Roadha Mihaaru

އިއްވީ ސިޔާސީ ބަޔާނެއް، ރިޔާސީ ބަޔާނުގެ ޝަރުތު ހަމަނުވޭ: އިދިކޮޅު ކޯލިޝަން

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވެވީ، ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަނުވާ ސިޔާސީ ބަޔާނެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިއްވީ ސިޔާސީ ބަޔާނެއް، ރިޔާސީ ބަޔާނުގެ ޝަރުތެއް ނެތް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

03 ފެބުރުއަރީ 2022

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވެވީ، ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަނުވާ ސިޔާސީ ބަޔާނެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ގާތްގަނޑަކަށް އެއް ގަޑިއިރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރުން ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން މި އަހަރު ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތައް އިއުލާން ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން 56 ޕަސެންޓަށް ބޮޑުކުރަން ނިންމުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް މި އަހަރު ފަހުކޮޅު ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. އަދިވެސް ބައެއް އެހެނިހެން ކަންކަން ރައީސް އިއުލާން ކުރެއްވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ގާނޫނުއަސާސީގައި ވާ ގޮތުން ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭން ޖެހޭ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ބަޔާނުން އެއިން އެއްވެސް ކަމެއް ސާފުނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ހައްތަހާ ވެސް ސިޔާސީ ގޮތުން ކުރަން ބޭނުންވާ ކަންތައްތައް، ވޯޓު ހޯދުން ނޫނީ އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި ވައުދުތަކެއް އަނެއްކާ ވެސް އެވީ. ކުރިން ދެއްކެވިފައި ހުރި ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރުމެއް ނެތި، ކާމިޔާބު ކުރެވިފައި ހުރި މިންވަރެއް ބުނެ ދެވުނީކީ ނޫން. ޖުމްލަކޮށް ގައުމުގެ ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް އިއްވި ބަޔާނެއް،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ސަރުކާރުން ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަށައިފަ އެވެ. އިންތިހާބަށް ފަހު، ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވަން މަސައްކަތްކުރި ނަމަވެސް އެކަން ކުރަން ސަރުކާރުން ބޭނުން ނުވީ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ހައްތަހާ ވެސް ސިޔާސީ ގޮތުން ކުރަން ބޭނުންވާ ކަންތައްތައް، ވޯޓު ހޯދުން ނޫނީ އިންތިހާބެއް ކާމިޔާބުކުރުމަށްޓަކައި ވައުދުތަކެއް އަނެއްކާ ވެސް އެވީ. ކުރިން ދެކެވިފައި ހުރި ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއް ނެތި، ކާމިޔާބު ކުރެވިފައި ހުރި މިންވަރެއް ބުނެ ދެވުނީކީ ނޫން. ޖުމްލަކޮށް ގައުމުގެ ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް އިއްވި ބަޔާނެއް،" އޭނާ ވިދާޅުވި އެވެ.

"އިންތިހާބުގެ ކުރިއަށް ކޮންމެހެން ވެސް ތި ބަޔާން އިއްވަންޖެހޭ. އެހެންވީމާ ބަޔާނުގައި ތި ހުރީ ކޮންމެހެން ފުއްދާނެ ވައުދުތަކެއް ނޫން. މީގެ ކުރިން ވެސް ވަރަށް ބައިވަރު ވައުދުވެފައި ހުރީ. އެކަމަކު އެ ވައުދުތަކެއް ނުފުއްދޭ،" އޭނާ ވިދާޅުވި އެވެ.

"ޝަރުތު ހަމަނުވާ ބަޔާނެއް ތިއީ ގާނޫނުގައި ބުނާ،"

ޓީޗަރުންގެ މުސާރަ އާއި އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް މި އަހަރު ބޮޑުކުރަން ނިންމި ނަމަވެސް ދައުލަތަށް އާމްދަނީ ހޯދާނެ ގޮތުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭގެ އިތުރުން، ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ވައުދުވި ނަމަވެސް އެ މައްސަލަތައް ނިންމުމުގެ މުއްދަތު ދިގު ދަންމަމުން ދަނީ ކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.

އެ ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޝަރުއީ ދާއިރާ އަށް ސަރުކާރުގެ ނުފޫޒާއި ބާރު ބޭނުން ކޮށްގެން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.