10 އޮކްޓޯބަރ 2022
ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް، މީޑިއާ ނެޓް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް، މީޑިއާ ނެޓް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ބުނީ، ރާއްޖޭގައި އެންމެ ފަރަތަމަ ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭން ފެށި މީޑިއާ ނެޓަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ވިޔަފާރިވެރިންތަކެއްގެ ހިއްސާ އޮތް ކުންފުންޏެއް ކަމަށެވެ.
ކޭބަލް ޓީވީގެ ވިޔަފާރީގައި މުޅި ރާއްޖެގައި އެ ކުންފުނީގެ ކޮންޓްރޯލް ބޭއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) މެދުވެރިކޮށް މީޑިއާނެޓުން ތަފާތު ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އެ ގަރާރުގައި ވެ އެވެ.
ގަރާރުގައިވާ ގޮތުން ބްރޯޑްކޮމުން "ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދު" އެކުލަވައިލީ ކޭބަލް ޓީވީގެ ވިޔަފާރީގެ ތެރެއަށް، ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން ވަނުމުން މީޑިއާ ނެޓަށް ކުރިމަތިލާން ޖެހުނު ވާދަވެރިކަން ނައްތާލައި އެ ވިޔަފާރިން ދިރާގު ބޭރު ކޮށްލުމަށެވެ.
އެ ގަވައިދުގެ ދަށުން ރީބްރޯޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާ ވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.
ދިރާގުގައި ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އޮންނައިރު ސަރުކާރުގެ އޮންނަނީ 48 ޕަސެންޓެވެ. އެއީ ސަރުކާރުގެ 41.8 ޕަސެންޓާއި އާންމުންގެ 6.2 ޕަސެންޓް ހިމަނައިގެންނެވެ.
އެހެންކަމުން އެ ކުންފުންޏަށް މިހާރު ދީފައިވާ ލައިސެންސް ޖެނުއަރީ 28، 2023 ގެ ފަހުން ހަމަވުމުން އަލުން ލައިސެންސްއެއް ނުލިބޭނެ އެވެ.
ކޭބަލް ޓީވީގެ ވިޔަފާރީގެ ތެރެއަށް ރަށްރަށުން ވަދެފައިވާ ކުދި ރީބްރޯޑްކާސްޓަރުންނާ ގުޅޭ ގޮތުން ތަފާތު ޝަކުވާތައް މީޑިއާނެޓުގެ ފަރާތުން ހުށަހަޅައި ވަރަށް ގިނަ ވިޔަފާރި ހުއްޓުވާފައިވާ ކަމަށް ޝިޔާމްގެ ގަރާރުގައި ވެ އެވެ. އަދި އެހެން ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް މީޑިއާ ނެޓުގެ އެޖެންޓުންނަށް ވުމަށް ތަފާތު ހުށަހެޅުންތަކާއި މާލީ މަންފާތައް ހުށަހަޅަމުންދާ ކަމަށް ވެސް ބުންޏެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިއްސާ މީޑިއާނެޓުގައި އޮންނަ އިރު، އެ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމް މެދުވެރިކޮށް، ރާއްޖޭގައި އޮޕަރޭޓު ކުރާ ކޮންމެ ޓޫރިސްޓް ރޫމެއްގައި ކޭބަލް ޓީވީ ހުރުން ވެސް މިހާރު ލާޒިމު ކޮށްފައިވާ ކަމަށް އެ ގަރާރުގައި ތުހުމަތު ކުރި އެވެ.
ބައެއް ރިސޯޓުތަކުން ޑިޝް އެންޓަނާ ބޭނުން ކޮށްގެން ކުޑަ ހަރަދަކުން އެ ހިދުމަތް ދޭން ފެށުމުން ބްރޯޑްކޮމް މެދުވެރިކޮށް އެކަން ހުއްޓުވައި ވަކި ޕެކޭޖެއްގެ ދަށުން ކޮންމެ ކޮޓަރިއަކަށް 20 ޑޮލަރުގެ ރޭޓުން ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރު ލިބޭނެ ގޮތަށް މަގުފަހިކޮށްދީފައިވާ ކަމަށް ވެސް ގަރާރުގައި ބުންޏެވެ.
ޝިޔާމް ހުށަހެޅުއްވީ ކޭބަލް ޓީވީ ވިޔަފާރީގައި ވާދަވެރި މާހައުލެއް ގާއިމްކޮށް، ބްރޯޑްކޮމަށް މީޑިއާނެޓުން ފޯރުވާ ނުފޫޒު ދަނެގަނެ އެ މެމްބަރުން ޖަވާބުދާރީ ކުރުވުމަށްޓަކައި ޕާލިމެންޓަރީ އިންކުއަރީއެއް ހެދުމަށެވެ. އަދި އިންސާފުވެރިކަމާއެކު އެ ހިދުމަތް ދެވޭނެ މާހައުލެއް ގާއިމު ކޮށްދިނުމަށް ގެންނަން ޖެހޭ އިސްލާހުތައް ލަސްނުކޮށް ގެނައުމަށް ވެސް އޭނާގެ ހުށަހެޅުމުގައި ވެ އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
ކޮމަންޑޫ ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)
އަހުމަދު ޝަފީއު (މެސްކޯ އަހުމަދު)
ހަސަން ޒާހިރު
ގަވައިދު ބަދަލުކުރި ގޮތް ބަލަން ބްރޯޑްކޮމް ކޮމިޓީއަށް
ރޯދަ އިނާޔަތް ބޮޑު ކުރުމުގެ މައްސަލަ ބޭރުކޮށްލައިފި
ދިރާގު ޓީވީގެ ލައިސަންސް މައްސަލަ އަނބުރާ ގެންގޮސްފި
ގަވާއިދު ބަދަލުކުރުމުން ދިރާގުޓީވީގެ ހިދުމަތް ހުއްޓާލަނީ
ދިރާގުޓީވީ މައްސަލައަށް މީޑިއާނެޓަށް ނުވަދެވޭނެ: ކޯޓް
ދިރާގުޓީވީ މަނާވާ ގަވައިދު ބަދަލުކުރަން އަންގައިފި
ކޯޓުން ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދެމިއޮންނާނެ
މީޑިއާ ނެޓަށް މޮނޮޕޮލީ ދިނުމާ ގިނަ މެންބަރުން ދެކޮޅު
އިއްވީ ސިޔާސީ ބަޔާނެއް، ރިޔާސީ ބަޔާނުގެ ޝަރުތެއް ނެތް
ހިޔާ ފްލެޓްތަކަށް ވަންނަން ކުރި ހަރަދު ދޭނަން: ޝިޔާމް