31 އޮކްޓޯބަރ 2022
ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވާ ގޮތަށް ބްރޯޑްކާސްޓިން ގަވައިދު ބަދަލުކުރުމުން، ކަން ހިނގައިދިޔަ ގޮތް ސާފު ކުރުމަށް ފަހު، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވާ ގޮތަށް ބްރޯޑްކާސްޓިން ގަވައިދު ބަދަލުކުރުމުން، ކަން ހިނގައިދިޔަ ގޮތް ސާފު ކުރުމަށް ފަހު، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ބްރޯޑްކޮމުން ރި-ބްރޯޑްކާސްޓް ކުރުމުގެ ގަވައިދަށް ގެނައި އިސްލާހަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި ދިރާގުން މީގެެ ކުރިން ބުނެފައި ވަނީ އެކަން ކުރިން ނޭނގޭ ކަމަށެވެ. އަދި ދިރާގަށް ފުރުސަތު ބަންދުވާ ގޮތަށް ގެނައި ބަދަލުން ލިބުނީ ކުއްލި ސިހުމެއް ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.
ބްރޯޑްކާސްޓިން ގަވައިދުގެ ދަށުން ރި-ބްރޯޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާ ވާ ކުންފުންޏަކަށް ވާން ޖެހެ އެވެ. ދިރާގުގެ 52 ޕަސެންޓް ހިއްސާއަކީ ބަހުރެއިންގެ ކުންފުންޏެއް ކަމުގައިވާ ބަޓެލްކޯ އެވެ. އަދި 41 ޕަސެންޓް ހިއްސާވަނީ ދިވެހި ސަރުކާރެވެ. ބާކީ ހަތް ޕަސެންޓް ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ. އެހެންވެ، އެ ގަވައިދަށް އިތުރު އިސްލާހެއް ނުގެނެސްފި ނަމަ އަންނަ ޖެނުއަރީ މަހުން ފެށިގެން ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލް ވާނެ އެވެ.
އެކަމާ ގުޅިގެން، މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމީ ބްރޯޑްކާސްޓިން ކަންތައް ހިނގައި ދިޔަ ގޮތް ސާފުކުރުމަށް ބްރޯޑްކޮމް އަށް ސިޓީއެއް ފޮނުވާށެވެ.
ގަވައިދުގައި އޮންނަ ގޮތުގެ މަތިން އެ އަށް ފަހު، އެ ކޮމިޝަންގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަން ވެސް މެމްބަރުން އެއްބަސްވެވަޑައިގަތެވެ.
ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، މިއަދުގެ ބައްދަލުވުމުގައި ވިދާޅުވީ ބްރޯޑްކޮމްގެ އެ ނިންމުން ވަރަށް ބޮޑު ބޭއިންސާފު ކަމަށެވެ.
"ރާއްޖޭގަ އެންމެ ފުޅާ ދާއިރާއެއްގައި ބްޜޯޑްކާސްޓު ކުރާ ބަޔަކީ ދިރާގު. އެއީ ބޭރުގެ ކުންފުންޏެއް ނަމަވެސް ދިވެހިންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެއް. މި ގަވައިދުގެ ދަށުން އަލެއް ނުކޮށްދޭނެ،" ކަންބޮޑުވުމާއެކު އޭނާ ވިދާޅުވި އެވެެ.
އެހެންވެ، އޭނާ ވިދާޅުވީ މިހާރު ބްރޯޑްކާސްޓިން ކޮމިޝަނުން އަމަލު ކުރަމުންދާ ގަވައިދުގައި ހިމަނާފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފު މާއްދާއެއް ކަމަށެވެ.
އެ ވާހަކަ އަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަހުމަދު އުޝާމާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެވެ.
އުޝާމް ވިދާޅުވީ ރާއްޖޭގައި ހުރިހާ ޗެނަލްތަކެއް ފެންނަ ގޮތަށް ހުރި އިރު، ބޭރުގެ ބަޔަކަށް އެކަން ނުކުރެވޭ ގޮތަށް އޮތުމަކީ އިންސާފެއް ނޫން ކަމަށެވެ.
އަނދުން ހުސައިން ވިދާޅުވިގޮތުގައި، ގަވައިދު ހަރުދަނާ ކުރުމަކުން މައްސަލައެއް ނެތެވެ. ގާނޫނު ހަދަން ޖެހިއްޖެ ނަމަ އެ ކަމަށް ވެސް ތާއީދު ކުރައްވާނެ ކަމަށާއި ދިވެހި ކުންފުންޏަކަށް ނޫން ގޮތަކަށް ރި-ބްރޯޑްކާސްޓް ކުރެވޭ ގޮތަށް ހަދާފައިވާ ގަވައިދަކީ މި ޒަމާނަށް ފެތޭ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރީބްރޯޑްކާސްޓު ކުރުން ސަރުކާރު ހިއްސާވާ އަދި ބޭރުގެ ފަރާތްތަކަށް ދޫކޮލަން ޖެހޭ ކަމަށް މި ދަންނަވަނީ ދިރާގުން އެ ހިދުމަތް މިހާރު ދެމުން އަންނަ އިރު ރާއްޖޭގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކުން ދޭ ހިދުމަތާއި ދިރާގާ އަޅާ ބަލާއިރު ހަރަދުކުރާ ފައިސާ ބޮޑުތަކުން ކުޑަވޭ،" އަނދުން ހުސައިން ވިދާޅުވި އެވެ.
"އެއީ 750ރ. އާއި 300ރ. އާ. ތަފާތަށް ބަލާއިރު ރައްޔިތުންގެ އަތުން 40 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ރައްޔިތުންގެ އަތުން ސަލާމަތް ކުރެވޭ. މިހާ ބޮޑު އަދަދެއްގެ ފައިސާ ރައްޔިތުންނަށް ކޮންމެ މަހަކު ސަލާމަތް ކުރެވޭތީ ވަރަށް ބޮޑަށް ތާއީދު ވަކި ބަޔަކަށް ކޮންޓްރޯލެއް ނެތި މި އޮންނަ އޮތުން ދުއްވާލަަން."
މިހާރު ގަވައިދު އޮތް ގޮތަށް ތާއީދު ކުރައްވާ އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެެމްބަރު އަލީ ހަމީދު ވިދާޅުވީ އެ އިންޑަސްޓްރީގައި ބޭރުގެ ފަރާތްތަކުން ބައިވެރިވުން އޮތް އިރު އެއީ ގައުމީ މަސްލަހަތު ހިފެހެއްޓުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ބްރޯޑްކާސްޓިން ދާއިރާގައި ބޭރުގެ ކުންފުނިތަކުގެ ކޮންޓްރޯލް އޮންނައިރު މަސްލަހަތު ގެއްލުން ވަރަށް ގާތް. މީގެ ކުރިން ވެސް މި އިންޑަސްޓްރީ ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައެއް ނުވޭ. އެހެން ކަމުން މިއީ ވިސްނަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްްބަރު އަބްދުﷲ ސަނީފް ވިދާޅުވިގޮތުގައި ވިޔަފާރީގައި ހަމަހަމަކަން ގާއިމް ކުރަން ޖެހެ އެވެ.
"ގަބޫލު ކުރަން ޖެހޭ ކަމަކީ ކޮންމެ ބަޔަކު އަތަށް ލިބިގެން ރަނގަޅަށް ނުހިނގާނެ ކަން. އޭގެ ހެއްކަކީ އެކަން މޮނީޓާ ކުރަން ތިބޭ ފަރާތްތަކުން މިއަދު އެ ތިބެނީ ކުންފުނީގެ ދަށުވެފައި،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރި ކުރެވޭނީ ހިދުމަތް ހަމަހަމައަށް ދެވޭ ބަޔަކަށް ކަމަށާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކުރަން އުޅޭ ކަންތަކުގެ މަގުސަދު ސާފުވާން ޖެހޭ ކަމަށް ސަނީފު ވިދާޅުވި އެވެ. ކުންފުންޏަށް ވާ ފައިދާ އާއި ގެއްލުމުގެ އިތުރުން ރައްޔިތުންނަށް ލިބޭނެ ގެއްލުމާއި ފައިދާ ވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލައިގައި ދިރާގުން ބުނެފައި ވަނީ ގަވައިދު ބަދަލު ކޮށްފައި ވަނީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ.
މަޖިލީހުގެ ގަވައިދު ކޮމިޓީން އެ މައްސަލަ ބަލަމުން އަންނަނީ ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް، މީޑިއާ ނެޓް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ. މީޑިއާ ނެޓަކީ އެ ވިޔަފާރީގައި ދިރާގާ ވާދަކުރާ ކުންފުންޏެވެ.
މީޑިއާނެޓުން ނުފޫޒު ފޯރުވާ މައްސަލަ ބަލަން ގަރާރެއް
ދިރާގުޓީވީ މައްސަލައަށް މީޑިއާނެޓަށް ނުވަދެވޭނެ: ކޯޓް
"ބްރޯޑްކާސްޓްގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމެއް ނުކުރަން"
ޓެލެކޮމް ހިދުމަތް ދެނީ ގެއްލުންވާ ގޮތަށް: ބޮންޑޭ
ބްރޯޑްކޮމް އިން ޒައިނާ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ސިޔާސީ ޝިކާރައަކަށް ވެއްޖެ، އިސްތިއުފާ ދީފިން: ޝަހީބް
ބްރޯޑްކޮމަށް މުހަންމާ އާއި މުއާ އައްޔަން ކުރަނީ
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ޖަލު އެންޓަނާއަށް ލިބޭ މައުލޫމާތު ފުލުހުންނަކަށް ނުދޭ
ބްރޯޑްކޮމަށް އައްޔަންކުރަން ފަސް ނަމެއް މަޖިލީހަށް