Roadha Mihaaru
ޓެލެކޮމް ދާއިރާއިން ރާއްޖެ ކުރިއެރުވި ދިވެހި ކުންފުނި

ދިރާގު: ޓެލެކޮމިއުކޭޝަން ދާއިރާއިން ރާއްޖެ ކުރިއެރުވި ދިވެހި ކުންފުނި

01 އޮކްޓޯބަރ 2021

ރާއްޖެއަކީ މިހާރު ޓެލެކޮމިއުނިކޭޝަން ދާއިރާގައި ދުނިޔޭގެ ބޮޑެތި ގައުމުތަކާ ވާދަކުރާނެ ގައުމެކެވެ. ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ދިވެހި ކުންފުންޏަކުން ވެސް ބަވަނަ ވަމުން އަންނަ ގައުމުތަކާ ވާދަކުރެވިދާނެ ކަން ދައްކުވައިދިން އެއް ކުންފުންޏަކީ ދިރާގެވެ. ދިވެހިންނަށް މުއާސަލާތީ ހިދުމަތް ދޭތާ 33 އަހަރު މިއަދު ވެފައިވާއިރު އެ ކުންފުނިން އަންނަނީ އެ ދާއިރާގެ އިތުރުން ވެސް ތަފާތު ދާއިރާތަކުން ރާއްޖެ ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަކީ މިހާރު ޓެލެކޮމިއުނިކޭޝަން ދާއިރާގައި ދުނިޔޭގެ ބޮޑެތި ގައުމުތަކާ ވާދަކުރާނެ ގައުމެކެވެ. ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ދިވެހި ކުންފުންޏަކުން ވެސް ބަވަނަ ވަމުން އަންނަ ގައުމުތަކާ ވާދަކުރެވިދާނެ ކަން ދައްކުވައިދިން އެއް ކުންފުންޏަކީ ދިރާގެވެ. ދިވެހިންނަށް މުއާސަލާތީ ހިދުމަތް ދޭތާ 33 އަހަރު މިއަދު ވެފައިވާއިރު އެ ކުންފުނިން އަންނަނީ އެ ދާއިރާގެ އިތުރުން ވެސް ތަފާތު ދާއިރާތަކުން ރާއްޖެ ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަކީ ރަށްތަށް ވަކިން އޮންނަ، އާބާދީގެ ގޮތުން ކުޑަ ގައުމަކަށްވުމުން މުއާސަލާތީ ހިދުމަތް ދޭން ދިރާގަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ. މިއާ އެކު ކާމިޔާބުކަމާ އެކު މި ހިދުމަތް ފޯރުކޮށްދިނުމަށް އެހެން ބައެއް ގައުމުތަކާ އަޅާބަލާއިރު ކުރަން ޖެހުނު ހަރަދު ވެސް އެހާމެ ބޮޑުވި އެވެ. ނަމަވެސް ދިރާގުން ރާއްޖޭގެ މުއާސަލާތީ އިންފްރާސްޓްރަކްޗާ ބިނާކޮށް އެކަމަށް ބޭނުންވާ އިންވެސްޓްމަންޓުތައް ކުރީ ރާއްޖެ، ދުނިޔޭގެ ޗާޓުގައި ފަވާލައި މުޅި ދުނިޔެއާ ރާއްޖެ ގުޅުވާލުމަށެވެ.

ދިރާގުގެ 33 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ވެސް ދިރާގުން ރާއްޖޭގެ މުއާސަލާތީ ވިއުގައަށް ތަރައްގީ ގެނުވައި ދީފައިވާނެ ކަމަށެވެ. އަދި ރާއްޖެއާ ދުނިޔޭގެ އިންޓަނެޓް ނެޓްވޯކާ އިތުރަށް ގުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިރާގަކީ ކަސްޓަމަރުންގެ އިހުސާސްތައް ދެނެގަނެ، ކަސްޓަމަރުންނަށް ރަނގަޅު ތަޖުރިބާތަކަކާއި ހިދުމަތްތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރާ، އަދި މުޅި ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރާ ދިވެހި ކުންފުންޏެއް. އަލުގަނޑުމެންގެ ތަސައްވުރަކީ އަދި އަމާޒަކީ ދިރާގުގެ ހިދުމަތްތަކުގެ ސަބަބުން ރާއްޖެއަށް އިތުރު ތަރައްގީ އާއި ފާގަތިކަން ގެނެސްދިނުން،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

އަހަރީ ދުވަހާ ގުޅިގެން ދިރާގުގެ ސީއީއޯ ދެއްވި ހިތާބު--

ދަތިތަކާއި ގޮންޖެހުންތަކާ އެކު ވެސް ދިރާގުން ވަނީ ގިނަ ދުވަސްތަކެއް ނުވަނީސް ރާއްޖޭގެ ހުރިހާ ރަށަކަށް މުއާސަލާތީ ހިދުމަތް ދޭން ފަށައި، ޓެލެފޯނުގެ ހިދުމަތް ދޭން ފަށައިފަ އެވެ. މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ދިރާގުގެ ހިދުމަތް ލިބެ އެވެ.

ރާއްޖޭގެ ރަށްތައް މުއާސަލާތީ އެއް ވިއުގައަކުން ގުޅުވާލުމަށް ސްރީ ލަންކާއާ އާއި ރާއްޖެއާ ދެމެދު އެޅި ސަބްމެރިން ކޭބަލަކީ ވެސް ފާހަގަ ކުރެވޭ މަސައްކަތެކެވެ. މި ކޭބަލް އެޅުމުން ރާއްޖޭގެ މުއާސަލާތީ ހިދުމަތް އެތައް ގުނައެއް ފުރިހަމަވެގެން ދިޔަ އެވެ. ހަމަ މިއާ އެކު ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ކަމަށްވާ 3ޖީ އައި 4ޖީ ވެސް ދޭން ފެށިއެވެ. ދިރާގުން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް 5ޖީގެ ހިދުމަތް ވެސް މިހާރު ފޯރުކޮށްދީފަ އެވެ.

ދިރާގުން އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށި އިރު ނެޓްވޯކް ގުޅުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ:ދިރާގު

ދިރާގުން އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށި އިރު ނެޓްވޯކް ގުޅުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ:ދިރާގު

ޓެލެކޮމިއުނިކޭޝަން ދާއިރާގެ ޅަފަތުގައި ރާއްޖެއަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިރާގުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އަކީ ސަރަހައްދީ ގޮތުން ވެސް އެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ގައުމަށް ރާއްޖެ ވުމެވެ.

ދިރާގަކީ 99 ޕަސެންޓު ދިވެހިން މަސައްކަތް ކުރާ ކުންފުންޏަކަށްވާއިރު އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުވުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ތިމާވެށި ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން އަންނައިރު ޒުވާނުންނާއި އަންހެނުން ކުރިއެރުވުމަށް ވެސް ތަފާތު މަސައްކަތްތައް އެ ކުންފުނިން ކުރެ އެވެ.

ދިރާގުން ރާއްޖެއަށް ތައާރަފު ކޮށްފައިވާ ތަފާތު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ދިރާގު ޓީވީ އާއި ދިރާގު ޕްލޭ އަދި ދިރާގު ޕޭ ފަދަ ހިދުމަތްތަކަކީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފަސޭހަވެގެންދިޔަ ހިދުމަތްތަކެކެވެ. އެކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ތަފާތު ޕްރޮޑަކްޓުތައް ތައާރަފުކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފަސޭހަ ކޮށްދިނުމެވެ.