް ދެނެގަނެ، އެފަދަ އެކި ޕެކޭޖުތައް ދަނީ ތައާރަފް ކުރަމުންނެވެ.
ދިރާގުން މިފަހަރު ދެނީ ދެ ސްޕީޑްބޯޓު!
ދިރާގު ކަސްޓަމަރުން 20ރ. ރީލޯޑުކޮށްގެން އިނާމުތަކެއް
ދިރާގު އެޕުން ރީލޯޑުކުރުމުން ބޯނަސް ކްރެޑިޓު ދެނީ
ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު
ފޯރިގަދަ "ގޭމް ކުއެސްޓް ސީސަން 1" ނިންމާލައިފި
"އެކްރޮސް މޯލްޑިވްސް"ގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
ދިރާގު ފައިބާ ބްރޯޑްބޭންޑުގައި ދެން ލިމިޓެއް ނޯންނާނެ!
ކުޅުދުއްފުށީ ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީ