01 އޮކްޓޯބަރ 2017
މުވާސަލާތީ ދާއިރާ އިން ރާއްޖެ އަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފަ އެވެ. އެ ބަދަލުތަކުގެ އެންމެ ބޮޑު ބައިވެރިއަކީ މީގެ 29 އަހަރު ކުރިން ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް ގުޅިގެން އުފެއްދި "ދިރާގު"ކަން ދިވެހިން ހަނދާން އެބަހުއްޓެވެ. އެ ކުންފުނި އުފެދުނު ފަހުން މިހާތަނަށް ރާއްޖެ އަށް މުވާސަލާތީ ރޮނގުން ހޯދިފައިވާ ކުރިއެރުންތައް ވަރަށް ގިނަ އެވެ. އެ ކުރިއެރުންތަކާއެކު މުވާސަލާތީ ރޮނގުން ރާއްޖެ ވަނީ މި ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމަށްވެފަ އެވެ.
މުވާސަލާތީ ދާއިރާ އިން ރާއްޖެ އަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފަ އެވެ. އެ ބަދަލުތަކުގެ އެންމެ ބޮޑު ބައިވެރިއަކީ މީގެ 29 އަހަރު ކުރިން ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް ގުޅިގެން އުފެއްދި "ދިރާގު"ކަން ދިވެހިން ހަނދާން އެބަހުއްޓެވެ. އެ ކުންފުނި އުފެދުނު ފަހުން މިހާތަނަށް ރާއްޖެ އަށް މުވާސަލާތީ ރޮނގުން ހޯދިފައިވާ ކުރިއެރުންތައް ވަރަށް ގިނަ އެވެ. އެ ކުރިއެރުންތަކާއެކު މުވާސަލާތީ ރޮނގުން ރާއްޖެ ވަނީ މި ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމަށްވެފަ އެވެ.
މިއަދަކީ ރާއްޖެ އަށް ޒަމާނީ ޓެކްނޮލޮޖީއާއެކު މުއާސަލާތީ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުންއަންނަ ކުންފުނީގެ 29 ވަނަ އަހަރީ ދުވަހެވެ. އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ކުންފުނީގެ މުވައްޒަފުންނަށް ވަނީ ދިރާގު ހެޑް އޮފީހުގައި ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯގްމެންޓަޑް ރިއަލިޓީ ކެމްޕެއިނެއް ވެސް އެ ކުންފުނިން ވަނީ ފަށައިފަ އެވެ.
މޯބައިލް ފޯނު މެދުވެރިކޮށް އޯގްމެންޓަޑް ރިއަލިޓީ ތަޖްރިބާ ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް މާލެ އާއި ރަށްރަށުގެ ކޮފީ ޝޮޕްތަކުން އެޕް މެދުވެރިކޮށް ގުރުއަތުން ހޮވޭ ފަރާތްތަކަށް ހިލޭ ކޮފީ ލިބުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވެ އެވެ.
މިދިޔަ 29 އަހަރުގެ ތެރޭގައި، ދިރާގުގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ ކަސްޓަމަރުންނާއި ދިވެހި މުޖްތަމައަށް މުވާސަލާތީ ހިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމެވެ. ދިރާގަކީ ފަހުރުވެރިކަމާ އެކު، 99 ޕަސެންޓް ހީވާގި ދިވެހި މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ދިވެހިންގެ ކުންފުންޏެކެވެ.
އެ ކުންފުނީގެ މުވައްޒަފުން ކަސްޓަމަރުންނަށް ދޭ ސަމާލުކަމާއި އެހީތެރިކަމަކީ އެކަމަށްޓަކައި އެހެން ކުންފުނިތަކުން ދިރާގު ނަމޫނާއަކަށް ނަގާ އެއް ކަމެވެ. ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގެ ގޮތުން 24 ގަޑި އިރު ހިދުމަތް ދޭ ކޯލް ސެންޓަރު، 123 އަދި އޮންލައިން ލައިވް ޗެޓް، މައި އެކައުންޓް ސާވިސަސް އަދި ކުންފުނީގެ ކަސްޓަމާ އެކްސްޕީރިއަންސް ސެންޓަރަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ރާއްޖޭގައި މުޅިން އަލަށް ދިރާގުން ތައާރަފްކުރި ކަންތައްތަކެވެ.
ދިރާގަކީ މި ވަގުތު ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭ ކުންފުންޏެވެ. އެ ކުންފުނީގައި މި ވަގުތު 500،000 ކަސްޓަމަރުން އެބަތިއްބެވެ.
މުވާސަލާތަކީ މި ޒަނާމުގައި ތަރައްގީ އާއި ކުރިއެރުމަށް ކޮންމެހެން ވެސް މުހިއްމު ސިނާއަތެކެވެ. އަދި ރާއްޖެ އަށް ލިބިފައިވާ ތަރައްގީ އާއި ކުރިއެރުމުގައި ދިރާގުގެ ހިއްސާ ވަރަށް ބޮޑެވެ.
ދާދިފަހުން ބޭއްވި ގެސްޓް ހައުސް ކޮންފަރެންސްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ. ފޮޓޯ: ދިރާގު
އެ ކުންފުނީގެ 29 އަހަރުގެ ހަޔާތުގައި ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ތައާރަފްކޮށްފަ އެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފަ އެވެ.
ދިރާގަކީ ރާއްޖެ އާއި ދުނިޔެ މުވާސަލަތީ ގޮތުން ގުޅުވައިދިން ކުންފުންޏެވެ. އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފޯނުގެ ހިދުމަތް 1995 ވަނަ އަހަރު ވަނީ ގުޅައިދީފަ އެވެ. އެ އަށް ފަހު ޖެހިގެން އައި އަހަރު ދިރާގުން ވަނީ އިންޓަނެޓްގެ ހިދުމަތް ތައާރަފްކޮށް ގައުމުގެ ތަރައްގީ އަށް ބޮޑު އިންގިލާބެއް ގެނެސްފަ އެވެ. މިހާރު ދިރާގަކީ ރާއްޖެ އަށް 3ޖީ ގުޅުން އެންމެ ފުރަތަމަ ތައާރަފްކޮށް، އާބާދީގެ 100 ޕަސެންޓަށް 3ޖީގެ ހިދުމަތް ކަށަވަރުކޮށްދިން ފުރަތަމަ ނެޓްވޯކެވެ. އޭގެ އިތުރުން 4ޖީގެ ހިދުމަތް ވެސް އެންމެ ފުރިހަމަ ގޮތުގައި ތައާރަފްކޮށް އާބާދީގެ 75 ޕަސެންޓަށް ހިދުމަތް ކަށަވަރުކޮށްފައިވެ އެވެ. މީގެ އިތުރުން އިންޓަނެޓް ދިނުމުގައި ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ ފައިބާ ނެޓްވޯކް ވެސް ވަނީ ރާއްޖޭގެ އާބާދީގެ 60 ޕަސެންޓް ގޭބިސީތަކަށް މިހާރު ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް 1،253 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލެއް ވެސް އަޅައިފަ އެވެ. މިއީ މި ގޮތަށް ރާއްޖޭގައި ފުރަތަމަ އެޅި ކޭބަލެވެ. މި ކޭބަލްގެ ސަބަބުން ހައި ސްޕީޑް މުވާސަލާތުގެ އެތައް ކަމެއް މުޅި ރާއްޖެ އަށް މަގުފަހިވި އެވެ.
މިކަންކަމަކީ ރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް ހަލުވިކަމެއް ގެނެސްދިން ކަންކަމެވެ. މިގޮތުން ދިރާގުން ވިޔަފާރި އާއި އެކި ސިނާއަތްތަކަށް ފަސޭހަވާނެ ފަދަ ޓެކްނޮލޮޖީ ވާނީ ތައާރަފްކޮށްފަ އެވެ. ޓޫރިޒަމްގެ ސިނާއަތަށް ފަސޭހަވާނެ ގޮތަށް ޑެޑިކޭޓަޑް އިންޓަނެޓް އެކްސެސްގެ އިތުރުން ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ފޯރުކޮށްދޭ އިންޓަނެޓާއި ޓީވީގެ ހިދުމަތްތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ބޭންކިން އާއި މާލީ އިދާރާތަކަށް ބޭނުންވާ މުވާސަލާތީ ކަންކަން ވެސް ދިރާގުން ފޯރުކޮށްދެ އެވެ. ދަރިވަރުންގެ ކިޔެވުމަށް ބޭނުންކުރެވޭނެ ފަދަ އިނޮވެޓިވް ލާނިން ޓެކްނޮލޮޖީތައް ތައާރަފްކުރުމުގައި ދިރާގުގެ ހިއްސާބޮޑެވެ.
ދިރާގުން ދެކެނީ ދުނިޔޭގެ އާންމު ދިރިއުޅުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު ފުޅާވެ ބޮޑުވަމުންދާ މިންވަރާ އެއްވަރަށް ދިވެހިންގެ ދިރިއުޅުމަށް އެ ޓެކްނޮލޮޖީގެ ޒަރީއާ އިން ހެޔޮ ބަދަލު ގެނެސް ކޮންމެ މީހަކު ވެސް ދެކޭ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާ އިން އެހީތެރިވެދޭން ޖެހޭ ކަމަށެވެ. އަދި އެ މޭރުމުން މިދިޔަ މެއި މަހު ދިރާގު ރީބްރޭންޑް ކޮށް، މުޅިން އާ ކުލައަކާއި ލޯގޯއާއެކު "ޓޭކް އޮން ޓުމޯރޯ"ގެ ޝިއާރުގެ ދަށުން ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކާއި ކުރިއެރުން ގެނެސް ދޭން ވަނީ ވައުދު ވެފަ އެވެ.
ދިރާގުގެ ހެޑް އޮފީސް: ދިރާގުގެ ބްރޭންޑާއެކު މުވައްޒަފުންގެ ޔުނިފޯމް ވެސް ވަނީ ބަދަލުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ޝިއާރުގެ ދަށުން މި އަހަރު ވަނީ "ދިރާގު ޓީވީ"ގެ ނަމުގައި އައިޕީ ޓީވީގެ ހިދުމަތް ތައާރަފްކޮށްފަ އެވެ. އައިޕީޓީވީ އަކީ އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްނޮލޮޖީއެކެވެ. ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލްތައް ލިބެން ހުރެ އެވެ. އޭގެ އިތުރުން "ފައިބަ ޓު ދަ ހޯމް"ގެ ނަމުގައި ވަނީ އިތުރު 12 ރަށަކަށް ފައިބާ ބްރޯޑް ބޭންޑްގެ ހިދުމަތް ތައާރަފްކޮށްފަ އެވެ. ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް މި އަހަރުގެ މިހާތަން 12 ރަށަކަށް ދިން އިރު އޭގެ ތެރޭގައި ރާއްޖޭގައި އެންމެ އާބާދީ މަދު އެއް ރަށް ކަމުގައިވާ ވ. ތިނަދޫ ވެސް ހިމެނެ އެވެ. އެކަމުން ދޭހަވާ ކަމަކީ ދިރާގުން ރާއްޖޭގެ އެންމެ ބޮޑު އާބާދީން ފެށިގެން ކުދި އާބާދީތަކަށް ވެސް މުވާސަލާތުގެ ހިދުމަތް ފޯރުކޮށްދިނުމަށް އިސްކަންދޭ ކަމެވެ.
"ދިރާގު ޓީވީ"ގެ ނަމުގައި އަލަށް ތައާރަފްކުރި އައިޕީ ޓީވީގެ ހިދުމަތާ ބެހޭ މައުލޫމާތު ދެނީ.
