އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާނު ކޮށްފައިވީ ނަމަވެސް އެޗްޑީސީގެ ހުއްދަ އަށް މިހާތަނަށް އެދިފައި ނެތް ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
08 ޑިސެމްބަރ 2021
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާނު ކޮށްފައިވީ ނަމަވެސް އެޗްޑީސީގެ ހުއްދަ އަށް މިހާތަނަށް އެދިފައި ނެތް ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ކުންފުނިން އެހެން ބުނި ނަމަވެސް، މާލޭގެ ޑެޕިއުޓީ މޭޔަރު އަދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އަހުމަދު ނަރީޝް ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއަކުން ވަނީ އެ ހުއްދަ ދެއްވައިފަ އެވެ. އެ ސިޓީގައި ނަރީޝް ވިދާޅުވެފައި އޮތީ އެ ޖަލްސާ "ތިޔަ ޕާޓީން އެދިލައްވާފައިވާ ގޮތަށް ބޭއްވުމާ މެދު ކައުންސިލްގެ އެއްވެސް އިއުތިރާޒެއް ނެތް" ކަމަށެވެ.
ނަމަވެސް ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓަނީ އެޗްޑީސީންނެވެ. އެ މައްސަލައިގައި އެ ކުންފުންޏާއި ސިޓީ ކައުންސިލާ ދެެމެދު ކޯޅުމެއް އުޅޭތާ ކިތަންމެ ދުވަހެކެވެ. ސިޓީ ކައުންސިލުން ބުނާގޮތުގައި ގާނޫނީ ގޮތުން ހުޅުމާލެ އަކީ ވެސް އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެކެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން ބައްދަލު ކުރެއްވުމަށް، "ކޮތަރު ކޮށި" ގެ ނަމުގައި ހުޅުމާލޭގައި ޖަލްސާއެއް ބާއްވާއިރު، އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެކަމުގެ ހުއްދަ ހޯދަން ލިޔުމުން އެ ކުންފުންޏަށް ހުށަހަޅައި އެ ހުއްދަ ހޯދައިގެން ވަކި އުސޫލެއްގެ ދަށުން ކަމަަށެވެ. އެފަދަ ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން އަދި އެކަމަށް ހާއްސަ ކުރާ ވަކި ސަރަހައްދެއްގައި ކަމަށް އިއުލާނުގައި ވެ އެވެ.
އެކަމަކު، ޕީޕީއެމްގެ ޖަލްސާ ބާއްވަން އުޅެނީ އެ އުސޫލުތަކާ އެއްގޮތަށް އެ ކޯޕަރޭޝަނުން ހުއްދަ ހޯދައިގެން ނޫން ކަމަށް އެޗްޑީސީން ބުނެ އެވެ.
ނަމަވެސް، އޮންނަ އުސޫލުތަކުގެ ތެރެއިން ހުއްދަ އަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި އެގޮތަށް އަމަލު ކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކުރެ އެވެ.
ހިޔާ ފްލެޓްތަަކަކީ ޔާމީންގެ ވެރިކަމުގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތުގެ ފުރިހަމަ ކްރެޑިޓް އޮތީ އިދިކޮޅަށް ކަމަށް ޕީޕީއެމުން އަންނަނީ ބުނަމުންނެވެ. މިއީ އެ މަނިކުފާނު މަނީ ލޯންޑަރިންގެ ޖަލު ހުކުމުން ސަލާމަތްވުމަށް ފަހު، ހިޔާ ފްލެޓް ސަރަހައްދުގައި އުޅޭ މީހުންނާ ބައްދަލުކުރައްވަން ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ޕީޕީއެމް/ޕީއެންސީއަށް ހިޔާ ފްލެޓްތައް ދައްކާލަން އެދެފި
ޕީޕީއެމުން ފްލެޓްތަކުގެ ވެރިންގެ އަޑު އަހާނަން: ޔާމީން
ހިޔާ ފްލެޓްތަކަށް ވަންނަން ކުރި ހަރަދު ދޭނަން: ޝިޔާމް
މައްސަލަ ނުނިކުންނާނެ، ފްލެޓްތައް ދޫކޮށްދީ: މުއިއްޒު
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު
ހޯމް މިނިސްޓަރު އުޅުއްވާ ފްލެޓް ކައިރީ މުޒާހަރާކޮށްފި
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
ކައުންސިލްގެ ދަށަށް ހުޅުމާލެ ބަަދަލުކުރާނަން: މުއިއްޒު
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