ހިޔާ ފްލެޓުތައް ލިބުނު މީހުންގެ އަތުން، އެ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް ހޭދަވި ފައިސާގެ ވަކި އަދަދެއް ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި އަނބުރާ ދޭނެ ކަމަށާއި އެ ކަމަށް ކުރި ހަރަދުގެ ސްލިޕްތައް ފޮރުވާފައި ބަހައްޓަން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު އެދިވަޑައިގެންފި އެވެ.
01 ނޮވެމްބަރ 2021
ހިޔާ ފްލެޓުތައް ލިބުނު މީހުންގެ އަތުން، އެ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް ހޭދަވި ފައިސާގެ ވަކި އަދަދެއް ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި އަނބުރާ ދޭނެ ކަމަށާއި އެ ކަމަށް ކުރި ހަރަދުގެ ސްލިޕްތައް ފޮރުވާފައި ބަހައްޓަން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ، 2023 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ޕީޕީއެމްގެ ވެރިކަމެއް ފަށައި، ބޯހިޔާވަހިކަމުން ބޮޑުކޮށްފައި ހުރި އަގުތައް ކުރިން ވެސް ނިންމާފައި އޮތް ވަރަށް (6،500ރ. އަށް) ކުޑަކޮށްދޭނެ ކަމަށެވެ.
"ރައްޔިތަކު ބޯހިޔާވަހި ކަމަށް ވަންނަންވީމާ، އެ ބޯހިޔާވަހި ކަމަކަށް ވަދެވޭނެ ގޮތެއް ވެސް ނެތް ދައްކަންޖެހޭ ފައިސާ ބޮޑުވީމާ. ރައްޔިތު މީހާ އަށް ސަބްސިޑީ ދޭންވީމަ [މި ސަރުކާރުން] ކަންތައް ބޮޑުވޭ އެބަ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިޔާ ފްލެޓުތަކަށް ވަނުމަށް މި ސަރުކާރުން ނުކޮށްދިން ފިނިޝިން މަސައްކަތުގެ ހަރަދު ވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ ދޭނެ އެވެ.
"އަޅުގަނޑުމެން މި އެދެނީ މިހާރު ހިޔާ ފްލެޓުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް، މިހާރު ހިޔާ ފްލެޓުތަކަށް ވަނުމަށް އެ ކުރި މަސައްކަތަށް ދިޔަ ހަރަދު އޭގެ ސްލިޕްކޮޅު ފޮރުވައިގެން ތިއްބަވާށޭ،" ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އޭރު ނިންމައިފައި އޮތް ގޮތަށް އެތަނަށް ދިޔަ ހަރަދު ހިފެހެއްޓިފައި ހުރި އަގެއްގެ ތެެރެއިން އަޅުގަނޑުމެން އިރާދަކުރެއްވިޔާ، އެ އަގުތައް އަނބުރާ އިޔާދަކޮށްދޭނަން."
ހިޔާ ފްލެޓުތަކުގެ ޕްރޮޖެކްޓު ހަވާލުކުރި އިރު އެތަނުގެ ފިނިޝިންގެ މަސައްކަތް ހިމަނާފައެއް ނުވެ އެވެ. އެހެންވެ ފްލެޓުތައް ލިބުނު ފަރާތްތަކުން، އެތަންތަނުގެ ފިނިޝިންނަށް ބޮޑު ހަރަދެއް ކުރަންޖެހޭނެ އެވެ.
ކުލީގެ ގޮތުއި 8،500ރ. ދެއްކުމަށް ފަހު ފިނިޝިންގެ މަސައްކަތް ކުރުމުގެ ތަނަވަސްކަން ނެތް ކަމަށް ބުނެ ކުލި ކުޑަކޮށްދިނުމަށާއި ކޮންމެ ޔުނިޓެއްގެ އިންޓީރިއާ ފިނިޝިން އަށް ޖެހޭ އަގުގެ ޖުމްލަ އަގުން، އެއްލައްކަ ރުފިޔާ މާފުކޮށްދިނުމަށް ހިމަނައި "ހިޔާ ޔޫނިއަން"ގެ ފަރާތުން ސަރުކާރަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ނަމަވެސް ފްލެޓުތަކުގެ ކުލި މިހާރަށްވުރެ ކުޑަކޮށްދެވެން ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.
ޕީޕީއެމުން ފްލެޓްތަކުގެ ވެރިންގެ އަޑު އަހާނަން: ޔާމީން
އެޗްޑީސީ/ ސިޓީ ކައުންސިލް ދެބަސްވުމެއްގައި!
މައްސަލަ ނުނިކުންނާނެ، ފްލެޓްތައް ދޫކޮށްދީ: މުއިއްޒު
ހިޔާ ފްލެޓުތައް ދޭން ގޮވާލައި ކުއްލި މައްސަލައެއް
ޕީޕީއެމް/ޕީއެންސީއަށް ހިޔާ ފްލެޓްތައް ދައްކާލަން އެދެފި
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު
ހިޔާފްލެޓުން ފެންނަނީ ގޯސް ނިންމުމެއްގެ ނަތީޖާ:އަސްލަމް
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
މަޝްރޫއުތައް ހުއްޓެނީ އިދިކޮޅު ފަރާތްތަކާ ހެދި: ރައީސް
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"