ދިރާގުން ވަނީ ރާއްޖެ އަށް މުޅިން އަލަށް އޯގްމެންޓެޑް ރިއަލިޓީ އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފަ އެވެ. "އާރްބީ ކުއެސްޓް"ގެ ނަމުގައި މި އެޕް ތަޢާރަފްކުރީ މިދިޔަ މަހު އެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ މިއުޒިކް ސްޓްރީމް ކުރާ އެޕްލިކޭޝަން "ޔޮންޑާ މިއުޒިކް މޯލްޑިވްސް" ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ ހިދުމަތް ތައާރަފްކުރީ ޒުވާން ފަންނާނުން ކުރިއަރުވުމަށްޓަކައި އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއްގެ ގޮތުގަ އެވެ. ސްޕޮޓިފައި ނުވަތަ އެޕަލް މިޔުޒިކް ފަދަ ސްޓްރީމިން ހިދުމަތްތަކާ މާ ބޮޑު ތަފާތެއް ނެތި ޔޮންޑަ އިން ދިވެހި، އިނގިރޭސި، ހިންދީ އަދި އެހެނިހެން ވާލްޑް މިއުޒިކް ހިމެނޭ ގޮތަށް 22 މިލިއަނަށް ވުރެ ގިނަ ލަވަ ހިމެނޭ ލައިބްރަރީއެއް ދިރާގުގެ ކަސްޓަމަރުންނަށް މުޅިން ހިލޭ ފޯރުކޮށްދީފައިވެ އެވެ.
އެ ކުންފުނިން އަލަށް ތައާރަފްކުރި ހިދުމަތްތަކުގެ ތެރެއިން ގެސްޓް ހައުސް ޓީވީ އަކީ ވެސް ވަރަށް ހާއްސަ ހިދުމަތެކެވެ. އޭގެ އިތުރުން ދިރާގުން ވަނީ މިދިޔަ އަހަރު ގެސްޓް ހައުސްތަކަށް ހާއްސަކޮށްގެން ގެސްޓް ހައުސް އިންޓަނެޓްގެ ނަމުގައި ޕެކޭޖެއް ވެސް ތައާރަފް ކޮށްފަ އެވެ. އަދި މި އަހަރު ބޭއްވި ދިރާގު ގެސްޓް ހައުސް ކޮންފަރެންސްގައި ދިރާގު ގެސްޓް ހައުސް ޓީވީގެ ނަމުގައި އާ ހިދުމަތެއްގެ ޑެމޮންސްޓްރެޝަން ދައްކާލާފައިވެ އެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ކުރިއެރުމުގައި ހިއްސާވާ އެކި ސިނާއަތްތައް ތަރައްގީ ކުރުމަށް އެހީތެރިވެދޭ ކުންފުންޏެކެވެ. އެގޮތުން މިހާރު ގައުމުގައި އެންމެ ކުރިއަރަމުން އަންނަ އެއް ވިޔަފާރިއަކީ ގެސްޓް ހައުސް ވިޔަފާރި އެވެ.
ދިރާގަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ވެސް ރާއްޖޭގައި ނަމޫނާ ކުންފުންޏެކެވެ. މި އަހަރު ތެރޭގައި އެކަނި ވެސް ދިރާގުން ވަނީ ތަފާތު އެތައް އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިވެދީފަ އެވެ. އެގޮތުން ދިރާގުން ވަނީ މިދިޔަ އަހަރު ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ނައްތާލައި ޕްލާސްޓިކަށް ކުރާ ބަރޯސާ މަދުކުރުމަށް ޕާލޭ މޯލްޑިވްސް އިން ހިންގާ ބައިނަލްއަގްވާމީ ކެމްޕޭންގެ "ފޯ ދި އޯޝަންސް"ގެ ޕާޓްނަރަކަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން ވަރަށް ބައިވަރު ކަންތައްތައް ވަނީ އެ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ދިރާގުން ވަނީ ދިރާގުގެ މުވައްޒަފުންނަށާއި މުޖުތަމަ އަށް ކަނޑާއި ފަރަށް ގެއްލުން ލިބޭ ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރުމަށާއި ދެމެހެއްޓެނިވި އުސޫލުން ތައްޔާރުކޮށްފައިވާ ގިނަ ފަހަރު ބޭނުން ކުރެވޭ ކަހަލަ ކޮތަޅު ބޭނުން ކުރުމަށް ބާރުއަޅައިފަ އެވެ. އަދި އެ ކެމްޕެއިންގެ ދަށުން ދިރާގު މުވައްޒަފުން ވަނީ އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކް ފެންފުޅި އޮފީހުގައި ބޭނުން ކުރުން ހުއްޓާލައި އޮފީހުގައި ވޯޓަ ޑިސްޕެންސާ ބޭނުންކުރަން ވެސް ފަށާފަ އެވެ.
