13 ސެޕްޓެމްބަރ 2020
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ސާވާ ޑައުންވެ، އައިޑީކާޑު ހެދުމުގެ ހިދުމަތަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ސާވާ ޑައުންވެ، އައިޑީކާޑު ހެދުމުގެ ހިދުމަތަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
އެ އިދާރާގެ ޑިރެކްޓަރު ފަރީދާ ޔޫސުފް "މިހާރު" އަށް ވިދާޅުވީ އެތަނުގެ ސާވާތައް ޑައުންވެފައި ވަނީ އެތަނަށް އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ދިރާގުގެ މައްސަލައަކާ ހެދި ކަމަށެވެ. އަދި ދިރާގާ ގުޅިގެން އެ މައްސަލަ އަށް ހައްލެއް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޑީއެންއާރުގެ ވެބްސައިޓު ޑައުންވި ނަމަވެސް އައިޑީ ކާޑު އަލަށް ހަދާ މީހުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް ދައްޗެއް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އައިޑީ ކާޑުގެ މުއްދަތު ހަމަވި ނަމަވެސް މި އަހަރު ނިމެންދެން ހުރިހާ ހިދުމަތެއް އެއްވެސް ދަތިކަމަކާ ނުލައި ލިބޭނެ ކަމަށް ޑީއެންއާރް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން، އައިޑީ ކާޑު ހެދުން ޑީއެންއާރުން އެންމެ ފުރަތަމަ ހުއްޓާލީ މިދިޔަ އޭޕްރިލް މަހެވެ. އެއީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ ހިދުމަތް މިދިޔަ ޖުލައި މަހު ދޭން ފެށުމަށް ފަހު އެ ހިދުމަތް ވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
މި އަހަރު މުއްދަތު ހަމަވެފައި އައިޑީކާޑުން، މި އަހަރުގެ ނިޔަލަށް ހިދުމަތް ލިބޭނެ ގޮތަށް މުއްދަތު އިތުރު ކުރީ މިދިޔަ މަހެވެ. އައިޑީކާޑު ނެތް ނަމަ އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ ޕާސްޕޯޓު ނުވަތަ ޑްރައިވިން ލައިސަންސް ބޭނުންކޮށްގެން އައިޑީކާޑުގެ ނަންބަރަށް ބަލާ، ހިދުމަތް ލިބޭނެ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.
ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި
ސްކޭމްކޯލް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން ސޮއިކޮށްފި
އައިޑީ ހަދައިދޭނީ ވޯޓު ނުލެވުނަސް އިއުތިރާޒު ނުކުރާނަމަ
އައިޑީކާޑު ދޫކުރަން ފަށާ ގަޑި އަވަސްކޮށްފި
އައިޑީ ކާޑު ލަސްވަނީ ޕޯޓަލް މެދުވެރިކޮށް ފޯމު ނުލާތީ!
އޮންލައިންކޮށް ހުށަހަޅާ އައިޑީކާޑު ކައުންސިލުން ނެގޭނެ
މައުލޫމާތު ބަދަލުވާ އައިޑީ ކާޑަށް މިހާރު 150ރ.
މުއްދަތު ހަމަވާ އައިޑީކާޑަށް އިތުރު މުއްދަތެއް ދީފި
އުފަންދުވަހުގެ ސެޓްފިކެޓަށް ހުށަހަޅަން ޖެހުން ނިމުމަކަށް
އައިޑީކާޑު ނެތަސް މިދުވަސްވަރު އާސަންދަ ލިބޭނެ