Roadha Mihaaru
މުއްދަތު ހަމަވާ އައިޑީކާޑަށް އިތުރު މުއްދަތެއް ދީފި

މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް އޮގަސްޓް މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ: ޑީއެންއާރު

10 ޖޫން 2021

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އޮގަސްޓް މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އޮގަސްޓް މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފި އެވެ.

އެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ނިންމުމަކީ ކޮވިޑް 19ގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްވެ އުޅުމަކީ ރަނގަޅު ކަމެއްކަމުގައި ނުފެންނާތީ، އަދި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ އެކު ހިދުމަތް ހޯދުމުގައި ދަތިތަކެއް މެދުވެރިވެދާނެ ކަމަށް ފެންނާތީ ނިންމި ނިންމުމެއް ކަމަށެވެ.

އެހެންވެ، ކާޑުގެ މުއްދަތު ހަމަވެ، ކާޑު އާކުރަން ޖެހިފައިވާ އެންމެންގެ ކާޑުގެ މުއްދަތު މި އަހަރުގެ އޮގަސްޓްގެ ނިޔަލަށް އިތުރުކުރީ ކަމަށް ޑީއެންއާރުން ބުންޏެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހުރިހާ މުއައްސަސާއަކުން ވެސް، އައިޑީކާޑުގެ މުއްދަތު ބެލުމުގައި މިގޮތަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.

ކާޑުގެ މުއްދަތު އިތުރު ކުރި ނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންނަށް އޮންލައިންކޮށް ކާޑު ހެދުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.