ދިރާގުގެ މުވައްޒަފެއް ކުޑަކުދިންތަކަކަށް އީދު ހަދިޔާ ދިނުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. - ފޮޓޯ: ދިރާގު
ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިމެނޭ މައިގަނޑު އެއް ތަނބެވެ. އެގޮތުން މިހާރު ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގައި ބާއްވަމުން އައި ރޭހެކެވެ. މީގެ އިތުރުން ދިރާގުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ތަފާތު ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް އަމާޒުކޮށްގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުޅިވަރުގެ ހަރަކާތްތައް ވެސް ބާއްވަމުންނެވެ.
ދިރާގުން މި ވޭތުވެދިޔަ އަހަރުވަނީ ކުޑަކުދިންގެ ހިޔާ އަށް ވެސް ތަފާތު އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ހުޅުމާލެ ފިޔަވަތީގެ ކުދިންނަށް ދިރާގުން ވަނީ އެ ތަނުގައި ގާއިމުކޮށްފައިވާ ކޮމްޕިއުޓަ ލެބަށް ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް މުޅިން ހިލޭ ފޯރުކޮށްދީފަ އެވެ. އަދި އޭގެ އިތުރުން ވިލިނގިލީގެ ކުޑަކުދިންގެ ހިޔާގައި ދިރާގުން 2013 ވަނަ އަހަރު ގާއިމްކޮށްފައިވާ ކޮމްޕިއުޓާ ލެބާއި ލައިބްރަރީ އަށް ކޮމްޕިއުޓަރާއި ފޮތް ހަދިޔާ ކޮށްފައިވެ އެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގައި ދެން އެންމެ އިސްކަމެއްދެނީ ޒުވާނުންނަށެވެ. އެގޮތުން ދިރާގުން ވަނީ މިއަހަރު ޔޫއެންޑީޕީއާ ގުޅިގެން ވަރަށް ގިނަ ޕްރޮގްރާމްތައް ބާއްވާފައި އެވެ. އޭގެ ތެރޭގައި ޔޫތު ލީޑާޝިޕް ޕްރޮގްރާމް ފިލްމް ފޮ ޗޭންޖް އަދި ސްޓާޓަޕް ވީކެންޑް ހިމެނެ އެވެ.
ދިރާގުން މުވާސަލާތީ ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ދެމުން އަންނައިރު ދިރާގުން އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ ކަންތައްތަކަކީ ވެސް ދިވެހިން ބަލައިގަންނަ ކަންތައްތަކެކެވެ. އަދި އެއީ އެ ކުންފުންޏަށް ޝުކުރު ހައްގު ކަންތައްތަކެކެވެ.
ދިރާގަށް 234 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
ޓެލެކޮމް ދާއިރާއިން ރާއްޖެ ކުރިއެރުވި ދިވެހި ކުންފުނި
ދިރާގަށް 30: ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި
ދިރާގު: މިއީ ދިވެހިންގެ ކާމިޔާބު ކުންފުންޏެއް
ދިރާގަށް 210 މިލިއަން ރުފިޔާގެ ފައިދާއެއް
އިންޓަނެޓަށް ވަގުތީ ހައްލެއް ހޯދިއްޖެ: އާރްއޯއެލް
ދިރާގުގެ އާ ބަދަލު: "ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި"
ދިރާގުން ދެކުނުގެ ސަބްމެރިން ކޭބަލް މަރާމާތު ކުރަނީ
މައްސަލަ ހައްލުވެއްޖެ، މިހާރު ހިދުމަތް ލިބޭނެ: ދިރާގު
ދިރާގުގެ އިންޓަނެޓްގެ ހިދުމަތަށް މައްސަލަތަކެއް